27 އޮކްޓޯބަރ 2020 - 08:09
އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ މީހާ ޖޮއާން ހޮކާޑް އުމުރުން 112 އަރުގައި ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.
އޭނާގެ އާއިލާ އިން ބުނީ ޖޮއާނާ މުސްކުޅި ބަލީގައި މަރުވީ ޑޯޒެޓްގައި ދިރިއުޅެމުން ދިޔަ ގޭގައި ކަމަށެވެ. އޭނާ އަކީ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ލިބުނުތާ އެންމެ ދެ މަސް ދުވަސް ފަހުން މިދިޔަ މެއި މަހުގެ 28 ގައި މަރުވި އިނގިރޭސިވިލާތުގެ ބޮބް ވެއިޓަންއާ އެއް ދުވަހެއްގައި އުފަން ދުވަސް ފާހަގަކުރި މީހެކެވެ.
އެ ދެ މީހުންގެ އުފަން ދުވަހަކީ ވެސް މާޗް މަހުގެ 29 އެވެ. ޖޮއާނާ އުފަންވީ މާޗް 29، 1908 ގަ އެވެ.
އޭނާގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އެންމެ ޅަ ދުވަސްވަރު ކެންޔާގައި ދިރިއުޅުނު ޖޮއާނާ އަކީ ގިނަ ދުވަހު ދުނިޔޭގައި ހުންނަން ވަކި ކަމެއް ކުރި މީހެއް ނޫނެވެ. އެކަމަކު އަބަދު ވެސް ކެއުމުގައި ބަޓަރާއި ކްރީމް ބޭނުންކޮށް އުޅުނު ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ވަކި ޑައިޓެއް ގެންގުޅުމަކީ ޖޮއާނާ ގަބޫލުކުރި ކަމެއް ނޫން ކަމަށް އޭނާ އަށް ބޮޑުދައިތަ ކިޔާ ޕޯލް ރެނޮލްޑްސް ބުންޏެވެ.
ޖޮއާނާގެ 112 ވަނަ އުފަން ދުވަހުގެ ތެރެއިން.
ޖޮއާނާގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ކެންޔާގައި ހޭދަކުރަން ޖެހުނީ އޭނާގެ ބައްޕަ އެތަނުގެ ކާނަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާތީ އެވެ. ޖޮއާނާ ކިޔެވީ ސަސިކްސްގެ ބޯޑިން ސްކޫލަކަށް ގޮހެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ސްވިޓްޒަލެންޑްގެ ޖެނީވާގެ ހޮޓަލެއްގެ ކައްކާއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖޮއާނާ ވަނީ ލަންޑަނުގައި އެމްބިއުލާންސް ދުއްވުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ ކައިވެނިކުރީ ކަނޑުމަގުން ދަތުރުފަތުރުކުރަން ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބެހެއްޓި ޖިލްބަޓް ހޮކާޑާ އެވެ. އޭނާ މަރުވީ 1981 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކުމަތު ބަސް
27 October 2020
ދިގު އުމުރު ކުރުވީ އެވެ. އެ ދުވަސް ނިމުނީ އެވެ.ދެން އެހެން ދުވަހެކެވެ. އުމުރަކީ ކިތަށްމެ ދިގަސް ކުރު އެއްޗެކެވެ.
ކައުންސެލަރު
27 October 2020
ކީކޭ!؟ މަހީކުރީ އިނގިރޭސިވިލާތުގެ "ކަމަނާ" މަރުވީ ކަމަށް. ހާދަހާ އުމުރުދިގު މީހެކޭދޯއެއީ..
ބަސް
27 October 2020
އުމުރު ދިގުވުމުގައި ސިއްހަތާއި ކާބޯތަކެތި ކަސްރަތު މުހިންމު ދައުރެއް އަދާކުރޭ. އެކަމަކު ﷲ ކަނޑައަޅުއްވާފައިވާ އަޖަލު ޖެހެންދެން ހުންނާނެކަން ކަށަވަރު.
އިގިރޭސިން
27 October 2020
ރިއަލީ؟ ރާނީއަށްވުރެ ދުވަސްވީމީހެއް؟