ޚަބަރު / އެޗްއާރުސީއެމް

ދޫނިދޫގައި ބަންދުުގައި ތިބި މީހުންނަށް ސާފު ފެން ފޯރުކޮށް ނުދޭތީ އެޗްއާރުސީއެމުން ފިޔަވަޅު އަޅަނީ

ދޫނިދޫ: ދޫނިދޫ ޖަލުގައި އެކަށީގެންނުވާ ބޯ ފެނެއް ފޯރުކޮށްދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ވަނީ ނިންމާފައި .-- ފޮޓޯ: ޕެނޮރާމިއާ.ކޮމް

ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިިންމައިފި އެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުުގެ ފަހުކޮޅު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ކުރި ޒިޔާރަތުގައި އެތަނުގައި ބަންދުގައި ތިބި މީހުންނަށް ފޯރުކޮށްދޭ ފެން ތަހުލީލު ކުރިއިރު އެ ފެނުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ ހުރި ކަން ފާހަގަވި ކަމަށެވެ. އެ ފެނަކީ އެކަށީގެން ނުވާ ފެނެއް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ކަނޑައަޅާފައިވާ ކަމަށާއި އަދި އޭގެ ސަބަބުން އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ބުނާތީ ދޫނިދޫގައި ބަންދުގައި ތިބި މީހުންނަށް އެ ފެން ދިނުން ހުއްޓާލުމަށް ފަހު 72 ގަޑިއިރުގެ ތެރޭގައި ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް މިދިިޔަ ހަފުތާގައި އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް މިއަދު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ގޮސް ބެލިއިރު ވެސް، ފެން ފޯރުކޮށްދިނުމުގެ އިންތިޒާމް އިސްލާހު ކޮށްފައިނުވާ ކަމަށާއި އެކަން އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ސާފު ބޯފެން އެތަނުން ފޯރުކޮށް ދިނުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ބުނާގޮތުން އެ ކޮމިޝަންގެ އެންގުމަކަށް ތަބާނުވެއްޖެ ނަމަ، އެކަން ކުރި މީހެއްގެ އަދަބަކީ ތިން މަހަށް ގޭ ބަންދު ކުރެވޭނެ އެވެ. އަދި އެގޮތަށް އަމަލުކުރީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އެ މީހަކު މަގާމުން ވަކި ކުރެވޭނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލުގައި ސާފުކޮށް ނުލިބޭ ކަމަށް ބުނެ އެޗްއާރުސީއެމުން ފިޔަވަޅު އަޅަން ނިންމިއިރު، ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ޖަލުތަކުގައި ސާފުކޮށް ފޯރުކޮށް ދިނުމުގެ ނިޒާމެއް މިދިޔަ އަހަރު ވަނީ ގާއިމްކޮށްފަ އެވެ.

17 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެ ކަނބާ

30 December 2022

ޖަލުގައި ބޯފެން ދިނުމުގެ ނިޒާމް ގާއިމް ކުރި އެއީ ހަމަތެދެއް. އެހެނަސް ސޭކު އިމްރާންއަށް ރޭކާއެއް ނުލާ ފެން އުފައްދާ މެޝިނުގެ ފިލްޓަރަކީ ބަދަލު ކުރަންޖެހޭ އެއްޗެއްކަމެއް.. މިހާރު އެފެނުން ނުބައިިވަސް ދުުވުމާއި ފެންބޯ ގައިދިންގެ ފަރާތުން ގިނަގުނަ ސިއްހީ މައްސަލަތައް ދަނީ ފެންނަމުންނެވެ.. މިކަމާ އަޅާލާނެ ބަލާނެފަރާތެއް މިއުޑު ދަށަކުނެތެވެ.

The name is already taken The name is available. Register?

ދޮންއަލީ

03 November 2020

ކޮންހިސާބަކުން ކާކުގެ ބޮލަށްބާ މިކަން ކަނޑާލާނީ.

The name is already taken The name is available. Register?

ހޮޓްކިންގ

03 November 2020

ތީގެ މާނައަކީ ހޯމްމިނިސްޓަރު އިމްރާން ނޫނީ ސީޕީ ހަމީދު މަގާމުން ވަކިކުރުންތޯ؟ އެކަމެއް ތިޔަ އެޗްއާރުސީއެމް އަކަށް ނުކުރެވޭނެ. މިވެރިކަން އިތްހާދުވަހަކު ދޭނީ ނަޖިސްފެން. ހުރިހާބާރެއް ސަރުކާރު ގަ އޮތްއިރު ތިބުނާ ފިޔަވަޅެއް އެޅޭތޯ ބަލަން މިތިބީ. ދެން ފެންނާނެ ތި ކޮމިޝަންގެ މެންބަރުން ވަކިކުރަން މަޖިލިސްތެރޭ ގޮވާލަން.

The name is already taken The name is available. Register?

ޑެންޓިސްޓް

02 November 2020

ސާފު ފެންބޯން ކުށެއް ނުކޮށް ގޭގައި ހުރެބަލަ. ފާޑު ފާޑަށް ފުއްޕާފަ ޖަލަށްލީމަ ސާފު ބޯފެނޭ އިންސާނީ ހައްގޭ ކިޔަނީ ލަދުކޮބާތޯ؟ އެހެން މީހުންގެ ހައްގަށް އަރައިގަންނަ އިރު ހިތައްނާރާތޯ؟ ވައްކަން ކޮށް ފޭރޭ އިރު އެހެން މީހުން ފެންބިލު ދައްކަން ހުންނަ ލާރިކޮޅު ވަގަށް ނަގާ މީހާ އަށް ވެސް ދައުލަތުން ސާފު ބޯފެން ދޭންތަވީ؟ ގައުމު އިސްލާހެއް ނުވާނެ ކުއްވެރިންގެ ހައްގު ހޯދާދީގެން. އިސްލާހުވާނީ ކުށްކުރާ މީހުންނަށް ކުއްވެރިވެއްޖެ ކަމުގެ އިހްސާސް ކަރުގައި ލައްވާ

The name is already taken The name is available. Register?

ހަސަނުބެ3242

03 November 2020

ބޮޑެތި ޖަރީމާ ހިންގާ މުޖުރިމުންނަށް އިސްލާމްދީނުގައި ވެސް އޮތީ އަނިޔާވެރި ނުވުމަށް. އެކުށަށް ހައްގު އަދަބު ފިޔަވައި އިތުރު އަދަބެއް ނުވަތަ ގެއްލުމެއް ދިނުމަކީ ދީނުގައިވެސް ހުއްދަކަމެއް ނޫން. ދިވެހީންނަށް މިތިބެނީ ކިހިނެއްވެފައިތަ؟

The name is already taken The name is available. Register?

އެ ކަނބާ

30 December 2022

ތިޔަ ދެއްކެވީ ވަރަށް ރަގަޅު ވާހަކައެއް.. ތިޔަބުނާ ޖަލުގައި ކުށެއްނުކޮށް އަދަބު ލިބިފައިވާ ގިނަގުނަ ބޭރު މީހުން އަދި މަދުން ނަމަވެސް ދިވެހިންވެސް އެބަތިބި.. ކުއްވެރިި ވާނީ އަބަދުވެސް ފަގީރުސޮރުގެ ދަރިި .. މި އިިސްލާމީ ގައުމުގައި ކުއްކުރުން ގިނަވެފައިމިވަނީ ނަަމުން އިިސްލާމު ވެގެންތިބޭތީ

The name is already taken The name is available. Register?

ކާޖާ

02 November 2020

ރާއްޖޭގެ ގިނަ ބަޔަކު ބޮނީ ތިޔަ ބުނާ މިންގަޑުގެ ފެން. ކާކުތޯ ވަޒީފާއިން ވަކިކޮށްފަ ނުކުރާނީ!

The name is already taken The name is available. Register?

ރަށުމީހާ1

02 November 2020

ރަށްރަށުގެ ރައްޔިތުން ބޭނުންކުރާ ފެން ތަޙްލީލު ކޮށްލާ އެކަމަށް ހައްލެ ހޯދަދީބަ

The name is already taken The name is available. Register?

ގައިދީކޮމިޝަން1001

02 November 2020

ހިއުމަން ރައިޓްސް ކޮމިޝަން ނުކިޔަ ގައިދީ ރައިޓްސް ކޮމިޝަން ކިޔަންވީ.. އެހެން އިންސާނުންވެސް މި ފަސްގަނޑުގައި އުޅޭ ބޯނެ ސާފު ފެންފޮދެއް ނުލިބި. އެއީ އިންސާނުންނެއް ނޫންދޯ؟ ތީހަމަ ގައިދީ ރާއިޓްސް ކޮމިޝަން. ހިއުމަން ރައިޓްސް ބޯޑު އަޅުވައިގެން ގައިދީންގެ ހައްޤުގައި އުޅޭތާ އެތައް އަހަރެއް މިވަނީ. އެހެން އިންސާނުން އުޅޭ ހާލުވެސް ނުބަލާ.

The name is already taken The name is available. Register?

މޫސަ123

02 November 2020

އެހެންވީމާ ތިޔަޖަލު ހިންގަންތިބިމީހުން ގޭބަންދު ކުރަންޖެހޭނެތާ ނޫނީ އެމީހުންގެ ވަޒީފާ ގެއްލޭނެތާ ހަރާންތޯއްޗެއް ތިޔައިން އެއްކަމެއްވެސް ނުވާނެ ތިބޭބަލަން.

The name is already taken The name is available. Register?

އަލްޖިބްރާ

02 November 2020

ތިޔއީ މިރާއްޖޭގަ ހިނަގަމުންދާ އާކަމެއްނޫން ! ޖަލޭކިޔާތަނެއް މިރާއްޖޭގައި ހުރިހާކަމެއްވެސް ތިޔަ ޖަލުތަކުގައި ހުރީ ހަމަ ތިގޮތަށް ! މިކަމަކާ ބަޔަކަށް ކުރެވޭނެ ކަމެއްވެސް ނޯންނާނެ ! ތިޔަކަންތަށްތަށް ހިންގަނީވެސް ހަމަ ސިފައިން ! ( ކޮންމެ ނަމެއް ކިއަސް )

The name is already taken The name is available. Register?

1828

02 November 2020

އެހެން ތަ؟ ފުލުހުންގެ ބަންދަށް ގެންނަ މީހުން އެކަނި ފުލުހުން ބަލަހައްޓާނީ. އެއީ ސިފައިންނާ ބެހޭ ކަމެއްނޫން.

The name is already taken The name is available. Register?

ވައިސޫރި

02 November 2020

އަބަދު ކުއްވެރިންގެ ހައްގުގާހިފާގެން ދަމާއިރު މިނިވަނުންގެ ހައްގުތައް ކޮބާތޯ މިހާރުވެސް އަންހެންކުއްޖަކު ހައިޖެކު ކޮއްގެން ބަޔަކު ފޭރިގަނެގެން އުޅޭއިރުވެސް ޖެންޑަރ އާއި ތިޔަކޮމިސަން މީޑިޔާގާ ބަހެއްވެސް ބުނެ ނުލެއްވީ ކިހިނެއް ވެވެންތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454