ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު: ހެލްތް މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވުމުން ނަޝީދު ވަނީ އެކަމަށް ތައުރީފް ކުރައްވާފައި -- ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2020 - 17:18
ހެލްތް މިނިސްޓަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އައްޔަން ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ފުރިހަމަ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތް މިނިސްޓަރަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު ނަސީމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވީ ނަޝީދުގެ ވެރިކަމުގަ އެވެ.
ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަންކުރެއްވުމާ އެކު ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ސިއްހީ ދާއިރާއަށް ހިންގުންތެރި ވަޒީރެއް ބޭނުންވެފައި ވަނިކޮށް ނަސީމް އެ މަގާމަށް އައްޔަން ކުރައްވަން ރައީސް ނިންމެވި ނިންމެވުމަކީ ފުރިހަމަ ނިންމެވުމެއް ކަމަށެވެ. އަދި ނަސީމަކީ ތަފާތު ދައްކަވާނެ ބޭފުޅެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.
Marhaba Minister @KerafaNaseem. Raajje ge sih’hee dhaaira ah nuhanu bodah hinguntheri, thajribaahuri beyfulheh beynunvefava midhan’divalhu RJ @ibusolih ge thiya ninmevumakee varahves furihama ninmevumeh. Alhugandah yaqeen Minister Naseem thafaathu dhakkavaane
— Mohamed Nasheed (@MohamedNasheed) October 22, 2020
ނަޝީދުގެ ޓްވީޓް
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތް މިނިސްޓަރަކަށް ހުންނެވި އަމީން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ވައްދާފައި ވަނިކޮށެވެ. އޭނާގެ މައްސަލަ މަޖިލީހަށް ވެއްދީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި ކަމަށް ބުނެ އެވެ.
އަމީނާއި ހެލްތް މިނިސްޓްރީގެ އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުން އެ އޮފީހުން ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަނާ
23 October 2020
ބަލަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެނގެޔޭ ތިމާ ބުނެގެން ކަން ތިޔަބުނާ މީހަކަށް ހެލްތް މިނިސްޓަރ ކަން ދިނީ ދެން ކޮން ޝުކުރެއް އަދާކުރާކަށް
ތުއްތުބޭބެ
23 October 2020
ތިއީ ޑޮކްޓަރުންނަށްވުރެވެސް މޮޅު މީހަކަށްވާނީ. ތަޖުރިބާ ހުރިބޭފުޅަކުޅައްވަންވެގެންނޭކިޔާފަ ކޮންމެފަދަނުބަޔެއްވެސް ހަދާފާނެ. އަހަރެންވެސް ހީކުރީ މަގޭވޯޓު މިދެނީ ރަގަޅު މީހަކަށް ކަމަށް ކަމަކުދާކަށްނެތް ކުރިއަށްވުރެވެސްގޯސް ބަދަޅުގެ ނަމުގައު ފާޅުގަވައްކަންކުރަނީ
ގައުމީ ލޯބި
23 October 2020
އެމްޑީޕީ ކޯލިޝަން ހަދަނީ ހަމަ އެކަނި ވެރިކަން ހޯދަން.. އެމީހުންގެ ވައުދޫ އެއީ ގާނޫނު އަސާސީން ގައި ލިޔެވެފަ ނެތަތީވެ ފުއްދަން ޖެހޭ އެއްޗެއްނޫން ކޯލިޝަން އަދިވެސް ހަދާތި.. ދެވަނަފަހަރަށް ޖޭޕީއަށް މިލަނޑުދެނީ.. ކުރީގެ ވެރިކަމުގައިވެސް ޖީޕީ ބޭރުކޮށްލީ މިފަހަރުވެސް މިކުރަނީ އެކަން.. ފަހަރަކު މީހަކު ބޭރުކުރާނެ އެމްޑީޕީން ހިތް ހަމަނުޖެހޭ އޭޕީ ވެސް ޖޭޕީވެސް މިނިސްޓަރުކަމުގައި ކީއްކުރަން އެއްވެސް މަޤާމެއްގަިއ ތިބުމަށް.. # އިންޑިޔާ އައުޓު
ފިރާ
23 October 2020
ހަކުރު ދެންޏާ ބޮޑުބޭބެ.
ކާސިންޖީ
23 October 2020
ކެނެރީގޭ ކަރަޕްސަން
ކަޓް ޤާބިލު
23 October 2020
ކެރަފާ ނަސީމުގެ ޤާބިލު ކަމެއް ހުރިއްޔާ ހުންނާނީ ކަޓް ނެގުމުގެ ޤާބިލު ކަމެވެ. އޭނާ ޓްރޭޑްގެ ފޮރިން އިންވެސްޓްމަންޓް ބިއުރޯގައި ހުރި ދިގު މުއްދަތުގައި ކަޓް ފަހާ ދުވުން ނޫންކަމެއް ކޮށްފައި ވާތަކެއް ނުފެނެއެވެ.
މާކުން
23 October 2020
ނަޝީދު އެވެ. ރައްޔިތުން ބޮލުގައި ތެތްގޯނި އަޅުވަން އުޅޭނެ ކަމެއް ނެތެވެ. ކެރަފާ ނަސީމަކީ ކަނޑު ވިއްކި ކާކުކަން މިޤައުމުގެ ރައްޔިތުންނަށް އޮޅިފަކާ ނެތެވެ. އޭނާ ހެލްތް މިނިސްޓަރކަމަށް އައްޔަން ކުރުމަކީ މިޤައުމުގެ ސިއްޙީ ދާއިރާއަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެކެވެ. 50 އަހަރު ފަހަތަށް އެޅުނު ނާޤާބިލު ފިޔަވަޅެކެވެ. އޭނާގެ އެޑިއުކޭޝަން ޒީރޯ އެވެ. އަތުގައި އެއްވެސް ސަނަދު ގަޑެއްވެސް އޮތް މީހެއް ނޫނެވެ.
ބާބާ
23 October 2020
60 އަހަރުގައި މައުމޫނު ވެރި ކަން ކުރަން މުސް ކުޅި ކަމަށް ގޮވަމުން ދިޔަ މީހުން ތިއީ. ބާރުލިބުނީމަ 70 އިގެ ތެރޭގައި ހުރި ބޮޑުބޭބެއަށް ވަޒީރު ކަން ތިދިނީ. މައުމޫނު ތިމާގެ މީހުންނާއި ރައްޓެހިންނަށް އެޚުދުމުޚުތާރު ވެރި ކަމުގައި މަގާމް ބަހާ ވާހަ ކަ ދެއް ކީ. މިޑިމޮ ކްރެޓި ކް ވެރި ކަމުގައި އާއިލާ އާއި ރައްޓެހިންނަށް މަގާމްތައް ތިބަހަނީ. މައުމޫނު ކުރީމަ ކަޑަ. އެމްޑީޕީ ކުރީމާ ބަރާބަރު.މިހާވަރުންވެސް މަންޑޭލާ ކިޔާފަ ގޮވާ ދެތިން މީހަ ކު އަދިވެސް އުޅެންޏާ.
ވަސަންތީ
23 October 2020
ރާއްޖޭގައި ކިޔަވައިގެންތިބި ޒުވާނުން ނެތީތަ؟ މިދެންކާކު ވަޒީރުކަންދޭން.
ލަދުކުޑޭ
23 October 2020
އެއްވެސް ގައުމެއްގައި ވަޒީރު ކަމަކީ އެ ދާއިރާއަކުން އެންމެ މައްޗަށް ކިޔަވައިގެން ހުންނަ މީހަކު ހޯދާފާ އެމީހަކަށް ދޭ ކަމެއް ނޫން. އެއީ ސިޔާސީ މިގާމެއް. އެ މަގާމަށް އަންނާނީ ރައީސްއަށް އިތުބާރުއޮތް، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުވޭނެ ފަދަ ސިޔާސީ މީހެއް. ދާއިރާގެ ތައުލީމީ މީހުން ތިބޭނީ ވަޒީރުގެ ދަށުން ސަރުކާރުގެ ސިޔާސަތުގެތައް ތަންފީޒު ކުރަން.
ފަހުދު
23 October 2020
ބޮޑުބެއައް ބޮޑުމާގާމް. ކުޑަބެއައް ކުޑަމަގާމް. ކުރިހާ މަގާމެއް އާއިލާއައް.