ޑރ. ބިލާލް ފިލިޕްސް
16 އޮކްޓޯބަރ 2020 - 15:40
ދުނިޔެ އަށް މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ބިލާލް ފިލިޕްސްގެ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފި އެވެ.
ދީނަށް ގޮވައިލެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބިލާލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ބިލާލް އިއްޔެ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށެވެ. އޭނާ އަށް އޮކްސިޖަން ދެމުން އަންނަ ކަމަށާއި އެހެން ފަރުވާތައް ވެސް ދެމުން އަންނަ ކަމަށް އެ ޕޯސްޓްގައިވެ އެވެ.
"...ހާލުކޮޅު އަންނަނީ ރަނގަޅުވަމުން. އެކަމަކު މިއަދު ކޮވިޑް-19 އަށް ޓެސްޓްކުރާނެ. ހުރިހާ ބޭފުޅުންގެ ދުއާގައި ބިލާލް ހިމެނުއްވުން އެދެން،" ފޭސްބުކް ޕޯސްޓްގައިވެ އެވެ.
ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ބިލާލް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
މީގެ ކުރިން ރާއްޖެ އަށް ވެސް ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައިވާ ބިލާލް މި އަހަރު ކުރީކޮޅު ވެސް ރާއްޖެ ގެންނަން ޔޫތު މިނިސްޓްރީން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ވަނީ އެކަން މަޑު ޖައްސާލީ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުއްالله
17 October 2020
އެނދުމަތިކުރީ ދޯ؟ ހޫނ.
ކޮލަމާފުށި
17 October 2020
ޝެއިޚް އަށް އަވަސް ޝިފާ ދެއްވާށި. އާމީން
ާއަހުމަދު ނިޔާޒއ
17 October 2020
ޑރ. ބިލާލް ފިލިޕްސް އަށް އަވަސް ޝިފާއަކަށް އެދެން
ދެރަ
16 October 2020
ޝެއިޚަށް ފުރިހަމަ އަވަސް ޝިފާއެއް ދެއްވާށި. ޑިސްލައިކް ކުރަނީ މުސްލިމުންނަށް ނަފްރަތުކުރާމީހުން.
ފަހުދު
16 October 2020
ބިލާލް ފިލިޕްސް އަކައް ތާއީދެއް ނުކުރަން. އެކަމަކު އެއްވެސް އިންސާނަކައް ދެރަގޮތެއް ވާކައްވެސް ނުއެދެން. އޭނާއައް އަވަސް ޝިފާއަކައް އެދެން
އިތުރަށް ދިރާސާ ކުރައްވާ
16 October 2020
ބިލާލް ފިލިޕްސް ރަނގަޅަށް އެނގޭނަމަ ތާއީދު ކުރާނެ.
ހިތާ މަހުރި
16 October 2020
ކޮ މެންޓް ތަކަށް ޑިސްލައިކް ކުރި ފަރާތްތައް ތި މަމތި މާ މެންނަކީ ބަލިނުވާނެ ބައެއް ކަ މަށް ހީކުރަނީ ހެއްޔެވެ.؟
ޙުސޭނާ
16 October 2020
ޝެއިޚް އަށް އަވަސް ޝިފާ ދެއްވާށި. އާމީން
ރަދީފު ބިން ރަފައިދާ
16 October 2020
ޑރ. ބިލާލަށް އަވަސް ޝިފާދެއްވާށި. އާމީން.
ހުސައިން
16 October 2020
ޝެއިޚް އަށް އަވަސް ޝިފާ ދެއްވާށި. އާމީން
މުރާސިލް
16 October 2020
ޑރ. ބިލާލް ފިލިޕްސް އަށް އަވަސް ޝިފާއަކަށް އެދެން