ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
27 އޮކްޓޯބަރ 2020 - 11:40
ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.
އިދިކޮޅު 10 މެމްބަރެއްގެ ސޮޔާ އެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަވާ އެންގެވުމެެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ 10 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވުމުން އެ މައްސަލަަ އެޖެންޑާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެހެންވީމާ އިމްރާނަށް މިއަދު ނޯޓިސް ފޮނުއްވާނެ ކަމަށެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ، ވަޒީރެއްގެ އިތުބާރުނެތްކަަމަށް ހުށަހަޅާ މައްސަލަތަކުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް ނޯޓިސް ދޭން ޖެހެ އެވެ. ނަޝީދު ވިދާޅުވީ އެ ނޯޓިސްގެ މުއްދަތު ހަމަވުމުން މައްސަލަ މަޖިލީހަށް އެޖެންޑާކުރައްވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ގަވައިދުގައި މި ބުނަނީ 10 އިއްޒަތްތެރި މެމްބަރުން ސޮއިކުރެއްވީމާ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ޖެންޑާ ހިނގާނެ ކަމަށް. ދެން މިތަނަކީ 87 މެމްބަރުންގެ ތަނެއް. ދިހަ އިއްޒަތްތެރި މެމްބަަރުން ސޮއިކުރައްވައި މިތަނަށް ހުށަަހެޅުއްވީމާ ދެން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.
އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ބޮޑު ތިން މައްސަލައަކާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އެވެ.
އެ ތިން މައްސަލަ އަކީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލުން އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލާގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު އިދިކޮޅަށް ރައްދު ދެއްވި އެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އަދި މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން، އެފަދަ މައްސަލަތަކުގައި "ހުސްބުޅީގައި ގަންނާނެ ކަމަށް" އެއްވެސް ޕާޓީއަކުން އުއްމީދުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް، މި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މިއަދުގެ މިއޮތް ސަރުކާރާ ދޭތެރޭގައި ފުރިހަމަ އިތުބާރު އެބަ އޮތް. އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުމެންގެ އިތުބާރު އެބަ އޮތް،" އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީހާން
28 October 2020
އާޒިމޫ ތިޔަތަ އަންހެނުންގެ ހައްގޭ ރައްކާތެރިކަމޭކިޔާފަ ދައްކަން އެނގުނު ވާހަކަޔަކީ މިއަދު ބަދުއަހުލާގީ މައްސަލަތައް އޯކޭވީތޯ ހޯރަ އިއްބެވެސްދޫކޮއްލީ ދެންނާންނާތި ވޯޓުދޭށޭކިޔާފަ
ދީމާހު
27 October 2020
އެމްޑީޕީން ބޭނުން މިސްރާބަށް މިހާރު އޮޑި ދަތުރުކުރަނީ. މިއިން އެނގެނީ ނަޝީދުގެ ކުޅަދާނަކަން. ލީޑަރޝިޕު.ސަރުކާރުގެ ލީޑަރޝިޕު ނެތް ކަން.
ދިއްދޫމީހާ
27 October 2020
ރަދީފްއޮފިޟިއަލް ރާއްޖޭގަ ކިތައް ދިއްދޫ އޮވޭތައް؟؟
ކަޅުކަޅު ދޮނޭ
27 October 2020
އިދިކޮޅު އަބަދުވެސް މިފެންނަނީ އިދިކީއްޔަށް ދާން ހިފާފަ ހުންނަ މަންޒަރު. ކުރަންޖެހޭ ކަންކަން ނުކޮށް ތިމަންމެނަކީ އަބަދުވެސް އެއްމެނަށްތުރެ ބާރުގަދަ ބައެއްކަން ދައްކަން އުޅޭ ތަން ފެންނަނީ..
ރުޅި
27 October 2020
ނަޝީދު ބޭނުންވާގޮތް ތިޔަހަރަވެގެންދަނީ. އިމުރާނޫ އޭރުވެސްބުނިން މަގާމަކީ ހިނދުކޮޅެއްގެ ހުވަފެނެކޭ. މީހާގެ އަބުރު އަދި އަގު ހިފަހައްޓާށޭ.
ވާގޮތް ވީގޮތް
27 October 2020
އިމްރާނު ވަކި ކުރާނީ އަހަރެމެނެވެ. ޕީޕީއެމް/ ޕީއެސްސީ ކޯލިޝަނަކުން ނޫނެވެ.
ބައިރޯ
27 October 2020
100%
ކެޔޮނިރު
27 October 2020
ހުސްބުޅީގަ ނުގަންނަންޏާ އޭގެ މާނައަކީ އެން އެޅިމާ ގަނެވިދާނެ. ވަރަށް ސާފު
ބައިރޯ
27 October 2020
އަލީ އާޒިމްއަށް ދަންނަވާލަން އޮތީ، ބަޢާވާތް ކުރި ދުވަހު ދިވެހި ސަރުކާރުގެ ޙަބަރު ފަތުރާ ވަސީލަތް އެމް.އެން.ބީ.ސީ އަށް ހުއްދަނެތި ވަދެ މިއަދުން ފެށިގެން މީ ޓީ.ވީ.އެމް އޭބުނެ ބަޢާވާތް އިއުލާން ކުރި އިރު އާޒިމްގެ ތިހުސް ބުޅި އޮތީ ކޮންތާކުތަ؟ ކަލޯ ދެން ރައްޔަތުން ގާތަށް ވޯޓް ހޯދަން ނައަންނާތި!!
ޙުސޭނާ
27 October 2020
ޢަދިވެސް ވޯޓް ދޭ މީހުން ދޭން
ޖިންނިއައްޕަން
27 October 2020
އަލީ އާޒިމަ އެދުވހުވެސް މިއަދުވެސް އެއްމެ މުހިއްމުވާނީ އެބޭފުޅާއަށް ވޯޓްދިން ނުވަތަ ދޭނެ ބޭފުޅުން. މިކެޓަގަރީގަ ހިއެއްނުވެ ތިބޭފުޅާ ވާހެނެއް..
ދިއްދޫމީހާ
27 October 2020
އިމްރާންއާ އެއްކޮޅަށް އަހުންގެ މެމްބަރު ވޯޓް ދީފިއްޔާ ދެން އަހުން އެމްޑީޕީއަ ދޭނެ ވޯޓެއް ނޯންނާނެ، އެއީ އަންހެން ކުދިންގެ އިއްޒަތަކީ އެއްވެސް އެއްޗެއްކަމަށް ނުދެކޭ މީހުންނަކީ ޖާހިލުން، އިމްރާންގެ ވާހަކަ އަދި ލީކުވި އޯޑިޔޯން އެކަން ވަރަށް ސާފް، މީހުންގެ ބޮލުގާ ބޮޑެތި ތުހުމަތު އަޅުވާފަ އަދި ފިތުނަ ފަސާދަ އުފައްދާފަ ހުރި މީހެއްތީ، މިހާރު އިންގޭނެ 2012 ފެށިގެން އެނާ ދައްކާފަ ހުރި ދެއުޅިއެ ނުވާ ވާހަކަތައް
ރަދީފްއޮފިޝިއަލް
27 October 2020
ދިއްދޫ މެމްބަރު އެއީ އެމްޑީޕީގެ ޕަޕެޓެއް.އޭނަގެ ވޯޓް އޮންނާނެގޮތް އެއީ އެންމެން ދަންނަ އެއްޗެއް.
އިސްތިއުފާ
27 October 2020
ހޯމް މިނިސްޓަރު ކަމުން ޝޭޚް އިމްރާން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ބައިރޯ
27 October 2020
އަދިވެސް މަދު