ލ. ފޮނަދޫ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:އެމްޓީސީސީ
04 އޮކްޓޯބަރ 2020 - 11:33
ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމާ އެކު ތާރު އަޅަން ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 3.5 ކިލޯ މީޓަރު ހުންނަ 12 މަގެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމްކުރާނެ އެވެ. މަގުތަކުގައި ސްޕީޑް ބްރޭކާ ލުމާއި ނިޝާންތައް ހަރުކުރުން ވެސް މަޝްރޫއުގައި ހިމެނެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed Shujau
05 October 2020
އަދުރޭގެ ދާއިރާ ވީމާ މިފަހަރު އަދުރޭއައް އެއްޗެއް ވިސްނޭނެހެންހީވަނީ
ވައިސޫރި
04 October 2020
މމިއީ އަދުރޭގެ ދާއިރާ ވީމާ މިފަހަރު އަދުރޭއައް އެއްޗެއް ވިސްނޭނެހެންހީވަނީ
ބޭކާރު ޚަރަދު
04 October 2020
ރާއްޖޭގެ އެރަށެއްގައި އެންމެ ގިނަ ދިވެހިން އުޅޭ ރަށް ކަމުގައިވާ މާލޭގެ މަގުތަކުގައި ތާރަ ނާޅަ އާބާދީ މަދު ތަންތަނަށް ބޭކާރު ހަރަދުކޮއް އިސްރާފު ނުކުރައްވާ. މާލޭގައި އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދުއްވާ މަގުތަކުގައި އަދިވެސް އެތައް އަޑިގުޑަންތަކެއް. ވާރޭކޮޅެއް ވެހިލާއިރަށް މަގުތައް ފެންބޮޑުވެފައި.
އަހުމަދު 1
05 October 2020
ވާރޭ ވެހިލާއިރަށް ފޮނަދޫގެ މަގުތައް އޮންނަ ގޮތް ބަލާލަން އާދެބަލަ.
ކުރަފި
05 October 2020
ހާހެއްހާމީހުން އުޅޭ ކ.ވިލިނގިލީގަ ވެހިކަލްދުއްވުން މަނާއިރު އެރަށު ހުރިހާ މަގުތަކާއި ގޯޅިތަކުގަ އެބަހުރި ބަޔަކު ގާއަތުރާފަ، އެގާތައް ނަގައިގެން ގެންގޮސް އަތުރާލަބަލަ ކ.މާލޭ މަގުތަކުގަ.
މަގޭ ހައްޤު ކޮބާ
04 October 2020
މާލެ، ހޯރަ ފުށި ،ކުޅުދުއް ފުށީ، ށ ފުނަދޫ، ދުވާފަރު، ކުޑަހުވަދޫ، ލ ގަމު ލ ފޮނަދޫ، ގދ ތިނަދޫ ، ފުވައް މުލައް އައްޑޫ ތަރައްޤީ ކުރަނީ ދެންތިބި ރައްޔިތުން ގެ "ލޭ ބެއިގެން" ނެވެ.
ގިރި
05 October 2020
މިއީ ވެސް ދިވެހިރައްޔިތުން ނޫންބާ؟
ކުޑަ ކެކުރި ބޮޑު ކެކުރި
04 October 2020
އަހަރެމެން ރަށް ދެރަކަމުން މީހުން މަދު ކަމުން ނަރުދަމާ އާއި ސާފު ބޯފެނާއި ކަރަންޓްގެ ޔާޤީން ކަމާއި އަސާސީ ޚިދުމަތް ފޯރު ކޮށް ނުދީ ފޮނަދޫ މީހުނަށް ޤައުމު މީހުނަށް މަގު ހަދާ ސްޕޭސް ސެންޓަރ ހަދާ ދިނުމަކީ ކޮންފަދަ ކަމެއްހޭ ؟ކޮންފަދަ ކަމެއްހޭ؟ކޮންފަދަ ބ ލ އެއް ހޭ؟
އަހުމަދު 1
04 October 2020
ފޮނަދޫ މީހުންނަށް އެކަނިތަ މަގު ހަދައިދެނީ؟ https://mihaaru.com/news/81101 މިވެސް ފޮނަދޫ ތަ؟
ކުރަފި
05 October 2020
ރަށެއްގަ ވިއްސަކަށް މިލިއަނަށް ކަމެއްކޮށްފިއްޔާ އޭތިމީތި ތިކިޔަނީ، މާލޭމީހުން ރަށުގަ ހިއްކިތަނުގަ ހިކިފަސްތާ 1500 މިލިއަނަށް 4 ބުރިޖު އަޅައިގެން ދަށުން ކޯރުކޮނެނަގަނީ، ކުރިކެޓުކުޅޭ ހައެއްކަމީހަކު އުޅެއޭ ކިޔައިގެން އެތައް ބިލިއަނަކަށް ކުރިކެޓު ސްޓޭޑިއަމް އަޅާއިރު ކަލޭގެ ރަށެއްނުފެނޭ ކަލެއަށްވެސް.
މަގޭ ޓެސް ލާރި
04 October 2020
އެއްބައި ރަށްރަށު މީހުން ފާޚާނާ ނުކުރެވި ގެން ބޯނެ ސާފު ތާހިރު ފެން ނުލިބިގެން އުޅޭއިރު ބަޖެޓުން އަނެއް ބަޔަކު މަގު ތާރު އަޅާ ޕާކް ހަދާ ބްރިޖް އަޅާ ހިސާބަށް ދިއުމަކީ ބޭއިންސާފާއި ތަފާތު ކުރުމުގެ ލާމަސީލު މިސާލެވެ.
އިސްލާހު ޖާޑި
05 October 2020
ދިވެހިރާއްޖޭ ގެ އެންމެ އާބާދީ ބޮޑު އައްޑު އަތޮޅުގައި އަދިވެސް ފާޚާނާގެ ނިޒާމު ނެހެދި ގޯތިތެރޭގައި ވާ ސެޕްޓިކް ޓޭންކުތަކަށް ނަޖިސް ހިންދަންޖެހޭތީ ވެ އެތައް ގޯއްޗެއް ނުބެހިފައި ، މިހާރު އެބަ ނިމެއޭ އެބަކިޔާ ، އެކަމަކު ފޯއްމުލަކު މީހުނަށް ޖެހުނު ހާލު ނުޖެހުނިއްޔާ ހާސް ބައި ރަނގަޅު
އެޑަމް
04 October 2020
ތާރު އަޅަން ފަށައިފި އިނގޭތޯ އަޕްޑޭޓް ވެބަލަ