ބީއެމްއެލް ކާޑު ބޭނުންކޮށްގެން ފައިސާ ދައްކަނީ-- ފޮޓޯ: ބީއެމްއެލް
25 އޮކްޓޯބަރ 2020 - 13:42
އިންޓަނެޓް ބޭންކިން މެދުވެރިކޮށް، ކްރެޑިޓު ކާޑާއި ޑެބިޓް އަދި ޕްރިޕެއިޑް ކާޑުތަކުގެ ޕިން ބަދަލު ކުރެވޭގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހަދައިފި އެވެ.
ބީއެމްއެލުން ބުނީ، މިއި އެ ބޭންކުން ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ތައާރަފު ކުރި ހިދުމަތެއް ކަމަށެވެ.
މި ހިދުމަތާއެކު، ކާޑުގެ ޕިން ހޯދަން ނުވަތަ ޕިން ބަދަލު ކުރުމަށް މިހާރު ބޭންކަށް ދާކަށް ނުޖެހޭނެ އެވެ. ބޭރު ގައުުމުތަކުގައި ދިރިއުޅޭ މީހުން ވެސް ޕޯސްޓް މެދުވެެރިކޮށް ޕިން ލިބެންދެން މަޑުކުރަން ނުޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކަރުދާހުގައި ދޫކުރަމުން އަންނަ ޕިން ލިބެން ނަގާ ވަގުތު ސަލާމަތްވެ، ކަސްޓަމަރުންނަށް ހިދުމަތް ހޯދުން އިތުރަށް ފަސޭހަވާނެ ކަމަށެވެ.
"މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގު ޗާޓާ އެއްގޮތް ވާ ގޮތުގެ މަތިން ތައާރަފު ކުރެވުނު ހިދުމަތެއް. ބޭންކުން މިހާރު މިވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކޮށްފައި. މީގެ ތެރޭގައި އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީ ވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތް ވެސް ފާހަގަކޮށްލަން،" ޓިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮސެޖް
26 October 2020
ދެން ކޮބާތަ މިދިޔަ އަހަރުގެ ހިއްސާ ފައިސާގެ ލާރިކޮޅު. ކިހާ ދުވަހެއް ނަގާނެތަ؟
ހަކީމް
25 October 2020
ޕިން ބަދަލު ކުރާވާހަކަ ދައްކާއިރު ފަހުން ދޫކުރާ ކާޑުތަކުން ވިޔަފާރު ކުރާއިރު ޕިން ޖަހާކަށް ނުޖެހޭ ... މީތި މަށަކަށް ކަމަކު ނުދޭ. ފޯނުން އެން.އެފް.ސީ ޕޭމަންޓް ޕިން ނުޖަހާ ދެއްކުނަސް ކާޑުން އެހާސޭފެއް ނޫން. ފޯނު އެޕް ހުޅުވޭނީވެސް ޕިންއެއް ޖަހައިގެން.
ޕިންބޭބީސް
25 October 2020
ހަކީމޫ، އެއީ ކޮންޓެކްޓްލަސް ޕޭމަންޓް ހިނގާ ގޮތަކީ. ކޯވިޑުގައި މާރަގަޅު ފަސްހާސް މީހުން އިނގިލި ކާއްތާފައި އޮތް މެޝިނުގައި ނަމްބަރު ޖަހަން ނުޖެހުނަސް. ދެން ރައްކާތެރިކަމަށް ބަލާއިރު، ދިވެހިރާއްޖޭގައި 750ރ. އަށް ވުރެ ގިނައިން ޕިން ނުޖަހާ ބޭނުމެއް ނުކުރެވޭނެ. އެއަދަދަށް ވުރެ ދަށުން މީހާގެ އިހުމާލަކާ ނުލާ (ޔާނީ ކާޑު ވަގަށް ނަގައިގެން) ކުރާ ވިޔަފާރިތަށް ހުންނާނީ އިންޝުއަކުރެވިފައި. ދެން ކާޑަކީ ވޮލަޓުގައި ވާލާރިއެކޭ އެއްގޮތަށް ބަލައިން ގެންގުޅޭ.
ދެމެވެ
25 October 2020
ޕިން އަކީ ޑިޖިޓަލް އެއްޗެއް ނޫންތަ އަޅެ؟ މި ހެޑިން ކިޔާފަ ހީކުރީ އިސްލާމިކު ބޭންކުން ދޭކަހަލަ ގްރީން ޕިން އެއް ތައާރަފު ކުރީ ކަމަށް.
އަހުމަދުއަލޯ
25 October 2020
މޯބައިލް އެޕުން ޓްރާންފަރ ކުރާއިރު އެކަންޓުގެ ނަންފެންނަ ގޮތެއް ހަދާކަށް ނުވޭތަ؟
ޕިންބޭބީސް
25 October 2020
އަސްލުވެސްދޯ. ނޫނީ ކިއެއްތަވާނީ ތަންކޮޅެއް ފަސޭހައިން ލާރި ފޮނުވޭ ގޮތެއް ހަދާދިނީ އާންމު ވިޔަފާރި ކުރާ ފަރާތްތަކަށް. މިހާރު ބައެއްގެ އެކައުންޓަށް 20ރ. ފޮނުވަން ނަގާ މަދުވެގެން 3-5 މިނެޓު.
އުދުހޭ
26 October 2020
އަދި އެކައުންޓް ސޭވް ނުކޮށް ފޮނުވޭ ގޮތްވެސް.
ޒާހި
26 January 2021
އަސްލުވެސް ވަރަށް ރަގަޅުކަމެއް އެއީ ޓްރާންސްފަރ ކުރާފަރާތުގެ ނަން ފެންނަގޮތް ހެދުމަކީ