ޚަބަރު / ރައްޔިތުންގެ މަޖިލިސް

ނައިބު ރައީސްކަމުން ޖަމީލް ވަކިކުރި މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުން ފަށަނީ

ކުރީގެ ނައިބު ރައީސް ޖަމީލް: އޭނާ ވަކިކުރި މައްސަލާގެ ޝަރީއަތް މިމަހު ފަށަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލާގެ ޝަރީއަތް މި މަހު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ އޭނާ ގުޅިވަޑައިގެން އުޅުއްވި ކަމަށް ތުހުމަތުކޮށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން މެއި، 2015 ގައި ބޭއްވި ބޮޑު މުޒާހަރާއާ ވެސް ޖަމީލާ ގުޅުވައި، ތުހުމަތުތަކެއް އޭރުކުރި އެވެ.

ޖަމީލް މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް އޭނާގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ އަހަރު އެވެ.

އެ މައްސަލާގެ ފުރަތަމަ އަޑުއެހުން މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާއިރު އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ޖަމީލް ނައިބު ރައީސް ކަމުން ވަކި ކުރެއްވުމުގެ މަސައްކަތް އޭރުގެ ޕީޕީއެމްގެ މެމްބަރުން ކުރިއަށް ގެންދަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތުގައި މަޑުކުރެއްވި އެވެ. ޖަމީލް ވަކި ކުރެއްވުމަށް ފަހު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ އަހުމަދު އަދީބެވެ. އެކަމަކު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އޭނާ ހައްޔަރު ކުރުމުން އެ މަގާމުން އޭނާ ވެސް ދުރުކުރި އެވެ. ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ނައިބު ރައީސަކަށް ހުުންނެވީ އަބްދުﷲ ޖިހާދެވެ.

26 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 2%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަވިހި

02 November 2020

ތިޔައީވެސް ކާމިނީގެ މެދުބައި ޔާމީނުގެ އަނިޔާވެރިކަމުގައި ހައްދުފަހަނާޅާ ދިޔަކަމުގެ އިތުރު ސާފު ބޮޅެއް

The name is already taken The name is available. Register?

ismail

02 November 2020

މިއޮތީ ގުއި ރޯނުގައި ޖެހިފައި. މިފަހަރު ކޯޓުގައި ކިޔާނީ ކީކޭބާ؟ ހަމަ ވަކި ކުރަންވެގެން ވަކި ކުރިއޭތޯ؟

The name is already taken The name is available. Register?

ދނބނޑރއިން

02 November 2020

ސީދާ ގާނޫނާ ޚިލާފަށް ހިންގާފަ އޮތް ކަމެއް. ސްޕްރީމް ކޯޓުން ރަނގަޅަށް ނިންމާނެ ކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ވަގު ކަދުރު

02 November 2020

ބުއްދި ގޯސްވީތޯ،؟،،،

The name is already taken The name is available. Register?

Ahmd

02 November 2020

ޔާމީނުކައިރިއަށްދޭ ބަދަލުހޯދަން. ކޮންމެހެން އަހަރުންނަ އުދަގޫކުރާނެ ކަމެއް ނެތް

The name is already taken The name is available. Register?

Ahmd

02 November 2020

ޔާމީންއިރު ޖަލަށްލާފާނެތިީ ބިރުން ބޭރަށްއަރުވާލީ އަމިއްލައަށް. މީނަގެ މިނިވަންކަން ހޯދަދިން މޑޕ ހުރިހާ ގުރުބާނީއެއްމީނައަށްވީ! މިހާރުކޮންތާކު މިޖެހުނީ! ޢަނިޔާކުރި މީހާދިފާއުކުރަން. ކޮބާލަދު؟!

The name is already taken The name is available. Register?

ސުމުއްވުލް

02 November 2020

އަމިއްލައަށް ޖީބުން ހަރަދުކޮށްގެން މޯލްޑިވްސް ޔުނައިޓެޓް އޮޕޮސިޝަން ހަދާ އޭގެ ލީޑަރ އަކަށް ޑރ.ޖަމީލް އައްޔަން ކުރީ ތިޔަ ޕާޓިގެ ގައުމީ މަޖިލިހުން ނިންމައިގެން. ޑރ.ޖަމީލް އަކީ ސާދާ ބޭފުޅެއް.

The name is already taken The name is available. Register?

މާރަނގަމާކުންބެ

02 November 2020

ޖަމިއްޓެ އިސްތިއުފާ!

The name is already taken The name is available. Register?

ހޯރަބޭ

02 November 2020

ވަކި ކުރިމީހާގެ ވަކީލަކަށް ޖަމީލު މިހާރު ހުރީ. ކީކޭބާ މީނަ ކިޔާނި ދެން.

The name is already taken The name is available. Register?

ބަންޖާރާ

01 November 2020

ޖަމީލަކީ ވަރަށް ފާޑެއްގެ މީހެއް އޭނައަށް ރަގަޅު އެއްގޮތެއްވެސް ނޯނާނެ ނައިބު ރައީސްކަން އަނބުރާ ދިނަސް އޭނަ ހިތެއް ނުފުރޭނެ

The name is already taken The name is available. Register?

ައަހުމަދު

01 November 2020

ދެން ޖަމީލުއަށް އެމަޤާމުގެ ބާކީ އޮތްބައި ސްޕްރިމްކޯޓުންވެސް ދެވޭނީ ޔަމިން ވެރިކަމްށް އައި އިރަކުތާ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454