09 ނޮވެމްބަރ 2020 - 15:18
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ފޮޓޯޝޫޓަކަށް ރާއްޖެ އަތުވެއްޖެ އެވެ.
ކެޓްރީނާ އާއި އޭނާގެ ޓީމް ތިބި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ކާމިޔާބު ބަތަލާ ބުނެފައި ވަނީ ޝޫޓަކަށް ރާއްޖެ އައުމަކީ ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް އެ މީހުން ތިބީ ކޮން ރިސޯޓެއްގައ ކަމެއް ނޭނގެ އެވެ. ކެޓްރީނާ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ތެރެއިން ރާއްޖެ އަށް މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކުރި އެއް ބަތަލާ ވެސް މެ އެވެ.
އޭނާގެ ފިލްމެއްގެ ލަވައެއްގެ މަންޒަރުތަކެއް ރާއްޖޭގެ ރިސޯޓެއްގައި ޝޫޓް ވެސް ކޮށްފައިވެ އެވެ. އެއީ ސަލްމާން ޚާނާ އެކު ކުޅުނު 2005 ގެ ފިލްމު "މޭނޭ ޕިޔާރު ކިއު ކިޔާ" ގެ "ޔެ ލަޅްކީ" އެވެ.
މިދިޔަ އަހަރު "ބާރަތު" އިން ފެނިގެން ދިޔަ ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާ އެކު ކުޅެފައިވާ "ސޫރިޔަވަންޝީ" އެވެ. އަދި އަންނަ މަހުގެ ތެރޭގައި އިޝާން ޚައްތަރާއި ސިދާންތު ޗަތުރަވެދީއާ އެކު ކުޅޭ ހޮރޯ-ކޮމެޑީ "ފޯން ބޫތު" ގެ ޝޫޓިން ކެޓްރީނާ ފަށާނެ އެވެ. އެއަށް ފަހު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ސުޕަހީރޯ ފިލްމުގެ ޝޫޓިން އަށް ރީތި ބަތަލާ ހުސްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާމަ333
10 November 2020
އިންޑިއާގެ މޯދީ ޕްރޮޕަގެންޑާ ތޯއްޗެވެ...
ނަޖްވާ
10 November 2020
ވަރަށް ހިތްފަސޭހަ އަންހެނެއް ކެޓްރީނާއަކީ އިނގޭ!
ހަޅޭއްޓީވީ
09 November 2020
#ކެޓްރީނާއައުޓް
ވާނުވާތެރަޕީ
09 November 2020
ވެ އްޖެ...
ލީލާ ބަންސާލީ
09 November 2020
ކެޓް އައުޓެއްނޫން. ކެޓް އިން. އިންޑިޔާ އައުޓް.
މުލަރު
10 November 2020
ބަލަގަ އެއއ އީ ޔޫކޭ މީހެކޭ...ކިހިނެތް ވެފްތަ ތިޔަތިބެނީ..
ނަޖުމުއްދީން
09 November 2020
ތީ ވަރަށް އުފާވެރި ޚަބަރެއް.