ތައުލީމުގެ ގާނޫނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ނޮވެމްބަރ 2020 - 18:19
މިިދިޔަ ހަފުތާގައި ތަސްދީގުކުރި ތައުލީމުގެ ގާނޫނުގެ އަމާޒަކީ އެ ދާއިރާގެ ކަންކަން ތަރުތީބުކޮށްދޭ ޗާޓަކަށްވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ތައުލީމުގެ ގާނޫނާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އެފަދަ ގާނޫނެއް ވުޖޫދުވުމަކީ ތައުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް އެ ގާނޫނު ރަނގަޅަށް ތަންފީޒުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ދައުލަތުން ދައުލަތުގެ ޒިންމާ އަދާކޮށްގެން، މުދައްރިސުން އެ ބޭފުޅުންގެ ޒިންމާ އަދާކޮށްގެން، ބެލެނިވެރިން އެ ބޭފުޅުންގެ ޒިންމާ އަދާކޮށްގެން އަދި ދަރިވަރުން އެ ކުދިންގެ ޒިންމާތައް އަދާކޮށްގެން. އަޅުގަނޑުމެންގެ އުއްމީދަކީ މި ގާނޫނަކީ ތައުލީމީ ކަންކަން ކުރިއަރުވައި މަގު ދައްކާ އެކަން މިސްރާބުކުރާ ޗާޓަކަށް ވުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ގާނޫނެއް ހަދަން 2005 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކި ދައުރުތަކުގައި ހަ ފަހަރެއްގެ މަތިން އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް މުހިއްމު ބަދަލުތަކާ އެކު ތައުލީމްގެ ގާނޫނު ފާސްކުރީ މިދިޔަ އޮކްޓޯބަރު 26 ގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތައުލީމީ ގާނޫނެއްގެ ބޭނުމަކީ ހުރިހާ ދަރިވަރުންނަށް ހައްގުތަކެއް ހޯދައިދިނުމެވެ.
ތައުލީމުގެ ގާނޫނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ)، ސްޓޭޓް މިނިސްޓަރު އާތިޔާ އަދި ޑެޕިއުޓީ މިނިސްޓަރު އިހްސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އާ މަންހަޖު ތަންފީޒުކުރަމުން އައި ކަމުގައި ވިއަސް އެކަމަށް ގާނޫނީ ބާރުވެރިކަމެއް ލިބިގެން ދިޔައީ މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރި ތައުލީމުގެ ގާނޫނުގެ ދަށުން ކަމަށެވެ. މަންހަޖުތައް އެކުލަވާލުމާއި ރާއްޖޭގައި ބާއްވާ އިމްތިހާނުތަކަށް ހާއްސަ އިންތިޒާމުތަކެއް ކަނޑައެޅުން ވެސް އެ ގާނޫނުން ލާޒިމްވެ، ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކަށް އަޅައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މަސްއޫލިއްޔަތުތައް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ހިނގަމުންދާ ކަންތައްތައް ކޮންމެވެސް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެތިގެން ދިއުމުގެ ސަބަބުން ސައްހަ އިސްލާމީ އަގީދާގެ މަތީގައި ކުއްޖަކު ބޮޑުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ތަނަވަސް ފުރުސަތުތަކެއް އެބަ ލިބިގެންދޭ. ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ހާސިލްވެގެން ހިނގައިދާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ،" އިހްސާން ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީވެ ލައިސަންސް ހޯދަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެ ގާނޫނުން ހުރިހާ ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާނެ އެވެ. ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެކެވެ. ޕްރީސްކޫލު ތައުލީމުން ފެށިގެން ގްރޭޑު 10 އާ ހަމައަށް ދިވެހި ދަރިވަރުންނަށް އެ ތައުލީމު ހިލޭ ފޯރުކޮށްދޭން ޖެހޭއިރު ޝަރުތު ހަމަވާ ދަރިވަރުންނަށް އޭ ލެވެލް އަށް ވެސް ސަރުކާރުން ހިލޭ ކިޔަވައިދޭންޖެހެ އެވެ. މި ގާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހެއްގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބައި
21 November 2020
"އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ." މިބުނާއެއްޗެއް އެހާ ސާފެއްނޫން.
މުދައްރިސް
16 November 2020
ތަޢުލީމީ ދާއިރާގައި ޤާބިލް މީހުން ހަރުނުލަނީ ދެއިރުކާ ބޭހެއް ފަދައިން ސިޔާސަތުތައް ބަދަލުވާތީ. ތިޔަ ޤާނޫނުގެ ސަބަބުން މުދައްރިސުން ލައިސަންސް ހޯދަން ލާޒިމްކުރާއިރު، ދުވަސްވީ މުދައްރިސުންގެ މުސާރައަށް އަންނާނީ ނޭދެވޭ ބަދަލެއް. އެހެންކަމުން، އެފަދަ ތަޖުރިބާހުރި މުދައްރިސުން ދާއިރާ ދޫކޮށް އެހެން ދާއިރާތަކަށް މިސްރާބުޖެހުން އެއީ ވަރަށް ގާތްކަމެއް. މިއުޅެނީ ސްކޫލުތަކަށް ބޭނުންވާ ވަރަށް ތަމްރީނުލިބިފަ ތިބި ދިވެހިން ނުލިބިގެން މިހާރުވެސް.
ކަނބިލި
16 November 2020
ގާނޫނެއް އައުމަކީ ހައްލެއް ނޫން. ކަ މުގެ ތަޖުރިބާ ކާރުން ހުންގާނުގައިނެތި ނެރެވޭނެ ނަތީޖާއެއް ނެތް
Chris
16 November 2020
ދަސްވާރު އުވާލީ ޔާމީން ސަރުކާރުން ކުރި ކަމެއްވީމަ. ކިތަށް ކުދިން އެ ޕްރޮގްރާމްގެ ތެރެއިން މުޖްތަމަޢަށް ފައިދާ ހުރި ބަޔަކށް ވީ. ސަރުކާރު ޚަރަދުގައި(ކުރިންވެސް އޮތް ގަވައިދެއްކަން އެނގޭ) އޯލެވެލްގައި ބައިވެރިވެވެނީ ވަކި ކުދިންތަކަކަށް. އެކަމަކު ފާސްކުރި ގާނޫނުން ލާޒިމް ކުރޭ ހިލޭ ކިޔަވަދާން. މިގޮތަށް ކުދިން ބާކީ ކޮށް މުޖްތަމަޢުން އެކަހެރި ކުރާތީވެ ދަސްވާރު ފެށީ. ދެން މިހާރު ބާކީވާ ކުދިން ޑްރަގް ވިއްކަން ދޯ ނިކުންނަންވީ.
ހަސަން ތައުފީގު
16 November 2020
ވޭތުވެ ދިޔަ 15 އަހަރު ތެރޭ އެޑިއުކޭޝަން ޕޮލިސީ އެއްކޮޅުން އަނެއްކޮޅަށް ބަދަލުވި.އެއްދަންފަޅި.ދެދަންފަޅި.މިނިސްޓްރީއަށް ސެންޓްރަލައިޒް، ކައުންސިލްތަކަށް ޑީސެންޓްރަލައިޒް.ޓީޗަރުންގެ މުސާރަ، ކޮލިފިކޭޝަންއޮނިގަނޑު އެކިގޮތްގޮތަށްބަދަލުވި.ތައުލީމީދާއިރާކުރި އަރާނީ މަދުވެގެން 12-15އަހަރަށް ކޮންމެވެސްއެއްގޮތަކަށް ސިޔާސަތެއް ހިންގިގެން. 12-15 އަހަރަކީ އެއްޖީލުގެ ސްކޫލަށްދާ ކުދިން ޕްރީސްކޫލުން ގުރޭޑު 12އާހަމައަށް އެއްސިޔާސަތެއްގެ ދަށުން ކިޔަވާލެވުން.
ކުޑޫ
16 November 2020
ޓީޗަރުންނަށް ލިބެންޖެހޭ ހައްްްޤުތައް ނުލިބި ލަސްވަނީ ކީއްވެތޯ؟ މިހާރު ވެސް ލިބެންޖެހޭ އެލަވެންސެއް ހޯދަން ހުށަހަޅާފައިވާތާ މަހަކަށްވުރެ ގިނަވެއްޖެ. ޚަބަރެއް ނުވޭ. މިހިރީ ޓީޗަރުންގެ ކަންކަމުގަ އިހުމާލުވާ ވަރު. އަބަދުވެސް ބަލަނީ ޓީޗަރުންނަށް ޖެއްސުންކުރެވޭތޯ
މުދައްރިސް
16 November 2020
އިންޑިއާ ޓީޗަރުން ގިނަކުރަން ކުރި ކަމަކާ ބޮޑަށް ވައްތަރީ. ލައިސަންސްގެ ސަބަބުން ދިވެހިންގެ ބަޔަކު ދާއިރާ ދޫކޮށްލާނެ ކަމަށް ބެލެވޭ. އެހެންކަމުން، އިންޑިއާ މީހުން އިތުރަށް ގެނެވޭނެ ގޮތް ވާނެ.
ރަދީފްް
16 November 2020
ތައުލީމީ ގާނޫނުވެސް ތަންފީޒުކުރެވޭނީ ތަހުގީގީ އިދާރާތަކުގައި އަްހެނުންނާއި ފިރިހެނުން ަަަަަ،، ހަމަމަކޮށްގެން އެފަދަ މައްސަލަ ހުށައެޅުމުން ނުފޫޒެއް ނެތި ބެލެވޭނެ ބަޔަކުތިބެގެން. ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ބަލާ ތަންތަނުގެ ފޯނުއޮޕަރޭޓަރުންފެށިގެން އެތިބީ އަަންހެނުން. ޖިންސުގެ ނުފޫޒު އިންތިހާއަށް ބޮޑުވެ ފިރިހެނަކު މައްސަލައެއް ލިޔަސް އެބެލޭނެގޮތެއް އަދަކުނެތް
ހަނު ހުންނަ މީހާ
15 November 2020
ތައުލީމީ ދާއިރާއަށް ލިބުނުގެއްލުން ބެލުމަށް ފޮނުވި ޓެސްޓް ޕޭޕަރުތަކުގަ ވަރަށް ކުށްގިނަކަމަށް ކިޔާ އަޑުއެހިން މިކަމުގެ ހަގީގަތެއް ސާފުކޮށްދެވިދާނެތޯ. # މިހާރު ނޫސް
އާދަމް ބާއީ
15 November 2020
މިތާއޮތް ގާބުރި އެހިސާބަށް ފުރޮޅާލަންވެސް ގާނޫނެއް ބޭނުންވޭތަ؟
ބޮޑުވަޒީރު
15 November 2020
ގާނޫނަކާ ނުލާ އަޅުގަނޑު ހުށަހަޅާ ކަންކަން. 1. އޯލެވެލް ފެންވަރުގައި ޓޮޕް 10 ހޮވުން އުވާލުން. 2. އޯލެވެލް އާ ހަމަައަށް ޖެނެރަލް ސައިންސް ދިވެހި ކޮންމެ ދަރިވަރަކަށް ކިޔަވާ ދިނުން. 3. މުދައްރިސުން ތަމްރީނު ކުރާ ގޮތަށް ބަދަލު ގެނައުން. ކީއްވެ މިވާހަކަ ނުދައްކަނީ. ތި މަޖިލީހަށް ކޮންމެ އެއްޗެއް ހުށަހެޅިޔަސް ފާސްކުރާނެ.