06 ނޮވެމްބަރ 2020 - 08:10
ހަނޑުލުގެ ފައިދާތައް އިތުރުކޮށް، އޭގައި ހުންނަ ވިހަ މާއްދާތައް ވަރަށް ބޮޑަށް ނައްތައިލެވިދާނެ ގޮތަކަށް ބަތް ކެއްކޭނެ ގޮތެއް ސައިންސްވެރިންގެ ޓީމަކުން ހޯދައިފި އެވެ.
އިނގިރޭސިވިލާތުގެ ޝެފީލްޑް ޔުނިވަސިޓީގެ ޓީމަކުން ސައިންސް އޮފް ދަ ޓޯޓަލް އެންވަޔަރަމަންޓްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ބަތް ކައްކާނެ އާ ގޮތެއް ކިޔައިދީފަ އެވެ. އެއަށް ކިޔަނީ ޕާބޮއިލިން ވިތު އެބްޒޯޕްޝަން މެތަޑް (ޕީބީއޭ) އެވެ. މިއީ ފަސް މިނެޓްކުރި ފެން ހޫނުކޮށް، އޭގެ ތެރެއަށް ހަނޑޫ އަޅައި ފެން ހިނދެމުންދާ ވަރަކަށް ފެން އޮއްސާލައި، ފެން އާ ކުރަމުން ކައްކާ މެތަޑެކެވެ.
މީގެ މަރުހަލާތައް ގެންދާނީ ކައްކާ ކޮންމެ ހަނޑޫ ޖޯޑަކަށް، ފެން ޖޯޑެއް އަޅަމުން، ފަސް ވަރަކަށް މިނިޓަށް ކައްކަމުންނެވެ. ދެން އެއަށް ފަހު ފެންގަނޑު އޮއްސާލައި އަނެއްކާ ވެސް ދެ ޖޯޑުން ފެން އާ ކުރާނީ އެވެ. އެއަށް ފަހު ރަނގަޅަށް މަޑުވަންދެން މަޑުގިނީގައި ކައްކާނީ އެވެ.
In May we found over half of UK rice exceeds limits on arsenic for children.
— Institute for Sustainable Food (@susfoodshef) October 29, 2020
Today we release a new way to cook rice which removes the arsenic but not nutrients 🍚https://t.co/7Kkr5y6Hh8
ދިރާސާ ޓީމުން ބުނި ގޮތުގައި އާންމުކޮށް ބަތް ކައްކާ ގޮތާ ހިލާފަށް މި ސްޓެޕްތަކަށް ބަތް ކެއްކުމުން އޭގައި ހުންނަ ވިހަ މާއްދާތައް ފަސޭހަ އިން ބޭރުވެ އެވެ. އަދި މިގޮތަށް ބަތް ކެއްކުމުން ބަތުން ލިއްބައިދޭ ފައިދާތަކަށް އެއްވެސް ބަދަލެއް ނައިސް، ބަތުގެ ކޮލިޓީ ރަނގަޅުކޮށްދެ އެވެ. އެގޮތުން ޕީބީއޭ މެތަޑަށް ކައްކާ ބާސްމަތީ ހަނޑުލުން ވިހަ މާއްދާތާތައް ބޭރުވާ މިންވަރު 73 ޕަސެންޓަށް އަރަ އެވެ. އަދި ރަތް ހަނޑޫ ނަމަ 54 ޕަސެންޓަށް އަރަ އެވެ.
މި ގޮތަށް ބަތް ކެއްކުމުން ލިއްބައިދޭ އިތުރު ފައިދާތަކަށް ބަލާ އިރު ތުއްތު ކުދިންނާއި ކުޑަކުދިންނަށް ކާންދޭން ރައްކާތެރި އެއްޗަކަށްވުމުގެ އިތުރަށް ބަތުން ލިއްބައިދޭން ޖެހޭ ނިއުޓްރިއަންޓްސްގެ ކޮލިޓީ ރަނގަޅުވެ އެވެ. މިއާ އެކު މިއީ ފެނާއި ކަރަންޓް/ގޭހާއި ވަގުތު ވެސް ސަލާމަތްކޮށްދޭނެ ގޮތެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހަނޑޫ ފަދަ ގޮވާމުގެ ބާވަތްތަކުގައި އެކުލެވޭ އާސެނިކް ނުވަތަ ވިހަ މާއްދާތަކުގެ އަސަރު ހަށިގަނޑަށް ކުރުމުން ހުރިހާ ގުނަވަންތަކަށްހެން އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އެއާ އެކު ކެންސަރާއި ހަކުރުބައްޔާއި ފުއްޕާމޭގެ ބަލިތަކާއި ހަމުގެ މައްސަލަތައް ވެސް ކުރިމަތިކުރުވަ އެވެ.
ބަތަކީ ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ކާނާއަކަށްވާތީ އޭގެ ފައިދާތައް ވީހާ ވެސް ރަނގަކަށް ލިބޭ ގޮތަށް ބަތް ކެއްކުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.
"އެހެންވެ އަހަރެމެން ވަރަށް ބޮޑަށް ހިތްވަރު ދެން ޕީބީއޭ މެތަޑަށް ބަތް ކައްކަން އިސްކަން ދިނުމަށް. އަދި މިއީ ހަގީގަތުގައި ބަތް ކާން ލޯބިކުރާ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވެސް ވާނެ." ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ޝެފީލްޑް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮތް ޖޯގްރަފީގެ އެންވަޔަރަމަންޓް ސޮއިލް ސައިންޓިސްޓް ޑރ. މަނޯޖް މެނަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Ahmed Basheer
08 November 2020
ޛެން ބަތް ކައްކާނީ ދޮންނަ މެޝިނުން. މާފަސޭހަވާނެ.
އިހް
07 November 2020
ތިޔަ ދިރާސާ ޓީމުން ބަތްކެއްކީ ހަނޑޫ ކިތައް ފަހަރު ދޮވެފަބާ؟ އިހުއްސުރެ ދަސްވެފައިވަނީ 3 ވަރަކަށް ފަހަރު ދޮވެފަ ފެންގަނޑު ސާފުވަންދެން ފެނުން ދޮވެފަ ދެން ކައްކަން އުދަން. އެވަރަށް ދޮވެފަ އަދި ތިޔަ ބުނާ ގޮތަށް ހަދާއިރު އެއްވެސް ފައިދާއެއް ބަތުގައި ވާނެކަމާމެދު ސުވާލު އުފެދޭ. ބޭރު މީހުން ހަނޑޫ ދޮންނަވަރާ ގޮތް ތަފާތުވެދާނެ.
ލާދީނީ އައްޕަ
07 November 2020
ބޭރު ގައުމުތަކުގެ ކުދިން ހަނދޫ ނުދޮވެ ކައްކަނީ. މިހާރު ކިޔައިދީފައި އެއޮތީ ހަނޑޫ ކައްކަމުން ދޮންނަމުން ގޮސް ކައްކާނެ ގޮތް. ދިވެހިންނަކަށް އާ ކަމެއްނޫން. އަހަރުމެން ކައްކާގޮތް ކިޔައިދީފިނަމަ ބުނާނެ ތިގޮތް މާރަނގަޅޭވެސް
ކަރުކެހި
07 November 2020
އަހަންނަކައް މީގައިން ފެނާއި ކަރަންޓުގެހަރަދު ކުޑަވެގެން އުޅޭތީ ހަރަދުބޮޑުކުރަން އުޅުނުކަމައްވަނީ ތިގޮތައް ބަތްކެއްކިޔަސް ބަލިވެދާނެ
ރާނީ
07 November 2020
މަވެސް ތިގޮތަށް ބަތް ކައްކަނީ. އަލެއްނޫން ތިގޮތެއް.
ސަންފާ54
07 November 2020
ފެނާއި ކަރަންޓް/ގޭހާއި ވަގުތު ވެސް ސަލާމަތްކޮށްދޭނެ ގޮތެކެވެ. ކިހިނެއް ވާކަމެއް
އަހުމަދު މީމު
07 November 2020
މިހާރުވެސް ބަނގުލަދޭސް މީހުން ބަތްކައްކާއުޅެނީ ތިޔަހެން ދެން ކޮން އާހޯދުމަކަށް ތިވާނީ
ރާނީއާ
07 November 2020
ރޭގަނޑު ހަނޑޫ ފެނުލާފައި އަނެއްދުވަހު ދޮވެފައި ކުޑަ ފެންފޮދެއްގައި ކައްކާލުންވެސް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަވަރަށް ރަނގަޅުކަ މަށްވޭ
ސަންޕާޅު
06 November 2020
ކުރިން އަޑު އަހަން ހަނޑޫ މާ ބޮޑަށް ދޮވުނީމަ އޭގެ ވަރަށް ބޮޑު ފައިދާތަކެއް ގެއްލޭ ވާހަކަ. އެހެންވެ މުސްކުޅިން އެވަރަށް ދޮންނާތީ ވެސް އެއަށް ވުރެ ކޮސް ބައެއް ނެތްކަމަށް ހީވެގެން އުޅުނު
ާައަދުރޭ
06 November 2020
މިއުޅޭ ބޮންދުން މިހާރުވެސް ކައްކަނީ ތިގޮތަށް
ދިރާސާ
06 November 2020
މަންމަ މާކުރިންވެސް ކައްކަނީ ތިގޮތައްމާޝާ ﷲ މަންމަ މިފަހަރު ސައިންޓިސް އަކައްވުރެންވެސް މޮޅުވެއްޖެތާ!!!
ސަންތިމަރިޔަބު
06 November 2020
މި ދިރާސާގެ އަލީގައި ރައިސް ކުކާ ތައް އެބަޖެހޭ ދޮންނަ މެޝިންތައް ގޮތަށް ފެންލާލާފައި ޑްރެއިން ކުރެވޭގޮތަށް ހަދަން، ފުލީ އޮޓަރމެޓިކް. ކަންނެތް ޒަމާނެއްގައި އެެހެން ނޫނޫ ތިކަމެއް ނުވާނެ.
ދަތްގޯނި
06 November 2020
ހައްހާހާހާ........