މަޖިލީހުގެ ކޮމިޓީއެއްގައި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ނޮވެމްބަރ 2020 - 13:28
ދޫނިދޫގައި ބަންދުގައި ތިބި މީހުންނަށް ސާފު ފެން ފޯރުކޮށްނުދޭތީ ފިޔަވަޅު އަޅަން އެޗުއާރުސީއެމުން ނިންމުމުން ސިޔާސީ ބައެއް މީހުންނާއި އާންމުން އެކި ގޮތްގޮތަށް ރައްދުދީފި އެވެ.
އެޗުއާރުސީއެމްގެ އެ ނިންމުމަކީ، ބައެއް އާންމުން ގަބޫލުކުރާ ގޮތުގައި، ކުށްވެރިންގެ ހިމާޔަތުގައި އަޅާ ފިޔަވަޅެކެވެ. އެކަމަކު ރާއްޖޭގައި ސާފު ފެން ނުލިބޭ ކިތައްމެ ރަށެއް އެބަ އޮތް ކަމަށާއި އެ ރަށްރަށުގެ ރައްޔިތުންގެ ހައްގުތައް ވެސް، އެޗުއާރުސީއެމުން ހިމާޔަތްކޮށްދޭން ޖެހޭނެ ކަމަށް، އެ ނަޒަރުން ވިސްނާ މީހުން ބުނެ އެވެ.
ސާފު ފެނާއި ނަރުދަމާގެ މައްސަލާގައި ސިޔާސީ ބޭފުޅުންގެ ތެރެއިން އެޗުއާރުސީއެމަށް ބައެއް ކަންކަން ހަނދާންކޮށްދެއްވި އެއް ބޭފުޅަކީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އެވެ.
Hurihaa rayyithunnah ves saafu boafenaai narudhamaage khidhumaiy liben jeheyne. Keevve thoa @hrcmv ah rahfushuge meehun dhiri ulheygoi nufennany? Guifenun fenvaraigen adhi e fen boegen ulheny. Hus ekani kuvveringe haqquthah himayah kurun thoa othy Mandate ga? @mvpeoplesmajlis 🤷🏻♂️ https://t.co/yIRWCucR4O
— mfurqaan (@mfruqan) November 2, 2020
އެކި ކުށްކުށަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދޫނިދޫގައި ތިބި ގައިދީންނަށް ސާފު ފެން ފޯރުކޮށްނުދޭތީ އެޗުއާރުސީއެމުން ފިޔަވަޅު އަޅަން އުޅޭ ކަމަށް "މިހާރު"ގައި ޖެހި ހަބަރު ޓްވީޓްކުރައްވަމުން، އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭތީ ވެސް އެޗުއާރުސީއެމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
"ސާފު ފެން ލިބުމަކީ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ވެސް އިންސާނީ އަސާސީ ހައްގެއް،" އަލީ ހުސެއިންގެ ޓްވީޓްގައި ލިއުއްވި އެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް މީހުންދިރިއުޅޭ ގިނަ ރަށްތަކުގައި ގާއިމްކޮށްފައި ނުވާތީވެސް އެޗް އާރު ސީ އެމް އިން ފިޔަވަޅު އަޅަންެޖެހޭނެ. ސާފު ފެން ލިބުމަކީ ރަށްތަކުގައި ދިރިއުޅޭ މީހުންގެވެސް އިންސާނީ އަސާސީ ޙައްގެއް. https://t.co/I173UM1NSH
— Ali Hussain (@AleeVoice) November 2, 2020
އޭނާގެ ޓްވީޓަށް ރައްދުދެމުން ސައުދުﷲ އިސްމާއިލް ނަމަކަށް ކިޔާ މީހަކު ވަނީ އެޗްއާރުސީއެމަކީ ހަމައެކަނި ކުށްވެރިންގެ ހައްގު ހޯދަން އޮންނަ މުއައްސަސާއެއްތޯ ސުވާލުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އާއްމު ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް އެޗްއާރުސީއެމުން ބަލައެއްނުލަ އެވެ.
"ތި ވިދާޅުވި ފަދައިން ނަޖިސް ފެން ވަރަނީ ކިތައް ރަށުގައިތޯ؟" އޭނާ ސުވާލުކުރި އެވެ.
@hrcmv heevanee hama ekani bandhu meehunaa kuhveringe thaneh hen. Aharemen mi thiba hisaabah reykaa ves nulaa ethanuge.
— Hussain Adam (@hussainadam1983) November 2, 2020
ހުސެއިން އާދަމް ނަމަކަށް ކިޔާ މީހަކު ބުނީ، އެޗްއާރުސީއެމް ހީވަނީ ހަމައެކަނި ބަންދު މީހުންނާއި ކުށްވެރިންގެ ތަނެއްހެން ކަމަށެވެ.
"އަހަރެމެން މި ތިބި ހިސާބަށް ރޭކާވެސް ނުލާ އެ ތަނުގެ،" އޭނާ ލިއުނެވެ.
ކޮން ފިޔަވަޅެއް! ބޯހިޔާވަހިކަން ނެތީމަ ފިޔަވަޅު އަޅާކަށް ނުޖެހޭ؟ ޖޫރިމަނާ ކޮށްގެން އަދަބު ދީގެން ތިކަންތައް ކުރެވޭތަ؟ ހައްގުތައް ބައިވަރު.
— ޒޔަނި (@amxun) November 3, 2020
ދޫނިދޫގައި ބަންދުކޮށްފައި ތިބި މީހުންގެ ހައްގުގައި އެޗުއާރުސީއެމުން ފިޔަވަޅު އަޅަން ނިންމީ، އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިދިއަ މަހު ފަހުކޮޅު ދޫނިދޫ ޖަލަށް ކުރި ޒިޔާރަތުގައި ފެން ތަހުލީލުކޮށްފަ އެވެ. ފެނުގައި ގިނަ އަދަދަކަށް ބެކްޓީރިއާ ހުރިކަން، ތަހުލީލުން ދެއްކި ކަމަށް ވެސް އެޗުއާރުސީއެމުން ބުންޏެވެ. ފިޔަވަޅު އަޅަނީ އެކަން ރަނގަޅުކުރަން އެންގުމުން އެއްވެސް ބަދަލެއް އައިސްފައިނުވާތީ ކަމަށް، ރާއްޖޭގައި އިންސާނީ ހައްގުތައް ހިމަޔާތްކުރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 185 ރަށުގެ ތެރެއިން ސާފު ބޯފެން ފޯރުކޮށްދެމުން އަންނަނީ އެންމެ 73 ރަށަކަށެވެ. އެކަމަކު މިހާރު ވެސް ބައެއް ރަށްރަށުގައި އަންނަނީ ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އޮގަސްޓް 5، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި "ފެނާއި ނަރުދަމާގެ ގާނޫނު" ބުނާ ގޮތުން ސާފު ބޯ ފެނަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އަމިއްލަ ބޭނުމާއި ޒަރޫރީ ކަންކަމުގައި ލިބެން ޖެހޭ ހައްގެކެވެ. ކެއުން ބުއިމަށް ފޯރުކޮށްދޭ ފެން ސިއްހީ ގޮތުން ރައްކާތެރި އެއްޗަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
އާ ގާނޫނުގައި އޮތް ގޮތުން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ތަފާތުކުރުމަކާ ނުލައި ފެނާއި ނަރުދަމާގެ ވަސީލަތްތަކަށް ވާސިލްވެވެން ޖެހޭނެ އެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
04 November 2020
އަޅުގަނޑުގެ ސެލިއުޓާއި ފުލް ސަޕޯޓް މެމްބަރަށް! މިތިއްބެވީ ހޭވެރިކަމުގައި ތިއްބަވާ ރައްޔިތުންގެ މެމްބަރުން.
އިމްނާ
04 November 2020
ޢިއްޒަތްތެރި މެމްބަރަށް ޝުކުރު. "ހުސެއިން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭތީ ވެސް އެޗުއާރުސީއެމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ."
މޫސަ123
03 November 2020
ބައްލަވާ ގާނޫނު އަސާސީގަ އޮންނަނީ ދައުލަތުގެ ކެރިފޯރުން ހުރިވަރަކުން އަސާސީ ޚިދުމަތްތައް އެންމެނަށް ދޭންޖެހޭނެ ވާހަކަ އެކަމަކު ޖަލުތަކުގެ ގާނޫނާ ގަވައިދު ބެއްލެވުމުން އެގޭނެ އޭގާ އޮތީ ކީކޭކަން ތީގާނޫނު ހަދާ މަޖިލީހުގެ ނެމްބަރުންތޯ؟
ފަސޭހަ ކަރެޕްސަ
03 November 2020
ޖަލުގައި ތިބޭމީހުންނަށް ކާންދޭންޖެހޭނީ އެންމެ އާދައިގެ އާއިލާއެއްގައި ކެއުންހުންނަ މިންވަރަށް ނުޖެހޭ ބިރިޔާނީއާއި މުސަންމަޔާއި ކުޅިބޯކިބަލާއި ކޭކާއި އާފަލު ދޭކަށް ބޯންވެސް މިނަރެލް ވޯޓަރ ދޭކަށް ނުޖެހޭ
މިހާފީ
03 November 2020
ސާފު ބޯފެން ލިބުމަކީ އަސާސީ ހައްގެއް. ޖަލުގައި ހުންނަ މީހާއަށް ފެން ލިބޭނީ ދިނިއްޔާ. އެތަނުގައި ހުރެގެން އޭނަ އަމިއްލަޔަށް ސާފު ބޯފެން ހޯދާނެ ގޮތެއް ނޯންނާނެ. މިނިވަނުން ސާފު ބޯފެން ހޯދަން އެކި މަސައްކަތް ކުރެވޭނެ. ސަރުކާރުގައިވެސް އެދެވޭނެ. ޖަލަށް ލަނީ އަނިޔާ ކުރާކަށްނޫން. އަނިޔާއަކީ ކޮންމެ މީހަކަށް ދިނަސް، ޖަނަވާރަކަށް ދިނަސް އަނިޔާ. ޖަޒުބާތާއި ޖޯޝަކީ ކަންކަން ނިންމަން އެއްވެސް ސަބަބެއްނޫން.
ވިސްނާލުމަށް އެދެމޭ
03 November 2020
ރައްދު ދިނު މުގެކުރިން މިބޭބޭފުޅުން ދައްކާފަހުރި ވާހަކަތައް ރިވިއު ކޮއްލުންކީއްވާނީ..ތިޔަ ދޫނިދޫއަށް ބަލައިފަ މިބޭފުޅުން ނެރުއްވިބަޔާންތަކާ ކޮއްފަހުރި ޝަކުވާތަ ދޮވެވުނީތަ..ޗރސ މގަވެސް ވާނެ ކިތައް މެ ސިޓީއެއް ޖަލުގެ ހާލަތުކަ މުގޮސްގެން މިބޭފުޅުންގެ އަތުންލިޔުނު. އެދުވަހު ރައްރަށުގެ ހާލަތުބަލަންނުޖެހުނީ އެރައްތަކުގަ މީހުންނެތީތަ..ދޫނިދޫގަ މިއަދު މިބޭފުޅުންގެ ކުލަދި މާވާ މީހަކު ދޫނިދޫގަނެތީ މަ ދޫނިދޫއަށް ބަލަންނުޖެހުނީ. އިއްޔެވެސް މިއަދުވެސް ދޫނިދޫގަތިބީއިންސާނުން..
ޓަކަފިރޯށި
03 November 2020
މާލެނޫނަސް ވަރަށް ގިނަ ރަށްރަށުގެ ރަށްޔިތުންނަށް ބޯހިޔާވަހިކަމެއްނެތިއެބަ އުޅެންޖޭހޭ! ސިއްހީފަރުވާ،ތައުލީމު އެއްހަމައަކުން ކީއްކުރަން ނެތޭބުންޏަސްހެޔޮ! ތިކޮމިޝަނަކީ ކުއްވެރިންގެ ބެލެނިވެރި ކޮމިޝަން ނޫނީ ވަކި ޕާޓީއެއްގެ ސިޔާސީކުއްވެރިންގެ ކޮމިޝަން.
ކުޑަދޫ
03 November 2020
އަލަށް ލިބުނު އެޗް.އާރު.ސިއެމްގެ މެމްބަރުކަމުގެ މަޤާމާއިއެކު މިއުޅެނީ ރައްޔިތުން ކުރިމަތީ މެޑެލްޖަހަން. މިއިން ކޮންމެ ބަޔަކުވެސް ފުރަތަމަވެސް ދުއްވައިގަންނަނީ ޖަލުތަކުގެ ހާލަތު ބަލާ އެމީހުންގެ ހައްޤުގެ ވާހަކަ ދައްކަން. ހީވާހަކަލަ މިއީ ޖަލުތަކުގެ ކޮމެޓީއެކޭ. މިމީހުންގެ ވަނަވަރު ރަގަޅަށް ބަލާލިމަ އެގޭނީ މީ ކޮންބައެއްކަން. މިމީހުން ހައްގުގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭ.
ސަމަދު
03 November 2020
މިއަލީ ހުސޭނަކީވެސް ތާކުންތާކުންޖެހޭމީހެއްނޫން. އަނގަހަމަ މޮޅީ.