ލ. ފޮނަދޫ މަގުު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ؛ އެމްޓީސީސީ
20 އޮކްޓޯބަރ 2020 - 10:48
ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ 5،200 މީޓަރުގެ ސަރަހައްދުގެ ސަބްބޭސް އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 3.5 ކިލޯމީޓަރު ދިގު 12 މަގު ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން، 27،848 އަކަ މީޓަރު ސަރަހައްދެއްގައި ތާރު އަޅާއިރު ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ސްޕީޑް ބްރޭކަރާއި މަގުބައްތި ވެސް ހަރުކުރާނެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުޟޫ
20 October 2020
ފެންހިންދޭނެ ގޮތާ ގަސްއިންދާނެ ޖާގަ ހަދާފަ ހުރިތޯ ބަލާތި
ކެތް ބަލި
20 October 2020
ކޮބާހޭ ލ.ހިތަދޫ/ މެންދޫ/ ކުނަހަންދޫ ކޯޒްވޭ ޕްރޮޖެކްޓް ؟ ކޮބާހޭ ހިތަދޫ/ ކުނަހަންދޫ ސީ ހޮޅި އެޅުން؟ ކެތް ކުރަން ވީހޭ؟
ޙަބީބު
20 October 2020
ހުރިހާ ރަށެއްގަ ތި ކަން ކުރާނެ ކަމެއްނެތް ކުޑަރިކިލު ދަރަވަންދޫ ކެންދޫ ކަހަލަ ރައްރައް ބ ގޮއެދޫއައްބަދަލުކުރޭ
ހިތަދޫ ދަނޑު މޫސާ
20 October 2020
އަހަރެމެން މިތިބީ ފާޚާނާ ކުރެވޭނެ ގޮތެއް ވެސް ސާފު ތާހިރު ބޯފެން ފޮދެއް ވެސް ނުލިބިފައެވެ. އެ ހުރިހާ ކަމެއް ކޮށް ނިންމާފައި ފޮނަދޫ ގައި މިހާރު ފާކު ތަކާއި މަގުތާރު އަޅާ ނިންމީ އެވެ. ކިހާ ބޮޑު ބލ އެއް ހޭ...
211111
20 October 2020
ކޮބާތަ؟؟؟؟ މެގަ ސިޓީ ލ.ގަން ލ.ގަން ވިސާމޫ ވިސާމޫ
ކުމުންދޫއަލީ
20 October 2020
އަދުރޭއަށް ފައްފަށުން ޝުކުރިއްޔާ
ދ. ކުޑަހުވަދޫ
20 October 2020
ކޮބާ ކުޑަހުވަދޫ އެމްޑީޕީ މީހުން. އިބްރާހީމް މުޙައްމަދު ޞޯލިޙް ކުޑަހުވަދޫ މަގުތަކުގައި "ތާރު އެޅިގެންދާނެ" ކަމަށް ވީ ވައުދު އަދަހަމަ ނުފުއްދާ. ވޯޓް ހޯދަން ނާންނާތި. ދިމަލަށް ބުނާނަނަށް ވޯޓް ނުދާނަމޭ. މިއީ އެމްޑީޕީ އިން 02 ވަނަ ފަހަރަށް ރައްޔިތުން ވާވެއްދި ފަހަރު. 03 ފަހަރު އިރާދަ ކުރެއްވިޔަ ރަނގަޅު ލޮޓިއެއް ދޭނަން. ތައްޔާރުވެ ތިބޭތި.
ކިހާ ދެރަ ކަމެއް
20 October 2020
އެސަރުކާރު ގާ ވެސް ލ. އަތޮޅުގެ ބަޖެޓްގެ %80 ފޮނަދޫ އަށެވެ. މިސަރުކާރުގައި ވެސް ހަމަ އެގޮތެވެ. އަ ހަރެމެނަކަށް ނެތެވެ.
1828
20 October 2020
ސަރުކާރުން އެބަޖެހޭ ކުދި އާބާދީތަކަށް، އެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ބިމުގެ ޖާގަ އޮވެއްޖެއްޔަ ކުދި އާބާދީތަކަށް ވެރިކަން ކުރާ ރަށް ހުޅުވާލަން. ކިހިނެއް ތޯ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލާއި ސްކޫލްތަކާއި ބަނދަރުތަށް ސަރުކާރުން ހަދައިދޭނީ؟