ކުށެއްކޮށްފައިވާ ތަން ފާހަގަކުރަން ފުލުހުން ބޭނުންކުރާ ޓޭޕް: ދަމަން ފުލުހަކު މަސައްކަތް ކުރަނީ-- ފޮޓޯ: ފުލުހުން
10 ނޮވެމްބަރ 2020 - 00:00
މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ފުލުހުންނަށް ހުށަހެޅި ކުށުގެ އަދަދު ދެވަނަ ކުއާޓަރުގައި މަދުވުމަށް ފަހު، އަނެއްކާ ވެސް އިތުރު ވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީން މާޗު މަހުގެ ނިޔަލަށް) އެކި ބާވަތުގެ ޖުމުލަ 3،380 މައްސަލަ ހުށަހަޅާފައި ވެ އެވެ. އެކަމަކު ދެވަނަ ކުއާޓަރުގައި (އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް) ރިޕޯޓު ކޮށްފައި އޮތީ 1،331 މައްސަލަ އެވެ.
ނަމަވެސް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފުލުހުންނަށް ހުށަހެޅި މަައްސަލަތަކުގެ އަދަދު އިތުރުވެ، ޖުމުލަ މައްސަލަތަކުގެ އަދަދު 2،171 އަށް އަރާފައި ވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ތިން ކުއާޓަރުގައި ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނަ އަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ދެވަނަ އަދި ތިން ވަނަ އަށް އެންމެ ގިނައީ މީހުންނަށް ހަމަލަ ދިނުމުގެ މައްސަލަތަކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހެޅި މައްސަލަތަކަށް ބަލާއިރު، މީހުންނަށް ހަމަލަ ދިނުމުގެ ކުށްތަކަށް ވުރެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޓްރެފިކް ގަވައިދާ ހިލާފުވުމުގެ މައްސަލަތަލެވެ.
ތިން ކުއާޓަރުގައި ވެސް އެންމެ ގިނައީ ވައްކަން ކަމަށް ވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1،131 ވައްކަން ރިޕޯޓު ކޮށްފައިވެ އެވެ. އެ އަދަދު ދެވަނަ ކުއާޓަރުގައި 566 އަށް ދަށްވެ، ފަހު ކުއާޓަރުގައި އަނެއްކާވެސް ވަަނީ 893 އަށް އިތުރުވެފަ އެވެ.
ދެވަނަ އަށް އެންމެ ގިނައިިން ރިޕޯޓު ކޮށްފައިވާ ޑްރަގްގެ މައްސަލަތަކުގެ އަދަދު ފުރަތަމަ ކުއާޓަރުގައި ހުރީ 400 އަށް ވުރެ މަތީގަ އެވެ. ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 291 އަށް ދަަށްވެފަ އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުގައި ޑްރަގްގެ މައްސަލަތައް އަނެއްކާ ވެސް އިތުރުވެ 340 އަށް ވަނީ އަރައިފަ އެވެ.
ތަަފާސްހިސާބުތައް ދައްކާ ގޮތުން ކުށްކުރުން އެންމެ ގިނައީ ސިޓީތަކުގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަަރުގައި ރާއްޖޭގައި ކުރި ކުށްތަކުގެ 74 ޕަސެންޓަކީ މާލެ ސަރަަހައްއްދުގައި ކޮށްްފައިވާ ކުށްތަކެވެ. ދެވަނަ ކުއާޓަރުގައި އެ ނިސްބަތް ހުރީ 62 ޕަސެންޓުގަ އެވެ. އަދި ތިންވަނަ ކުއާޓަރުގައި ރިޕޯޓްކުރި ކުށްތަކުގެ 70 ޕަސެންޓަކީ މާލެ ސަރަހައްދުގައި ކޮށްފައިވާ ކުށްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް އަހުމަދު
10 November 2020
އިތުރުވާނެދޯ، ކުށްކުރާމީހުންނަށް ގާނޫނުބުނާ އަދަބު ނުދެވެއްނާ!
ސޮބުރީ
10 November 2020
ކުއްކުރުން އިތުރުވާ ސަބަބު އެއޮތީ ފެންނަން އިންސާފު ވަކި ބަޔަކަށް ތިލަވީމަ
ޢަލީ މަނިކު
10 November 2020
ކުށްކުރުން އިތުރު ނުވާންވީ ސަބަބެއްވެސް ނެތެވެ. ބަޖެޓް ހިފެހެއްޓުމުގެސަބަބުން އިދާރީގޮތުން ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހުރީ ފުރިހަމަ ނުވެއެވެ. ގިނަ ކޯޓުތަކުގައި ތިބީ އެންމެ މުވައްޒަފަކާ މަސައްކަތު މީހެކެވެ. މީގެތެރެއިން ގިނަ މީހުންނަކީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތްތައް ހިންގުމަށް ކޮމްޕިއުޓަރަށް އަހުލުވެރިނޫން ޢުމުރުން ދުވަސްވީ ބޭފުޅުންނެވެ. މިހެންވެ ޝަރީޢަަތްތައް ނުހިންގި ޢަދުލު އިންޞާފު ޤާއިމްކުރުމަށްވަނީ ހުރަސް އެޅިފައެވެ.
މާންޑް
10 November 2020
ކުއްކުރުން ހުއްޓވާ ފޯސް އެއް 24 ގަޑިއިރު އޮތްނަންޖެހޭ. އޭރުން ހުއްޓުވާނެ. މިހާރު ފުލުހުން ކުރާ ކަމަކީ ވައްކަން ފޭރުން ފަދަ ކަމެއް ހިގާ އިރަށް ރިޕޯޓްލުރީމާ އިއިސް ނަޔާން ނަގާފާ ބުނާނެ ފުލުހަށް ހާޒިރުވެ ބަޔާންދޭން ދެންއިރުއިރުކޮޅުން ގުޅާނެ ބަޔާން ބަދަލުކުރަން . ބޭކާރު ތާކުތާކުނުޖެހޭ ކަންކަމަށް އިސްކަން ދޭން ނޭގޭބަޔެއް.
ޝިޔާމް
10 November 2020
ޙިކުމަތްވަންތަ ﷲ ބާއްވާލެއްވި ހުކުމަށް ހުކުމް ނުކުރާ މުޖުތަމައެއްގައި އޮންނަނީ ފިތުނަ ފަސާދަ.
ޖަމަލު
10 November 2020
ސަރުކާރަށް މުހިއްމުވާނީ އިންޑިއާގެ އުދާސްތައް ފިލުވަން. މިއިީ ދިވެހިންގެ ގައުމެއް ނޫން މިހާރަކު
ހަޖަމް
10 November 2020
ބޮޑުކޮށް ސުރުހީއެއްގަ ލިޔެލަން " ކުށްކުރުން އަނެއްކާވެސް އިތުރުވެއްޖެ " ވަރަށް ފަސޭހައެވެ. ކުށްވެރިންނނަން އެބައެގޭ ތިމާކިތަންމެ ބޮޑުކުށެއް ކުރިޔަސް ތިމާއަށް އަދަބެއް ނުދެވޭނެކަން، ކުށްބޮޑުވިވަރަކަށް ސަލާމަތްވާލެއް އަވަސްވާކަން ހެއްކެއް ގަރީނާއެއް ނުލިބޭނެކަން، ހެކިދޭން ހުންންމީހާ ހެކިދީފިއްޔާ އެމީހަކަށް އޮތްނުރައްކާ
ބަސް
10 November 2020
ކުށް ގިނަވާނީ އާބާދީ ބޮޑު ރަށްތަކުގައި. އެކަމަކު މާލެ ފިޔަވައި އާބާދީ ބޮޑު އެހެން ރަށަކުން މީހަކު ކުށެއްކޮށްފިޔާ އެރަށް ނޫން ރަށެއްގައި ކުށްކުރާ މީހުން އުޅޭކަމަކަށް ކޮމެޓްކުރާ މީހުން ނުދެކޭ.
ހަވަރަށް ދީ
10 November 2020
ކުށް ކުރާ މީހުން ރާއްޖެ އަކު މަދެއް ނުވެއެވެ. ވީގޮތަކީ އެ ކުދިން ވެސް ލޮކްޑައުން ވީއެވެ. މަގު މައްޗަށް ނުކުތުމަކީ ވެސް ކުށެއް ކަމަށް ވުމުން، ގޭންގް ތަށް މެނޭޖް ނުކުރެވުނީ އެވެ.. އަލުން އިސްޓާޓްވީ އެވެ.
ރާއްޖެ
10 November 2020
ޝުކުރިއްޔާ އިމްރާނު