ގިނަ އަދަދެއްގެ ދިވެހި ރުފިޔާތަކެއް: ފެނަކައިން ޝަރޫއަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދައްކަން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
29 އޮކްޓޯބަރ 2020 - 12:41
ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ފެނަކަ ކޯޕަރޭޝަނަށް ދައްކަން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަންނަން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިނުމުން ޑޮލަރު ދޫކުރަން ޝަރޫ އިން ފެނަކަ އަށް ދިން ޗެކްތައް ވަނީ ބައުންސްވެފަ އެވެ. އެހެންވެ، 17 މިލިއަން ރުފިޔާ އަނބުރާ ހޯދަން ފެނަކައިން ދައުވާ ކުރުމުން އޮގަސްޓް، 2017 ގައި ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ހަތަރު މަސް ތެރޭގައި އަނބުރާ ފެނަކަ އަށް ދެއްކުމަށެވެ.
އެ މައްސަލަ ޝަރޫ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފެނަކަ އިން ޝަރޫ އަށް 17 މިލިއަން ރުފިޔާ ދިން ކަމަށާއި އަދި ޝަރޫއިން ފެނަކަ އަށް ދޫކުރި ޑޮލަރު ޗެކްތަކަށް ފައިސާ ލިބިފައި ނުވާ ކަމަށާއި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އެ ފައިސާ ޝަރޫއިން އަނބުރާ ފެނަކައަށް ދައްކަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ފެނަކަ އަށް ޝަރޫއިން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މުވައްޒަފަކާއި އިތުރު ބަޔަކު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ހިންގި އެވެ. އަދި ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތީސް، ޝަރޫ އަށް ޑޮލަރު ގަތުމަށް ހަވާލުކުރި މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެ ކުންފުނީގެ އިތުރު ބައެއް އިސް މުވައްޒަފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ އެ މައްސަލާގައިި ދައުވާ ކުރެވެން ނެތް ކަމަށެވެ.
ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ޑޮލަރު ހޯދަން ޝަރޫއަށް ދިން ތިން މިލިއަން ރުފިޔާ އަނބުރާ ދައްކަން ވެސް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމުންދޫއަލީ
29 October 2020
ސްޓެލްކޯ އާއި ފެނަކާ އުސޫލުން ބޭރުން ޑޮލަރު ގަންނަން މަސައްކަތް ކުރުމުން އެ ދެކުންފުނި ކުއްވެރި ނުވީ ކީތްވެބާ؟
ރަދީފްއޮފިޝިއަލް
29 October 2020
ޝަރޫ މިއީ ކޮންބައެއް ތަ؟
އުލިގަމް އިސްޓައިލް
29 October 2020
މިހާރު އެވެރިން ތިބީ ކޯލިޝަން ފަހަތުގަ ފިލާ ކަމަށް ބޮޑައް ލަފާ ކުރެވެނީ
އޮނަރަބްލް އަފީފު ދީދީ
29 October 2020
ވައްކަންކުރި "ވަގުކަލޭގެ" އަދިވެސްހުރީ އުފަލުގައިދިރިއުޅެން ދޫކޮށްފަ. ކޮންމެދުވަހަކު ރާއްޖޭގައިހުރި ހުރިހާ ބެންކެއްގެތެރޭގައި އުޅޭ. # ސޯލިޙް ވެރިކަމަށްއަންނާން ވޯޓްދިން ގިނަރައްޔަތުން ވޯޓްދިނީ މިފަދަވަގުން ހިފާހައްޔަރުކޮށް ހުރަގޭގެ ތޭރިތަކުގެފަހަތަށް ލާދޭނެކަމުގެ ޔަޤީންކަންދިނުމުން. # އެކަމަކު ޔާމީން އަބުދުލް ޤައްޔޫމް ނޫން މީހެއްގެ ކަންކަން ބަލާހެނެއް ހީއެއްނުވޭ. އަދި ދައުލަތަށް ގެންލިގެންދިޔަ މިފަދަ ފައިސާއާއި މުދާ ހޯދާން އުޅޭތަނެއްވެސް ނުފެނޭ.
ގުބޯލު މަނިކު
29 October 2020
5 އަހަރު ފަހުން؟
އަކަސަކަ
29 October 2020
ފިއްކަނޑަިއިގެންދާ ވަރުގެ އަދަދު ތަކުން ހިޔާނާތްވީމާ ކުއްވެރިވާ ފަހަރަކުވެސް ކުއްވެރި މިވަނީ ކޮންމެވެސް ކުންފުންޏެއ، އެތަންތާ ޒިންމާނަގަންތިބޭ ބޮޑުމީހަކަށް ހުކުމެއް ނާންނަތާ ދައުވާ ކޮއްލެވޭވަރުވެސް ނުވޭ. ދެން ކާކު ޖެހިލުންވާނީ ތިފަދަ ކަންކަން ހިންގާލަން.
އަދުރޭ
29 October 2020
ކުންފުނިތަކުން ޑޮލަރު ގަންނަނީ ކޮންބައެއްގެ އަތުންބާ. ތީގަވެސް ބޮޑު އޮޅުވާލުން ގަނޑެއް އޮންނާނެހެން ހީވަނީ
ހަކީމް
29 October 2020
ތިފައިސާ އިން 3ން އަހަރު ވާއިރު ހާދަ ފައިދާއެއް ނެގޭނެޔޭ. މާލޭގެ 5000 އަކަފޫޓުގެ ގެއެއް ދިގުމުއްދަތަސް ނަގާފަ، 10 ބުރިޔަށް ހަދާލެވޭނެ. އޭރުން އެއޮތީ ލާރި އޮހެ ދިޔަދޮއްވެއް ލިބިފަ ... މަވެސް ތިކަހަލަ ފުރުސަތު ބޭނުން .. ޕޕމ އަށް ވަންނަން ބޭނުން އެކްޓިވިސްޓެއްގެ ގޮތުގައި ކުރަން ޖެހެނީ ކޮންކަމެއްބާ.
ކުރަފި
29 October 2020
ލަދުހަޔާތް ކަނޑާލަފައި ވައްކަންކުރަން ކެރެންޏާ އެނިމުނީ!