ވެރިކަންކުރާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް. ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް.
07 އޮކްޓޯބަރ 2020 - 11:11
އެ މަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނާ، މި ސަރުކާރާ ގުޅުމެއް ނެތް ކަމަށް މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު މެމްްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވީ ރާއްޖެ އިން ޗައިނާއާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުން މަސްވެރިންނަށް ލިބެން އޮތް މަންފާތައް ހިފަހައްޓާފައި އޮތީ ކީއްވެތޯ އެވެ. އެ ސުވާލަށް އަމީރު ދެއްވި ޖަވާބަށް ފަހު، ނަޝީދު ވިދާޅުވީ ޗައިނާއާ އެކު މިހާރު ފްރީ ޓްރޭޑް އެއްބަސްވުމެއް ނެތް ކަމަށެވެ.
އެ މަނިކުފާނު އެގޮތަށް ޖަވާބު ދެއްވުމުން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދުގެ ސުވާލަކަށް ވީ، ފްރީ ޓްރޭޑް އެއްބަސްވުމާ ބެހޭ ގޮތުން ނަޝީދު ދެއްކެވީ އަމިއްލަފުޅު ވާހަކަފުޅެއްތޯ ނުވަތަ އެއީ ސަރުކާރުގެ ސްޓޭޓްމަންޓެއްތޯ އެވެ.
ޖަވާބުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނާ ވާހަކަތައް ސައީދަށް ސާފުވާނެ ކަމަށާއި އެ މަނިކުފާނަކީ މަޖިލީހުގެ ރައީސް ކަމަށެވެ.
"އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ދިވެހި ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތް ކަމަށް ވާތީވެ، އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާއީދުކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅާ އެކު މަޖިލީހުގެ ތަޅުމުގައި ބައެެއް މެމްބަރުން އަތްތިލަބަޑި ޖެއްސެވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އެ މަނިކުފާނަކީ ހަތަރު ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ހަތަރު ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ކެމޭން ކުރެއްވީ ވެސް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެއީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަަދި އެމްއާރްއެމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
08 October 2020
މަނިކުފާނު ވިދާޅުނުވިޔަސް މަނިކުފާނަކީ ބައިވެރިއެއް ނޫންކަމާއި މަނިކުފާނަކީ ހަސަދަވެރިއެއްކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގޭ. މަނިކުފާނުގެ ގޮތް ނޭނގޭ ބަޔަކަށް މިހާރު ތިބީ އިރު ދައްކާފަ ހަނދޭ ބުނީމަ ކުރިން ވެސް ގަބޫލު ކުރި މީހުން. އެކަމަކު އެމީހުން ވެސް މަނިކުފާނާ ދޭތެރޭ މިހާރު ޝައްކުކުރޭ.
އަހަންމާބެ
08 October 2020
ކަންތައް އޮންނަގޮތާއި، ކަންތައް ކުރައްވާގޮތާއި ދިމާ އިނދިކޮޅަށް ބަސްވިދާޅުވާ ބޭފުޅެއް! މިސަރުކާރުން ކަންކަން ނިންމުމުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ތިއީކަން ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ސާފުކޮށް ފެންނަން އެބައޮތް، ކުރިޔަށް އޮތް އެދުމެއްގެ ބޮޑުކަމުން ވިދާޅުވާ ބަސްފުޅެއްކަމުގައި ފެނޭ! މެންޑޭޓް އޮތްވަރަށްވުރެ އިތުރަށް ޕުޝްކުރައްވައިގެން ނިންމަވާފައިވާ ކަންތައްތައް މިހާރުވެސް އެހެރީ ހާމައަށް ފެންނަން، ވީއިރު ވިދާޅުވީ ދެރަވަރު ބަސްފުޅެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 October 2020
"ބަިވެރިޔާ ކުރަމޭ ހަދާން" ވަރަށް ރީތި ލަވައެށް.
ނަންނގތ
07 October 2020
ދެފަހަރު ހަމަޔަށް އެކަށްޗެއް ނުކިޔޭ!
ޖަމަލު
07 October 2020
ދެން މިވެރިން ޖަހާ ސަކަރާތައް ބޮޑެތި އަދަދުން ޓެކްސް ފައިސާއިން ފަންޑުކޮށްގެން އަހަރަމެން ހެވިލާފަ ތިބޭނަމެވެ.
1828
08 October 2020
މިއަދު އަޅުގަނޑުމެންނަށް ހެވިފައި ސަރުކާރު ކޮލިޝަންގައި ތިބި ބޮޑުން ސަކަރާތް ޖަހަން ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރަތާން ބަލަން ތިބެވޭކަށް ނެތް. ދައުލަތް މިދަނީ ބަނގުރޫޓް ވަމުން. މިހާރު މިޤައުމު މިހިންގަނީ އިންޑިއާއިން ދޭ 'ހިލޭ'ލޯނުން. އިންޑިއާއިން 'ހިލޭ'ލޯން ނުދީފިނަމަ، ނޭނގެ އެހެން ޤައުމަކުން މިސަރުކާރުން ލޯނެއް ނަގާނެކަމެއްވެސް. ސަރުކާރުން ގަދަ ނިދިން ހޭލައްވަން އަދި ޒިންމާދާރު ކުރުވަން ރައްޔިތުން މަގުމައްޗަށް ނިކުންނަން ޖެހޭ ވަގުތުޖެހިއްޖެ.
އަސްތާ
07 October 2020
އަމިއްލައަށް މާބޮޑަށް ބޮޑުވަޒީރުކަމަށް ހީވެފަ އެހުރީ.
މުޖުނޫ
08 October 2020
ހީވެފައެއް ނޫން. މަމެންނަށް ޔަގީން
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 October 2020
ވަރަށް ސާފް ދެއްތޮ. ރައީސް ކަން އަންނަން ބޭނުން ނުވާކަމާއި ސަރުކާރު ބައިވެރިއެއްނޫންކަން. އާއްމުންނަށް ނޭގުނަސް ސިޔާސީ ބޭފުޅުންނަށް މި ބަހުރުވަ ސާފް ކަމުގައި ހީކުރަން. މަރުހަބާ
1828
08 October 2020
ވެރިކަން ބޭނުންނުވާކަމަށް ބުނެފައި 2008ގެ ރިޔާސީ ރޭހަށް ނިކުތީވެސް. 2008ގައި ނަޝީދު ވެރިކަމަށް އައީ ގޭގައި ރީޗައްހުއްޓައި، ގިނަ ރައްޔިތުން ނިކުމެ ގަދަކަމުން ނަޝީދަށް ވެރިކަން ދީގެންނެއް ނޫން. ވިދާޅުވި މަޖިލިސްގެ ރައީސްކަންވެސް ބޭނުމެއް ނޫނޭ. މިހާރު އެހެރީ ކޮން ޕޯސްޓެއްގައި ތޯ އަރުވާލި އާދަނުގެ ސިޔާސީ ހާސަރު އަމިއްލަ ނަފްސާއި ސުވާލުކޮށްލަބަލަ. ނަޝީދުގެ އަމަލުތައް މުޅިންވެސް ހުރީ އަމިއްލައަށް ދައްކާ ވާހަކާއި ދިމާ އިދިކޮޅަށް.
ޑައުން ލައިޓް އޮފް ފިއުޗަރް
07 October 2020
ރައްޔިތުންނައް އޮޅުވާލާ ދޮގުހެދުމަކީ ކުށެއް
ލައިލާ
07 October 2020
ސަރުކާރުގަ ބައިވެރިވި މީހުން ނޫންބާ ފޮޓޯއިން ފެންނަނީ؟
ރީނދޫ
07 October 2020
މީނަ ރޭގަނޑަށް ދުވާލޭ ބުންޏަސް ހީނހީނފަ އަތްތިލަބަޑި ޖަހާ މީހުން އުޅޭނެ
1828
08 October 2020
އެމްޑީޕީގައި އުޅޭނެ ތިޔަ ބުނި ޒާތުގެ މީހުން