ޚަބަރު / ކޮރަޕްޝަން

ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ

މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓަރާއި ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިއްޖެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ މި މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް އޭސީސީއަކުން އަދި ނުބުނެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ ތަހުގީގު ނިންމައި ފުރަތަމަ ފޮނުވުމުން އިސްލާހުކުރަން ލަފާ ދިން ކަންކަން ރަނގަޅުކޮށް، އެ މައްސަލަ އަލުން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ މާދަމާ ދިރާސާކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ދައުވާ ކުރަން ފޮނުވާ މައްސަލަތައް ލަސްނުކޮށް ޝަރީއަތަށް ހުށަހަޅަން ޕީޖީ އޮފީހުން މަސައްކަތް ތަރުތީބު ކޮށްފައި ވާތީ، ވެންޓިލޭޓަރުގެ މައްސަލައިގައި އަންނަ ހަފުތާގެ ކުރީކޮޅަށް ގޮތެއް ނިންމޭތޯ ބަލާނެ ކަމަށް ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އާއްމުންގެ ތުހުމަތުތަކެއް އަމާޒުވުމުން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެކަން ބަލަމުންނެވެ. އެ ތަހުގީގު ނިމެން އުޅެނިކޮށް، ފުލުހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ފެށީ، ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންކަން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ހުރި ތުހުމަތުތައް ބަލަން ރައީސް އޮފީހުން އެންގުމުންނެވެ.

މި ތަހުގީގު ފެށުމާ އެކު މީގެ މަހެއްހާ ދުވަސް ކުރިން މިނިސްޓަރު އަމީން ވަނީ، މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވެވަޑައިގެންފަ އެވެ. އެއީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ތަހުގީގަށް ޖާގަ ދެއްވާށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ ސަސްޕެންޑްކުރީ ރައީސް އޮފީހުން އަންގައިގެންނެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދިނެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކޮށްފައިވާ ކަމަށް އޮތްއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ.

އެ ކުންފުންޏަށް ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ބޭންކް ގެރެންޓީއަކާ ނުލައި ދޫކޮށްފަ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 34 މިލިއަން ރުފިޔާ އަށް ޕޯޓަބަލް 10 ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ.

ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަކެއް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތްކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި އޮޅުވާލުމެއް ކަަމަށް އޮޑިޓުގައިވެ އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލަ އަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިކަން މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.

7 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިދުފާ

14 October 2020

މިނިސްޓަރުގެ މައްޗަކަށް ނުކުރާނެ. ދެރަ ނިކަމެތި އާދައިގެ މުވައްޒަފުން ބައްދާލާފަ މިނިސްޓަރުން ތިބޭނީ ލިބުނު ލާރީގައި އުފާކުރަން. މިއީ ކަންތައް ވާ ގޮތް. ދެން އަމީނުގެ ބޮޓުން އޭނާ މަލާއިކަތަކަށް ހަދާ މިހެން ބުނީމަ!

The name is already taken The name is available. Register?

ހަގީގަތަކީމިއީ

14 October 2020

ތިކަމުގައި ހެލްތު މިނިސްޓަރު ކުށްވެރިވާނަމަ، ތިކަމުގައި ލަފާ އެރުވި އެޓަރނީ ޖެނަރަލްއާއި، ތިކަމަށް ފައިސާ ދޫކުރި ފިނޭންސް މިނިސްޓަރާއި، އަދި އެންއޯސީއީ ލީޑު ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުށްވެރި ނުވާނެ އެއްގޮތެއްވެސް ނޯންނާނެ. އެކަމަކު ހަމަ އަހަރުމެން ބުނި ގޮތަށް ޕާޓީ މީހާ ނުވީމަ ހެލްތު މިނިސްޓަރު އެކަންޏެއްނު މި ގުރުބާން ކޮށްލަނީ. ކީކޭ ބުނާނީ. އެންމެ ދަތިވި ވަގުތު މުޅި ގައުމު ކޮނޑު އަޅައިގެން އެ ފަކީރު މަސައްކަތް ކޮށްދިނީމަ. އެމްޑީޕީއަށް ސަލާމް.

The name is already taken The name is available. Register?

އައްޑޫބެއްޔާ

14 October 2020

މިނިސްޓަރ އަމީން އިސް ވާކިން ފްރޮމް ހޯމް ދެއްތޯ، މުސާރައާއި އިނާޔަތާއި އެކު ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ކޮވިޑް ބިރުވެރިކަމުގައި އިހުލާސްތެރިކަމާއި އެކު ވެންޓިލޭޓަރތައް ގެންނާން އެއްމެ ފުރިހަމަ ގޮތަކީ ރެސްޓް މޯޑުގައި ގޭގައި ހުންނަވައި ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރުން ކަމަށްވާތީ ރައީސް އެމަނިކުފާނަށް އިނާޔަތެއްގެ ގޮތުން ގޭގައި މަޑުކުރަން ހުއްދަ ދެއްވީއެވެ. އަލިފްޚާ

The name is already taken The name is available. Register?

ބިތުފަންގިި

14 October 2020

އިއްޔެ މަޖިލީހުގައި އޭސީސީ މެންބަރުންނަށް ދިނީ މި އިންޒާރު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 October 2020

އޭސީސީގެ މިހާރު ބޮޑުތަނުންރަނގަޅުވެ މިފަދަކަންކަމުގައިވެސް ފިޔަވަޅުއަޅަމުންދަނީ ދުނިޔޭގައިކަންކުރާ ފުރިހަމަ ޤަވާއިދުތަކުގެތެރެއިން ކަމުގައިދެކެން. # ސަރުކާރު ހިންގާފަރާތުގެ ބައެއް ސަޕޯޓަރުންނަށް "ކުރީގެ ޙިޔާނާތް" ނުވަތަ "ބޮޑެތި ވައްކަން" ތަކުގެކަންކަން އޭސީސީއިން ނުބަލާކަމަށްހީވިޔަސް ކުރީގެކަންކަމަށްވުރެން މިހާރު ހިގާ ނުވަތަ ހިގަހިގާހުރިކަންކަމާއި ހިންގާންއުޅޭ ކަންކަމަށްއިސްކަންދޭތަރުތީބުން މިފަދަކަންކަންބެލުމަކީ ބެސްޓް ޕްރެކްޓިސް ކަމުގައި ބަލާ.

The name is already taken The name is available. Register?

ފާތިކް

14 October 2020

ތި ވެންޓިލޭޓަރުތަކުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމައި ދިރާސާ ރިޕޯޓެއްވެސް ނެރުނީ ހަމަ އޭސީސީއިން. އަނެއްކާ މިހާރު މައްސަލައެއް އޮތޭ ތިބުނީ. ދުވަހަކު ގޮތަކަށް ބުންޏަސް އަހަރުމެން ތިބެންވީ ގަބޫލުކޮށްގެން. މައްސަލައެއް ނެތް.

The name is already taken The name is available. Register?

މަލީހު

14 October 2020

އަމީނު ހެވިފަ ގޭގަ މުސާރަ ނަގާލަ ނަގާލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454