ދަރުމަވަންތަ ހޮސްޕިޓަލް: 300 މިލިއަން ޑޮލަރު ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
16 ނޮވެމްބަރ 2020 - 18:53
ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ބާޒާރުގައި 300 މިލިއަން ޑޮލަރު ސުކޫކެއް ވިިއްކަން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސުކޫކު ވިއްކުމަށްޓަކައި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕޮސް ވެސަލް (އެސްޕީވީ) އެއް ހެދުމަށް ފަހު ސުކޫކުގެ އަގުގެ 51 ޕަސެންޓަށް ވުރެ މަތިން އަގު ކުރެވޭ މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް އެސްޕީވީ އަށް ބަދަލު ކުރަންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި މި ވަގުތު ސަރުކާރުގައި ހުރި މުދަލުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް އެ ސިޓީގައިވެ އެވެ.
ސުކޫކު ވިއްކަން ބޭނުން ކުރާ މުދަލަކީ ފިނޭންސް މިނިސްޓްރީގެ ނަމުގައި އޮތް މުދަލަށް ވާން ޖެހޭ ކަމަށާއި އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލް އޮތީ ހެލްތު މިިނިސްޓްރީގެ ނަމުގައި ކަމަށް އެ ސިޓީގައިވެ އެވެ. އެހެންވެ، އެ ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލްގެ ފިނޭންސް މިނިސްޓްރީގެ ނަން މައްޗަށް ބަދަލު ކުރަން މާލޭ ސިޓީ ކައުންސިލަށް އެންގުމަށް އެ ސިޓީގައި މިނިސްޓަރު އަމީރު އެދިވަޑައިގެންފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން ބަޔާނެއް ނެރޭނެ ކަމަށެވެ.
އައިސީޑީއާ އެކު 300 މިލިއަން ޑޮލަރު ސުކޫކެއް ވިއްކަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ކުރިން އޮތީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައިމްބުމަ
17 November 2020
އިތުބާރު އެބަ އޮތްތަ?
ޔާނު
17 November 2020
ތިތާ ކޮންތާކުން ސުކޫކް ވިއްކަނީ. ނޫސްވެރިކަންތަ ނޫނީ ވިޔަފާރި؟
ފުރޭތައެއް
17 November 2020
ޔާމީނު ފަހު ޖަލްސާގައި ކޮޔި ގޮތަށް މި ގުރޫޕު މި ކަންކުރަނީ
ARIF
17 November 2020
އަންނަ އަހަރު ބުރިޖު ހަދަން ފަށާކަށް ނުޖުހޭ، އެއީ މީހުން ދިރި އުޅެންނުފާށާ ފަހުން އާބާދުވާނެ ތަނަކަށް މިވަގުތު ގޮތް ދެއްކުމުގެ ގޮތުން ކުރަން އެންމެ މުހިންމު ކަމެއް ނޫން. ތިހެން ހެދީމާ ޔާމީނު ދެރުވި ވަރަށް ވުރެ މާ މައްޗަށް ދައުލަތް ތި ދަރުވާލަނީ.
ޑރ. ބަނާނާބޭގެ ދަރި އަލިކޮސް
17 November 2020
މިފަދަ ނިކަމެތި ހާލަތަށްރާއްޖެ ވައްޓާލީނާގާބިލު ސަރުކާރުތައް! މިހާލަތައްވައްޓާލަން ފުރަތަމަމިފަހަރު ކުރިކަމަކީ ސަރުކާރުތަކުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބަދަލުދިނުން ދެން ކުރިކަމަކީ މަގުމަތީގައި އުޅުނު ތައުލީމެއް ތަރުބިއްޔަތެއްނެތް ބަޔަކަށް ސިޔާސީ ބޮޑެތި މަގާމުދިނުން. ދެންކުރިކަމަކީ ކޮވިޑުން ވައްކަންކުރުމާއި ފައިސާ ޗާޕޮކޮށް އަދިއެކި ނަންނަމުގައި ރިޔާސީ ކޮމިޝަންތައް ހަދާ ގައުމުބަގުރޫޓްު ކުރުން . ދެން ފާޚާނާ ތަށިން ކޮންޖެށަން ޓެކޮސްނަންގަވާ.
ލަންކާ މީހާ
17 November 2020
އެންމެފަހުން ހަރުމުދާވެސް ވިއްކަން ފަށަނީ ދޯ? ތިމާމެނައް ނުވަންޏާ އަމިއްލަޔައް އިސަތިއުފާ ދީފަ ގޭގަ މަޑު ކޮއްލިއްޔާ މާ ރީތިވާނެ.
ބޭބެ.
17 November 2020
ގައުމު ނުވިއްކާ އިސްތިއުފާދީ، މިހާރު ތިޔޮތީ ބަންގުރޫޓްވެފައި.
ހުތް އާދަނު
17 November 2020
އަދި ރައްޔިތުންވެސް ވިއްކާނެ
ނާސިރު ބޭނުމީ މިނިވަންކަން.
17 November 2020
މިހާލަތަށް ވެއްޓުނީމަ މުޅި ސަރުކާރު އިސްތިއުފާ ދެންޖެހޭ.
ޝޮކްތެރަޕީ
17 November 2020
އިންޑިޔާއަ ބަރޯސާ ނުވެ ޗައިނާޔާ ގުޅުން ރަނގަޅުކޮއްބަލަ. އޭރުން ތަންތަން ރަހުނުނުކޮއް ލޯނު ދޭނެ. އިންޑިޔާއިން ދެނީ ރާއްޖޭގެ ތަންތަން ރަހުނުކޮއްގެން. މީ ވަރައް ނުރައްކާ ތެރިކަމެއް.
ޑރ. ބަނާނާބޭގެ ދަރި އަލިކޮސް
17 November 2020
ފާއިތުވެދިޔަ 15 ވަރަކަށްއަހަރު ޑިމޮކްރެސީ ގެ ނަމުގައި މޮޅެތި އެކި އެކި ނަންތައްކިޔާ ސިޔާސީ އެންމެން ޖީބު ފުރާލުމަށްފަހު މުޅިގައުމު ބަގުރޫޓުކޮށް މިހާރު މިއޮތީ ޖަޒީރާ ވަންތަކަން ގެނެސްފަ. މިއަދު މި ގައުމު ޖަޒީރާ ވަންތަވެ ބަގުރޫޓްވެ ނިމެނީ .