ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކޮވިޑް ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ފަހުން ކަމަށް.
05 އޮކްޓޯބަރ 2020 - 12:03
ކޮވިޑް-19 ގެ އިތުރު ރާޅެއް ނާތުވެއްޖެ ނަމަ އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ދުވަސް ފަހުން ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ލޮކްޑައުން ފިޔަވަޅު އުވައިލި އިރު ރާއްޖޭގައި ކޮވިޑްގެ ރޭޓަކީ ކޮންމެ 100،000 އަކަށް 40 ކޭސް ކަމަށާއި މިހާރު އެ ނިސްބަތް ހުރީ 140 ގައި ކަމަށެވެ. އަސްލަމް ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ކޮވިޑް ފެތުރުމުގެ ހާލަތު ބަލާ އެއް އިންޑިކޭޓާ އަކީ ކޮންމެ 100،000 އަކަށް ޖެހޭ ކޭސްތަކުގެ އަދަދު ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖެއަށް ކޮވިޑްގެ ދެވަނަ ވޭވެއް އައުމަށް ފަހު މިހާރު މިދަނީ ދަށަށް ކަމަށެވެ.
"ލޮކްޑައުން ލިފްޓް ކުރި އިރު އަޅުގަނޑުމެން ތިބީ 40 ކޭސަަަސް ޕާ ޑޭ ހަންޑްރެޑް ތައުންޒަން އަށް ބަލައިފިކަމަށް ވަންޏާ. އަޅުގަނޑުމެން އަދި މިތިބީ 140 ގައި، މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އަސްލުގައި ކޮވިޑްގެ ހާލަތު ދެނެގަތުމަށް ގެންގުޅޭ މެޝާސްތަކުގެ ތެރެއިން އެއް މެޝާ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވޮގޮތުގައި ކޮވިޑްގެ ކޭސްތައް މިހާރު އިތުރުވަމުން ނުދިޔަ ކަމަށް ވިޔަސް 40 އާ ހަމައަށް ދަށަށް ދާން އަދި ދޮޅުމަސް ދުވަސް ހޭދަވާނެ އެވެ. އެ އަދަދަކީ އޭނާ ވިދާޅުވި ގޮތުގައި ބަލި ކޮންޓްރޯލްކުރުމުގައި ބެންޗްމާކެއްގެ ގޮތުގައި ބަލާ އަދަދެވެ.
"އަދި ގާތްގަނޑަކަށް އަޅުގަނޑު ގަބޫލުކުރަނީ މިހާރުދާ ރޭޓުގައި، ކޭސަސް އިންކްރީޒް ނުވިކަމުގައި ވިޔަސް، މިދެންނެވި ބެންޗްމާކާ ހަމައަށް، 40 އާ ހަމައަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށް، އިތުރު ވޭވެއް ނައިސްފި ކަމަށް ވަންޏާ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އަސްލަމް ވަޑަައިގެންނެވީ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ކުރައްވާ ސުވާލަކަށް ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ޖަވާބު ދެއްވުމަށެވެ. އެކަމަކު މެމްބަރަކު ކޮވިޑްގެ ސުވާލެއް ކުރެއްވުމުން ވެސް އޭނާ ނިންމެވީ ޖަވާބު ދެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނީ
06 October 2020
ހެލްތު ކަރައިސިސްއެއް ތެރޭގައި އޮތް ގައުމެއް ހެލްތު މިނިސްޓަރެއް ނުނެގިގެން މިއުޅެނީ ކީއްވެތޯ؟
ސަަމާސާ
06 October 2020
ނުވާނެ ތިކަމެއް..މާގިނަ ވާ ހަކަނުދައްކާ ސާމަޕަލް ނަގާފަ ނަތީޖާ ލިބެނި އަދިވެސް ދެދުވަސް ފަ ހުން މަ މި ހިރި އަދިވެސް ކަރަންޓީނުގަ..
މުސަބެ
05 October 2020
ވަގުންތައް މޮޅުވާހަކަ ދައްކާނެ.ލަދެއް ހަޔާތެއްނެތް މީހެއްތީ.
ބޮން
05 October 2020
މީހުންގެ އުޅުން ފެންނަގޮތުން ކޭސްތައް މަދުވާނެ ކަމަކަށް ނުބެލެވެއެވެ. މިހާރު ދިން ލުޔާއެކު އަނެއްކާވެސް ދެތިން ހަފްތާ ތެރޭގައި އަތް ނުފޯރާވަރަށް ކޭސްތައް އިތުރުވުން ކައިރިއެވެ. ދެން ފެންނާނީ އަނެއްކާވެސް ޓޫރިސްޓް ބުކިންތައް ކެންސަލްވެ އިގްތިސާދު ހަލާކުވާ މަންޒަރެވެ. ނޮވެންބަރު ނިމެންދެން ފިޔަވަޅުތައް ވަރުގަދަކޮށްގެން ނޫނީ ހަޔަސީޒަންގައި ޓޫރިޒަމް ރަގަޅެއް ނުވާނެއެެވެ.
ދޯރި
05 October 2020
މި ފުޓޯ ތަކަށް ބަލާލުމުން އެނގޭ ކޭސްތައް މަދެއް ނުވާނެކަން. https://mihaaru.com/gallery/1880
ފާއިޒާ
05 October 2020
އަސްލަމް އަކީ އޯލް އިން ވަން ތަ؟
ބީރު ކަންފަތް
05 October 2020
ރައީސް އިބްރާހީމް ކޮބައިތޯ ކޮވިޑުގެ މިޚާއްޞަ ދަނޑިވަޅުގަ ރައްޔިތުންގެ ސަލާމަތ ަރައްކާތެރިކަމަށް ދޭ ސަމާލުކަމެއް ކޮވިޑު ނިމުނީމަ ހެލްތު މިނިސްޓަރު ނުލެއްވިޔަސް ހެއޮ އަސްލަމް ދެ އޮޑިުަށް އަރުވައިގެން ތިޔާ އުޅެނީ ކިހިނަކުން ކަމަށްތޯ ތިޔަހީކުރައްވަނީ ރައްޔިތުން މިކަންކަން ފާހަގަ ނުކުރާނެ ކަމަށްތޯ ހަމަ އެއްވެސް ކަމެއް ނޫން ތިމާމެންގެ ދުރު ޗިސްނުން ނެތްކަން އެހެން އެއްވެސް ކަމެއް ނޫން
ޢަހޫ
05 October 2020
ތިކަމެއްނުވާނެ މި ހާރުވެސް ބަލާބަލަ ވެމްކޯ ޖެޓީ ސަރަހައްދާ ހާބަރުތައް އަދި އަދި މާލެތެރެ. ކިތައްމީ ހުންތޯ މަތިމަ ހުގަ މާސްކްއަޅުވާފަ ހުންނާނީ. ތަންފީޒީ އިދާރާތަކުންމި ހާރު އެއްވެސްވަރަކަށް އާޅާލާތަނެއްނުފެނޭ. 2 ހަފްތާފަހުން އަނެއްކާވެސް ދުވާލަކު 100 އަށްވުރެ މައްޗަށްދިއުން އެކަށީގެންވޭ.
ރަބަރު
05 October 2020
ދުއާއަކީ މިދާގޮތަށްގޮސް މިބަލިނެތުން. ތިހާތަނަށްދާއިރު ވެކްސިންވެސް ލިބުން އެކަށީގެންވޭ.