26 ސެޕްޓެމްބަރ 2020 - 21:59
ދުނިޔޭގެ ސިްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް މިއަދު ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެެއްޗާއި ހަވާލުވެވަޑައިގަތީ އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމެވެ. ތަކެތި ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗުއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯ އިން ހަދިޔާކުރީ އައިސީޔޫ ގައި ބޭނުން ކުރާ ތަކެއްޗާއި ލެބޯރެޓަރީ ސާމާނު ކަމަށެވެ. އޭގެ ތެރޭގައި ދެ ލެބޯރެޓަރީ އާއި ދެ އައިސީޔޫ ސެޓަޕް ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް ފެސިލިޓީތަކުގައި ބޭނުންކުރާނެ ސާމާނާއި ޕީޕީއީ ކިޓްތައް ވެސް ޑަބްލިއުއެޗުއޯ އިން ،މިއަދު ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ޖީން އެކްސްޕާޓް ކިޓް ހިމެނެ އެވެ.
ޑަބްލިއުއެޗުއޯ އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ސާމާނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހާއްސަ ކޮށްގެން ބޭސް ވެސް ހިމެނެ އެވެ.
ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ވެސް ރާއްޖެ އަށް ތަކެތި ހަދިޔާކޮށްފައިވާއިރު އޭގެ ތެރޭގައި ވެސް ލެބޯރެޓަރީ އާއި އައިސީޔޫގައި ބޭނުންކުރާ ސާމާނު ހިނެމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތު މޫސާ
27 September 2020
ޔޫ އަންނަނީ ކޮން ޢިރަކުތަ. މި މިނިސްޓަރާ މުޚާތަބްބކުރާގޮތް މިހާރު. އެހާވެސް ގާތް
ރާއްޖެ
27 September 2020
މިއީ ރޯނު އެދުރު މިނިސްޓަރެއް. ހުރިހާ ކަމެއް އެނގޭ ކަމަށް ހެދިގެން އުޅޭ އެއްވެސް ކަމެއް ނޭނގޭ، ކަމެއް ނުކުރެވޭ މިނިސްޓަރެއް. އެފިޝިއަންސީ ޒީރޯ.
އޮންބެ
27 September 2020
މަތިން ފައިބާފަތިބި ބައެއް ތީ.ދެއްކޭ ވާހަކަވެސް ދެކޮޅު ނުޖެހޭ މިނިސްޓަރެއް ތީވެސް. ފުލެޓް ކަންތަކުގަވެސް ހެދިފަ ހުރި ދޮގު އެނގޭނެ. ބިރުވެތިކަމެއްގެ ކުޑަ މިންވަރެއްވެސް ނެއް ބައެއްތީ.ތިމީހުން ލައިފާނެ ކޮންމެ އެއްޗެއްވެސް.މާ މަތީ ބޭފުޅެއް.ޕުލޭނިން ނޯ ޅަކުއްޖެއްވެސް މާ ރަގަޅުވާނެ
މަކުނުދޫ ޢަލީ
27 September 2020
ރަސްމީ ކަންކަމަށްވެސް މިނިސްޓަރުން ސްކައިބުލޫ ޖީންސާ ޓީސާޓުގަތަ؟ ތީ ވަރަށް ދަށްފެންވަރުގެ ދެރަކަމެއް. ވަޒިރެއްގެ ވިއްޔާ އަހުލާޤެއްވެސް ހުންނަންވާނެ
ހަކީމް
27 September 2020
ކޮބާހޭ މިނިސްޓަރު .. އޭނައާއި އޭނާގެ އަރިސް ބޭކަނބަލުން ގެ މުސާރަ ހިނގާހޭ ... މަސްދުވަސް ވެގެން ގޮއްސިއޭ ... އަދިވެސް ހަމަ ތަހުޤީގު ކުރަނީހޭ ...
ސޭކުބެ
27 September 2020
ކަލޭމެންގެ ނޭއްގާނީ ކަމެއްނު. ދެންވެސް މި ގައުމުގައި ތިބި ސިޔާސީ ޖާހިލުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ގުއި ރޯނުގައި ނުޖެހި ތިމާމެންގެ އަމިއްލަ ބުއްދި ބޭނުން ކުރެވޭތޯ ބަލާ
ރަބަރު
27 September 2020
ޝުކުރިޔާ