އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
20 އޮކްޓޯބަރ 2020 - 11:00
ރާއްޖެ އަށް ތައާރަފު ކުރަން އުޅޭ ޕޭމަންޓް ސިސްޓަމަކީ އެހެން ގައުމެއްގެ އުފެއްދުމެއް ކަަމަށާއި އެ އެ ގައުމުގައި އެ ނިޒާމު ޓެސްޓް ވެސް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ގާނޫނުގެ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް ސިސްޓަމް ރާއްޖެ އަށް ގެނެސް، ރާއްޖެއާ ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޕޭމަންޓް ސިސްޓަމް ގެނައުމުގެ ކަންތައް އަދި އޮތީ މަޝްވަރާއާ ހިސާބުގައި ކަމަށެވެ. އެ ނިޒާމު ރާއްޖޭގައި ގާއިމު ކުރަނީ ކޮން ކުންފުންޏަކުންތޯ ނަޝީދުު ސުވާލު ކުރެއްވުމުން އަލީ ހާޝިމް ވިދާޅުވިގޮތުގައި، މަޝްވަރާއާ ހިސާބުގައި އޮތުމުން އެއީ ކޮން ކުންފުންޏެއްކަން އަދި ވިދާޅުވާން އޭނާ އެދިވަޑައެއް ނުގަންނަވަ އެވެ.
"ކޮންޓްރެކްޓް ނިމޭނެ މި އަންނަ ހަފުތާ ތެރޭގައި. ކޮންޓްރެކްޓްގައި ސޮއިކުރެވޭނެ،" ގަވަރުނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޭމަންޓް ސިސްޓަމް ރާއްްޖޭގައި ގާއިމު ކޮށްދޭ ކުންފުންޏާ ބެހޭ މައުލޫމާތު، ކޮމިޓީ މަރުހަލާގައި އެމްއެމްއޭ އިން ދޭނެ އެވެ. އެ ނިޒާމު ޓެސްޓު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ފަށާނެ ކަމަށާއި އެ އަށް ފަހު ކުރިމަތިވާ މައްސަލަތައް ބަލައި ރަނގަޅު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްތަކާއި ރާއްޖޭގެ ސިސްޓަމް ގުޅާލާނީ އޭގެ ފަހުންނެވެ. އެ ނިޒާމަށް އެމްއެމްއޭގެ މުވައްޒަފުން ވެސް އަހުލުވެރި ކުރުވަން ޖެހޭ ކަމަށާއި އެކަންކަމަށް ހަ މަސް ދުވަސް ހޭދަވާ ކަަމަށް ވެސް އަލީ ހާޝިމް ވިދާޅުވި އެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ޕްލޭންގައި މި އޮތީ ހަ މަސް ދުވަސް. އެއީ ޓެސްޓިން ފޭސް އަށް، ޓެސްޓިންގެ ފަހުން ހަ މަސް ދުވަސް ބަލާފައި ދެން އެ ޑިސިޝަން ނަގާ ގޮތަށް [ބައިނަލްއަގުވާމީ ނިޒާމުތަކާ ގުޅައިލުމުގެ ނިންމުން ނިންމާ ގޮތަށް]،" އޭނާ ވިދާޅުވި އެވެ.
ޕޭޕާލް މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ހިދުުމަތް ރާއްޖެ އަށް ނުލިބޭތީ ބައެއް ޒުވާނުން ފާޅުކުރާ ކަންބޮޑުވުމާ ބެހޭ ގޮތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން އަލީ ހާޝިމް ވިދާޅުވީ، ރާއްޖޭގައި ގާއިމުކުރަން އުޅެނީ އައިއެސްއޯ 222ގެ މިންގަނޑަށް ފެތޭ ނިޒާމެއް ކަމަށާއި އެހެންވީމާ އެފަދަ ހިދުމަތްތައް ހޯދަން މަގުފަހި ކުރެވޭނެ ކަމަށެވެ. އެކަމަކު ހިދުމަތް ދިނުމަކީ ޕޭޕާލްގެ ނިންމުމެއް ކަމަށާއި އެ ހިދުމަތް ރާއްޖެ އަށް ގެންނަން މިހާރު ވެސްް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަށްޓަކައި ރާއްޖޭން ކުރެވޭނެ ކަމަކީ ޕޭމަންޓް ސިސްޓަމް ގާއިމުކޮށް، އެ އިންތިޒާމުތައް ހުރި ކަމުގެ މައުލޫމާތު ޕޭޕާލް ފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް އެންގުން ކަަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް މަޑުމަޑުން ޕްރެޝާ އެބަ ބިލްޑު ކުރަން. އެކަމަކު އެ ޑިސިޝަން އަކީ އެ ބޭފުޅުންގެ ޑިސިޝަނެކޭ، އަޅުގަނޑުމެންގެ ޑިސިޝަނެއް ނޫނޭ. އަޅުގަނޑުމެންގެ ޑިސިޝަނަކަށް ވާނީ އަޅުގަނޑުމެންގެ ސިސްޓަމްތައް މި އޮތީ ތައްޔާރަށޭ މިހާރު ތިޔަ ބޭފުޅުން ގުޅާލަން، [ބުނުން]،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ޕޭޕާލްގެ ހިދުމަތް ހޯދައިދޭން ސޯޝަލް މީޑިއާގައި ވެސް ބައެއް ޒުވާނުން އަންނަނީ ގޮވައިލަމުންނެވެ. ގަވަރްނަރު ވިދާޅުވި ގޮތުގައި އެ ޚިދުމަތް ނުލިބުމުގެ ޝަކުވާތައް އެމްއެމްއޭ އަށް ވެސް އާދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާޡާޏާ ތަޅު
20 October 2020
ގަވަރުނަރު ނަސީރު ބުނީ 2018 ގަ ފޭމަންޓު ސިސްޓަމް ގެނެޔޭ. 2020 މިޙަރުގެ ގަވް މިބުނަނީ 2021. ޢޮޅިއްޖެ. ގާނޫނު ހެދެނީ ސިސްޓަމް ގެންނަނީ މިވަރުގެ ތަތް ބައެއް މި ގައުމުގަ ނެތް. މޮބައިލް ފޯން ޕްރޮޖެކްތައް ވީވަރު ނުވިއްޔާ އޯކެ. ޢެއް ކަމެއްވީ އޮފީހުގެ ވެރިޔާ ބަދަލުވެ ސްޓާފުން ގިނަވީ. ޙެވިއްޖެ
މުހަންމާ
20 October 2020
ޕޭޕާލް ގެނެސްފިނަމަ ބީއެމް އެލް މޮޔަވެދާނެ. އެހެންވެ އެއްވެސް ކަމެއް ނުވެގެން މިއުޅެނީ. މިހާރު ބީއެމްއެލް އަށް ޑިޕެންޑް ވުން ހުއްޓާލަންވެއްޖެ. މިހާރު މިއުޅެނީ އެއްކަމެއް ނުވެގެން. ހުސް އަގަތަޅަނީ. ރައްޔިތުމީހާ ކިޔާލަ ކިޔާލަ ތިބެނީ. ސްލޯ ފަސްއަހަރު.
ޕީމަންޓް
20 October 2020
ހާޝިމް ގެ ވާހަހަކައިގައި ރާއްޖެ އިން ބޭރުން ޢާމުފަރުދަ ކަށް ޢާމްދަނީ ފޯރުކ ކޮށްދޭނީ އޭގެ އެއްބައި ބަޔަ ކަށް ދީގެން ކަން ސާބިތުވޭ. އެހެން ކަމުން ބޭން ކް އޮފް މޯލްޑިވްސްގެ ބޭނުން ނުވަނީ އޮޅުންއަރާ ހިސާބުގައި ކަން އެބައިނގޭ. ޕޭމަންޓު ކިޔައިގެން ދެކެވެނީ ބައެއްގެ ވިޔަފާރިއެއްގެ ވާހަ ކައެއް.
އިބް
20 October 2020
އަނެއްކާވެސް އޮޅުވައިލުމެއްގެ ތެރޭގައި ދައުލަތް ރޭޕްކުރަނީ.
އަބްދޫ
20 October 2020
ކީއްކުރާ ޕޭމެންޓް ސިސްޓަމެއް ގައުމު އޮތް ހަލަތަށް ވިސްނަބަލަ
އަބްދޫ
20 October 2020
މިއީ މޮޔަ ބައެއް. ގައުމުގެ ހަރަދު ބޮޑުވެގެން ގޮސް އަތްނުފޯރާ ހިސާބަށް ގޮސް ދަރަނި ނަގަމުންގޮސް ގައުމު ބަގުރޫޓް ވާއިރު މޮޅުކަންކަން ތައާރަފް ކުރެވޭތޯ މިބަލަނީ ގައުމަކު ގައުމުގެ އާމްދަނިއަކު ގައުމުގެ ރައިއްޔަތުންގެ ކިބަޔަކު އެފެންވަރެއްނެތް އިރު މިތައާރަފް ކުރުމުގަ އަމިއްލަ މަސްލަހަތު އޮވެދާނެކަމަށް ތުހުމަތު ކުރެވޭ.
މުރާދު އަހްމަދު ހަމީދު
20 October 2020
ލޮކްޑައުން ތެރޭ އަޅުގަނޑު ދުވަލާކު އެއްގަޑިއިރު މަސައްކަތް ކޮށްގެން 60 ދުވަސް ތެރޭ 35،000 ރުފިޔާ ހޯދިން ބޭރުކުންފުނިތަކަށް މަސައްކަތްކޮށްދީގެން އިންޓަނެޓުން. ގައިމު އަޅުގަނޑަށް ވުރެ ޓެލެންޓް ހުރި މާ ބައިވަރު ޒުވާނުން މިގައުމުގައި ހުންނާނެކަން ޔަގީން އެތައް ހާސް. ކިހާ ފައިސާއެއް އެއީ ގައުމަށް؟ އަބަދުވެސް ހިންގަވަން ތިއްބަވާ ބޭފުޅުންނަށް ފެންނަނީ ޓޫރިޒަމް ދަނޑުވެރިކަން މަސްވެރިކަން. އެޒަމާން ގޮއްސި. 2020 އަށް ވިސްނުން ތަރައްގީނުވެ އަދިވެސް ޖަޒީރާވެފަ.
އުދުހޭ
20 October 2020
މި އަލީ ހާޝިމް މީ ހާދަ ސްލޯ މީހެކޭ. މި ޕޭމަންޓް ސިސްޓަމެއްގެ ވާހަކަ ދައްކާތާ ކޮން ދުވަހެއް. ނުވަންޏާ ވާވަރު ބަޔަކާ ހަވާލުކުރަންވެއްޖެއެއްނުން.
ޢިތުބާރުކުރޭ67
20 October 2020
ޢަދި އެންޑްރޮއިޑް ފޯނުތަކުން ފިލްމު އަދި ފޮއްގަނެވޭނީ އަދި އެޕަލް ސްޓޯރު އިން ރާއްޖެގެ ރުފިޔާއން ގަނެވޭނީ އެކަމައް ގާނޫނު ހެދުމުން... މިކަން ވުމައްފަހު އެއްވެސް ފިލްމެއް ނުގަނެ ޑައުންލޯޑް ކުރުމަކީ ބޮޑު ކުށަަކައް ވާނެ. މިޢީ އެމެރިކާ ސަރުކާރުން އަންގާފައިވާ ގޮއް...
އޮނަރަބްލް އަފީފު ދީދީ
20 October 2020
އައްޔާ..! އަހަރުމެނަށްވެސް އިގޭ ތިއީ މާމިގިލި މީހުން ފީނައިގެން ނަގާ ނޫނީ އަލިފުށީ ވަޑިން ހަރުގޭގައި ބަންނަ އެއްޗެއްނޫންކަން. # ތަންކޮޅެއް ސާފުކޮށް އިގޭގޮތަށް ތިވާހަކަ ދައްކަވާން ޖެހޭ. އަލީއަށް އެގިވަޑައިނުގަންނަވާ ކަންކަމާއި މައުލޫމާތު ދެއްވުމަށް އޮފީހުގައި ތިބި އެފަދަ ކަންކަމުގެ ފަންނުވެރިންގެސްގޮސްގެންވެސް ޖަވާބު ބޭނުން ސުވާލުތަކަށް ފުރިހަމަ ޖަވާބު ދޭންވާނެ.
ލިގުމާނު
20 October 2020
ރާއްޖޭގެ އެކައުންޓިން ސިސަޓަމް ވެސް ރަނގަޅުވެ ޓެކްސްގެ ކަންކަން ވެސް ފުރިހަމަ ވާނީ ނިއުޒީލެންޑް ފަދަ ގައުމުތަކުގައިހެން އެކައުންޓިން ޕްލެޓްފޯމްތަކާއި ބޭންކްތަކާއި ވެސް ގުޅުވިގެން.