02 އޮކްޓޯބަރ 2020 - 08:28
ޑާކް ރެއިން އެންޓަޓައިންމަންޓުން "ޝޯޓްސް" ގެ ނަމުގައި ގެނެސްދޭން ނިންމި ކުރު ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމު "ދައުވަތު" އާންމުންނަށް ދޫކޮށްލައިފި އެވެ.
އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނެލުން ބަލައިލެވޭނެ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ލިޔެ، ޑައިރެކްޓްކުރި އެއްޗެކެވެ. ސަސްޕެންސް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ދައުވަތު" ގެ ކާސްޓުންނަކީ އަހުމަދު ސުނީ އާއި މަރިޔަމް ޝިފާ އާއި ހޫދު އިބްރާހީމެވެ.
Dhivehi Short Film "Darkrain Shorts - Dhauvath" is classified to '15+'. @MoACHmv @DhilooDhilaa @DarkRainEnt pic.twitter.com/x82GLPMe06
— NBC (@NBCMaldives) September 29, 2020
ޑާކް ރެއިނުން ބުނިގޮތުގައި މި ފިލްމަކީ 15 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗެކެވެ. "ދައުވަތު" އަކީ ޑާކް ރެއިންގެ "ޝޯޓްސް" ގެ ފެށުމެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ ސްޓޫޑިއޯގެ އުފެއްދުންތަކަށް ލޯބިކުރާ ވަފާތެރި ފޭނުންނަށް މިފަދަ ގިނަ އުފެއްދުންތަކެއް ގެނެސްދޭނެ ކަމަށް ބުނެ އެވެ.
މީގެ 14 އަހަރު ކުރިން ފިލްމު ހަދަން ފެށި އެ ސްޓޫޑިއޯ އިން ކުރިން ވެސް ގިނަ އަދަދެއްގެ ކުރު ފިލްމުތައް ގެނެސްދީފައިވެ އެވެ. މީގެ އިތުރުން ޓީވީ ސިލްސިލާތަކެއް ވެސް ގެނެސްދިފައިވާ އިިރު މިހާރު ޑާކް ރެއިނަކީ ފީޗާ ފިލްމުތައް ގެނެސްދިނުމުގައި ރާއްޖޭގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އެވެ.
އެތަނުހެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މާމުއި" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސަ
02 October 2020
ވިސްކާ އައް ނުވާނެބާ.ވިސްކާ އަކީ ދިވެހިން ބަލަން ހުއްދަދޭވަރުގެ ފިލްމެއްނޫން. ބޭއަދަބީ ބަސްތައް.
ޢަހުމަދު ޝާހު އަލީ
02 October 2020
15+ އަނެއްކާ އިންސާނުން ދިރި އުޅޫ ގެތަކުގަ ބެލޭ ވަރު ވާނެބާއޭ ހީކުރަން. ދޭތެރެައަކުން ނެރުނު ޑްރާމާ އެއްވެސް ލަދުންބޯހަލާކު ހީކުރަން މުހަންމްދު އަލީ ގޯހެއް ނުހަދާނެކަމަށް އެހާ އިތުބާރު ކުރެވޭ