އުއްތަމަ ފަނޑިޔާރު މުއުތަސިމް: ރިޓަޔާމަންޓް އެލަވަންސް ބޮޑުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަން މަޖިލީހުން ވަނީ ނިންމާފައި - ފޮޓޯ | މިހާރު
16 ޖޫން 2025 - 10:23
ޝަރަފުވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އާއި ޕޭ-ކޮމިޝަންގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފި އެވެ.
ފަނޑިޔާރުންގެ ރިޓަޔާމަންޓާ ގުޅިގެން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގައި، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާ ނަމަ އެވެ.
ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ނިންމާފައި ވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދޭން ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ލަފާ ހޯދުމަށް ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާތީ، އެކަން ދިރާސާކޮށް އެ ކޮމިޓީން މިއަދު ފާސްކުރީ އެފަދަ އެލެވެންސް ދިނުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށްވާތީ، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި، އެ ލަފާގެ މަތިން ޕޭ-ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ގަވައިދު އިސްލާހުކުރާށެވެ.
މިހާރު ގަވާއިދު އޮތްގޮތުން، ރިޓަޔާވާއިރު އެއްފަހަރާ ދޭ އިނާޔަތް ހިސާބު ކުރުމުގައި މުއްދަތު ގުނާނީ އެ ފަނޑިޔާރަކު ފަހުން އައްޔަންކުރި ތާރީހުން ފެށިގެން ރިޓަޔާ ކުރުމާ ދެމެދު ހިދުމަތް ކުރި މުއްދަތެވެ. އަދި މަހުން މަހަށް ދޭ އިނާޔަތް ހިސާބު ކުރާނީ ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރު ކަމަށް އައްޔަންކުރި މުއްދަތު ގުޅުވައި، ރިޓަޔާ ކުރުމާ ހަމަޔަށް ފަނޑިޔާރު ކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.
ޖޭއެސްސީން ގަވައިދަށް މި ބަދަލު ގެންނަން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި އުއްތަމަ ފަނޑިޔާރު މުއުތަސިމަށް މިހާރު ގަވާއިދު އޮތްގޮތުން އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އަދަދަށް ވުރެ އެތައް ގުނައެއް އާ އިސްލާހާ އެކު ބޮޑުވެގެންދާނެ އެވެ. އަދި އެ ބަދަލާ އެކު، އެމަނިކުފާނަށް ގަނޑުކޮށް ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ރިޓަޔާމަންޓް އެލެވެންސްގެ ގޮތުގައި ލިބޭނެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ފަނޑިޔާރު ކަމުގައި ނުވަ އަހަރާއި ހަ މަހާއި 11 ދުވަސް ހޭދަ ކުރައްވާފައި ވާއިރު، ދައުލަތަށް އެމަނިކުފާނު ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސީނާ
17 June 2025
ކިހާ ދެރަ ކަމެއްތޯ މިއީ. އެކި މީހުނަށް އެކިގޮތް އޮވެގެން ނުވާނެ. ސިވިލްސާވިސް މުވައްޒަފުން ނަށް އޮންނަ އިނާޔަތެއް ލިބެން ޖެހޭނީ، ރައީސަކަސް، މެމްބަރަކަސް، ފަނޑިޔާރަކަސް. ބޮޑު އިނާޔަތެއް ބޭނުންނަމަ ސިވިސްސާވިސްގެ އިނާޔަތްތައް ބޮޑުކުރޭ..
2025
17 June 2025
ކަލޯ އަހުންވެސް ސަރުކާރުއުޅޭތާ 30 އަހަރުވަނީ މާދަން ރިޓަޔަރ ކުރިޔަސް އެންމެ ބައިރުފިޔާއެއްވެސް ނުލިބޭނެ ތަފާތުކުރިޔަސް ބޮޑުވަރުތީ....ބޮއިހަލަކި
ޑަބަލް މުސާރަދީ!
17 June 2025
ދެން ކޮންމެވެސްތަނެއްގެ ސީއީއޯއަކަށްލާ.
ޕުރުބެ
16 June 2025
ޟިގައުމުގަ އޮންނަނީ ބޮނޑު މީހާއަށް ބޮޑުގޮތް! ކަމެއް ކޮށްދިނީމަ އެއުޅެނީ
ޝޮކްތެރަޕީ
16 June 2025
މިދެން ކިހާ ދެރަކަމެއް.
ބަބަބަލާލާލާއެއެއެއްއްއް
16 June 2025
ކިހާބޮޑު. ނިންމި މައްސަލަ ތަކަށްވުރެ ނުނިމޭ ކަންތައް ގިނައީ. ޢެކަމަކު ވަޒީފާއިން ވަކިވީމަވެސް 10 މީހުންގެ މުސާރަ
ކޮވެލި
16 June 2025
މަޖިލީހުގައި އަދި ސަރުކާރުގައި ތިބެނީ މުޅި ގައުމަށް "ޚައްދާރު" މީހުން. މިގައުމުގެ ކުރިީގެ ރައީސުންނާ ރިޓަޔަރ ކުރާ ފަނޑިޔާރުން ފުލުހުންގެ އިސްވެރިން ފަދަ ބޭފުޅުންނަށް ދޭން ހިފާފައި ތިބެނީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުންވެސް ނިސްބަތުން ނުދޭ ޢިނާޔަތްތަށް. ބަޖެޓް އޮންނީ ދަރަނިވެރިވެފައި. އެކަމަކު ބޭރު ގައުމުތަކަށް ސަލާން ޖަހައިގެން ފައިސާ ހޯދައިގެން މި ޢިނާޔަތް ދޭން އެބަޖެހޭ. ދެން ހުރިހާ އުނދަގުލެއް ރައްޔިތުންނަށް.
ދީދީގެ ޢަބްދުﷲ
16 June 2025
2025 ބަޖެޓު ފާސްކުރިއިރު މިކަހަލަ ވާހަކައެއް އެޔަކު ނެތް ގައިމުވެސް. ދެން އަހަރު ދެބައި ނުވަނީސް މިގޮތަށް ބަޖެޓްތަޅާ ހުސްކޮށްލުމަކީ އެއީ ރައްޔަތުންގެ ފައިސާ ބޭކާރު ގޮތުގައި ހޭދަކުރުން ނޫން ދެން ކޮންކަމެއް. މިޒާތުގެ ކަންކަމަކީ، ދުރަށް ރޭވިގެން ހިންގަންވާ ކަންކަން. މިސާލަކަށް 2030 ވަނަ އަހަރުން ފެށިގެން ރިޓަރޔަރކުރާ ފަނޑިޔާރުންނަށް އިނާޔަތް ކަނޑައަޅައި މިއަދު ފާސްކުރުން ހަމަ އެންމެރަނގަޅު.
ކޮރަލް
16 June 2025
ރިޓަޔަރ ކުރުމަށް ފަހު ސިޔާސީ މަގާމް އެއް ހޯދާ މުސާރަ އާ ރިޓަޔަ ކުރީމަ ލިބޭ ފައިސާ އާ ދެބައި ނަގާ މީހުން ވެސް ވ ގިނަ އެވެ. ފަގީރުން ފަގީރު ވަނީ އެވެ. މައްސަލަ ނުބެލި ، ވައްކަން ކުރާ މީހުން މުއްސަނދި ވަނީ އެވެ.
އަހުމަދުއަލޯ
16 June 2025
2 ފަނޑިޔާރުން ދުއްވާލުމުގެ ހަދިޔާ މިދެނީ...