ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
27 ސެޕްޓެމްބަރ 2020 - 22:54
ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް "މޯލްޑިވްސް ބޯޑާ މައިލްސް" މިރޭ ތައާރަފު ކޮށްފި އެވެެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިނިސްޓަރުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް އާއި މަޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ބޯޑާ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ) އެވެ.
މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓް މީހާ ރާއްޖެ ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭނެ އެވެ. އަދި ރާއްޖޭގައި ކުރާ ތަޖުރިބާތައް ޕްރޮމޯޓު ކުރާ ވަރަކަށް ލިބޭ ޕޮއިންޓްތައް އިތުރުވާނެ އެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް ދާއިރާއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ރާއްޖެ އަށް އެއްފަހަރަށް ވުރެ ގިނައިން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އިންޑަސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ޕްރޮގްރާމާ އެކު ޓޫރިސްޓުން އެއްފަހަރަށް ވުރެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ބާރު އަޅާނެ. މިއީ ދުނިޔޭގައި މިގޮތަށް ތައާރަފު ކުރެވޭ ފުރަތަމަ މައިލްސް ޕްރޮގްރާމަށްވާއިރު މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދާއިރާގެ ސްޓޭކް ހޯލްޑަރުން ވަނީ ދީފައި،" މައުސޫމް ވިދާޅުވި އެވެ.
"އުއްމީދަކީ މި ޕްރޮގްރާމް ކާމިޔާބުވެ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވުން. އަދި ބޮޑަށް ރިޕީޓު ކުރުން ގިނަވުން (އެއްފަހަރަށްވުރެ ގިނައިން އެއް ޓޫރިސްޓަކު އައުން). މިއީ ވަރަށް އުއްމީދީ ޕްރޮގްރާމެއް."
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކޮށްފައިވާއިރު ވެކްސިނެއް ލިބުމުގެ ކުރިން އެ ގެއްލުމުން އަރައިގަންނަން ކުރެވޭނެ ކަންކަން އެބަ ހުރި ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ އިސްނެގުމުގެ މަތިން ތައާރަފު ކުރި މައިލްސް ޕްރޮގްރާމަކީ ޓޫރިޒަމް ދާއިރާ އަލުން އިއާދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓްރޯލާ ޖެނެރަލް ވިދާޅުވީ ޓޫރިސްޓުންނާ އެއްމެ ފުރަތަމަ ބައްދަލުވާ ބަޔަކަށް އިމިގްރޭޝަންގެ މުވައްޒަފުން ވާއިރު އެފަދަ އެޖެންސީތަކުން ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ބައިވެރިވުން މުހިންމު ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިސްޓުންނަށް މުޅިން އާ، ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަަށް އޭނާ ވިދާޅުވި އެވެ. "ޓޫރިޒަމް ރަނގަޅުވާނީ ލޯ އެންފޯސްމަންޓް އެޖެންސީތަކާއި ޓޫރިޒަމް ޕްރޮމޯޓްކުރާ ފަރާތްތަކާ ގުޅިގެން. އެގޮތުން މި ތައާރަފްކުރި ބޯޑާ މައިލްސް ޕްރޮގްރާމުގެ ސަބަބުން ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ލޯ އެންފޯސްމަންޓް އޭޖެންސީތަކުން މުހިންމު ރޯލެއް އަދާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރު ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުލަ ގަދަ ހަފްލާއަކާ އެކު ގިނަ ޕްރޮގްރާމްތަކެއް ބާއްވައިފަ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މި އަހަރު އެފަދަ ހަރަކާތްތައް ބޭއްވޭގޮތް ވަނީ ނުވެފަ އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ "ރަށްފުށު ޓޫރިޒަމްގެ ތަފާތު ބާވަތްތައް ތަރައްގީކޮށް، އެކަމުން ނަފާ ހޯދުމުގެ މުހިންމުކަން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 September 2020
ތިއީވެސް ދިވެހިރާއްޖެ (މާލެ) އަށް އަންނަ ފަތުރުވެރިންނަށް އޮތް ފުރުސަތަކަށްވާތީ ދުނިޔޭގެ ޤައުމަކުން ހަނިމާދޫ އާއި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ފަތުރު ވެރިންނަށް ތި ޕްރޮޤްރާމްގައި ބައިވެރިވާން ފުރުސަތު ނުލިބޭނެތާ. # ހަނިމާދުއާއި ގޭން އެއަރޕޯޓްގެ ފަރާތުން މާލޭސަރުކާރުގައި އެދިގެން ނަމަވެސް މި ދެ އެއަރޕޯޓަށް ސީދާ ބޭރު ޤައުމުތަކުން އަންނަ ގެސްޓުންނަށް Double Miles ލިބޭ ޕްރޮމޯޝަނެއް ހަދާދޭތޯ ދަންނަވާންވެއްޖެ ނޫންތޯ؟ އިގޭ މިފަދަ ފުރުސަތު ނުދޭނެކަންވެސް.
ޖިޒްމާން
28 September 2020
އިންޑިޔާ ސިފައިން ގެންނަން ކުރާ ކަމެއް
ކޮމެންޓޭ1
28 September 2020
އިމިގްރާޝަނުން ކުރާނެ މަސައްކަތް ހުސްވީތަ. ހަވާލުވެފަ އޮތް މަސްއޫލިއްޔަތު އަދާކޮށް ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަދި ވިސާ އާ ޚިލާފަށް ރާއްޖޭގަ ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދަބަލަ. ތިޔަ މައިލްސް އަކުން ވާނެ އެއްފައިދާއެއްވެސްނެތް. ތިކަހަލަ ކަންކަން ކުރަން ޓުއަރިޒަމް ޕްރޮމޯޝަން ބޯޑެކޭ ކިޔާ އަޑުވެސް އިވޭ
ރިޝާ
28 September 2020
ފަތުރުވެރިން ހަތިޔާރު ގެންނާނެ ދެން އެހެންވީމަ
ޖިނާޙް
28 September 2020
ތިގޮތަށް ހެދީމަ ރާއްޖެއަށް އިންޑިޔާ މީހުން އެތެރެވާނެ
އަންމަޑޭ
28 September 2020
ގިނަ ގިނައިން ޓޫރިސްޓް ވިސާގައި އަންނަ މީހުންނަށް މައިލްސް ދެންޏާ ލައްވާލާނީ އިންޑިއާ ލަންކާއިން އަންނަ އުނގު ވިޔަފާރިވެރިން. އެމީހުންނަށް ވެސް ދެނީ ޓޫރިސްޓް ވިސާ. އިމިގްރޭޝަނުން އެމީހުންގެ ބެކްރައުންޑް ޗެކު ނުޖަހާ ވިސާ ދެނީ. އެމީހުންނަށް ދޭން ވާނީ ބިޒިނަސް ވިސާ.
އަހުމަދު ހުޝާމް
28 September 2020
ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައިވާ އެއްބަސްވުމުގަ ވާގޮތުން އުނގު ވިޔަފާރި ޓުއަރިސްޓް ވިސާގަ ކުރެވޭނެ. އިމިގްރޭޝަންގެ ޤާނޫނަށް ބަދަލު ގެނެސްގެން ނޫނީ ފާޑުފާޑުގެ ވިސާތަކެއް ވެސް ނުދެވޭނެ.. އުނގު ވިޔަފާރި ކުރާ މީހުންނަށް އެ ސްކީމުން ފައިދާ ނުވާނެ ގޮތަށް ޕްރޮގްރާމު ބައްޓަން ކުރެވޭނެ، އެކަން ކުރަން އެގިއްޖެއާ
Stereocentres
28 September 2020
އަދުރޭ މާދަމާ ކިޔާނެ ދިވެހިރާއްޖެ އަނެއްކާ ޓޫރިސްޓުންނަ ވިއްކާލިއްޔޭ.
ބަދުރޭ
28 September 2020
އަދުރޭމެންގެ އަނގަ ބަންދުކުރަން ނޭގޭތީ އެމީހުންނަށް ހިތުހުރިހާ އެއްޗެއް ކިޔެނީ. އެމީހުން ކިޔާ އެއްޗެއްގެ ރަގަޅު ގޮތް މިސަރުކާރަށް ކިޔާދޭކަށް ނުކެރޭ ފޮރުވަން އޮތް އެއްޗެހި ގިނަކަމުން. އިންޑިއާއޭ ބުނާއިރަށް ސުރުޚީ އަޅާފަ ނިންމާލަނީ މައުލޫމާތެއް ސާފުކޮށްދޭކަށް ނުކެރޭ.
މޯޑް
28 September 2020
ޔަގީން މާދަށް ފީފީއެމް އޮފީސް ތެރޭ ސަރމެން މިކަމާ ބެހޭގޮތުން ޖަލުސާބާންވާ ފާޑް ކިޔާނެ ކަން.
ޛިހާމް
28 September 2020
ރާއްޖެއަށް ކުރިއެރުމެއް ލިބޭ ކޮންމެ ކަމަކާ އެމީހުން ދެކޮޅު. ހަމަ އެންމެ ސަބަބަކާއި ހެދި. ކުރިން ކުރިހެން ވައްކަން ކޮށް ނަހަލާލު ގޮތުގައި ދައުލަތުގެ ފައިސާ ގެއަށް ވައްދަން ފުރުސަތު ނެތީމަ
ބޯޑް
28 September 2020
ކީއްވެ ނުކިޔަންވީ؟ ކަލޭމެންގެ ސަރުކާރުގެ މަޖްލިސް ރައީސް ފެއްޓިކަމެއް އެއީ.
ކީކޭ
28 September 2020
ދިވެހިންނަށް އޮތީ ކޮންޗެއްތޯ.. ގައު މުގައި ތާށިވެތިބުން ތޯ...
ޖަމްޝީދް
28 September 2020
ދިވެހިން އިންޑިޔާ ސިފައންގެ ހައްޔަރުގަބާ ތިބީ؟ ބޯމަތިން މިސައިލް ދަތުރު ކުރޭ އެބަ. އެވެސް ނިއުކުލިއަރު
އަހުމަދު ހުޝާމް
28 September 2020
އަޅޭ ރާއްޖެއަށް ޓުރިސްޓުން އައިސް އާމްދަނީ އިތުރުވެ ލިބޭ ޓެކްސް އިތުރުވީމަ އެ ލިބެނީ ދިވެހިންނަށް ފައިދާ ނޫންތަ؟
މުޒްދަލިފާ
27 September 2020
އަނެއްކާ ތިކަމުންވެސް ލާރގަނޑެއް ކާނުލައިފިއްޔާ ކިތަނއމެހޥޭސް ރަނގަޅު.