ކްރިމިނަލް ކޯޓު: އެ ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ވަނީ އިއުލާން ކޮށްފައި -- ފޮޓޯ/މިހާރު
01 ނޮވެމްބަރ 2020 - 18:10
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފި އެވެ.
ޖޭއެސްސީން މިއަދުު ކުރި އިއުލާނެއްގައިވާ ގޮތުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހޯދަނީ ކޮންމެ ކޯޓަކަށް ފަނޑިޔާރެކެވެ. އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ ދެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ދެ އަހަރުުގެ ތަޖްރިބާ ހުރުމެވެ. އަދި އުމުރުން 25 އަހަރު ވެފައި ހުރުމަކީ ވެސް ޝަރުތެކެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 46،000ރ. ލިބެ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އިބްރާހިމް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އޭނާ އިސްތިއުފާ ދެއްވުމާއި ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހަސަން ޝަފީއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސއނާ
02 November 2020
ކޮންމެހެންވެސް ކެނެރީގޭ ކޮމިޝަނުން އަންގާގޮތަށް ހުކުމް ކުރާ މީހަކު ލެވޭތޯބަލާތި.
ގިގުނި
01 November 2020
ހިލޭ ދިނަސް މި ޖޭއެސްސީގެ ދަށުގާ ހުކުމް ކުރަން ތިބޭ މަޤާމެއް ބޭނުމެއް ނޫނެވެ.