ރެޑްވޭވެގެ ފިހާރައަކުން ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ރެޑްވޭވް
21 ނޮވެމްބަރ 2020 - 12:48
ކޮންމެ އަހަރެއް ނިމޭއިރު ރެޑްވޭވުން ކުރިއަށްގެންދާ "އަހަރީ ބާޒާރު" މި އަހަރު ވެސް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ރެޑްވޭވުގެ ހުރިހާ ފިހާރައަކުން ވެސް ކަނޑައަޅާފައިވާ ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން، އެ ފިހާރައިން ވިއްކާ ޝާޕް ބްރޭންޑުގެ އޭސީންނާއި އޭސީ އިންސްޓޮލޭޝަނުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި ރެޑްވޭވްގެ ފިހަރާތަކުން 300ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ލިބޭ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް ކޮންމެ ކަސްޓަމަރަކަށް 5،000ރ. ރެޑްވޭވުން ވަނީ ހުށަހަޅައިފަ އެވެ. އަދި މުޅި ޕްރޮމޯޝަނުން އެއްވަނައަށްދާ ކަސްޓަމަރަކަށް 25،000ރ. ވަނީ ހުށަހަޅައިފަ އެވެ.
މި ޕްރޮމޯޝަނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ) އާއި އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި ރެޑްވޭވްގެ ވެބްސައިޓު www.redwave.mv މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ރެޑްވޭވުން މިދިޔަ އަހަރު ބޭއްވި އަހަރީ ބާޒާރަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެހެންކަމުން މިއަހަރު ވެސް އެފަދަ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެ އެވެ.
ފައިސާ ރައްކާކުރުމަށް ކަސްޓަމަރުން އިތުރު އަހައްމިއްޔަތުކަމެއް ދީފައިވާ ކޮވިޑް-19ގެ މި ދަނޑިވަޅުގައި، ގިނަ ކަސްޓަމަރުން މި ފުރުސަތުގެ ބޭނުން ހިފައި ޕްރޮމޯޝަނުގައި ބައިވުމަށް ރެޑްވޭވުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަދަހުސޭން
21 November 2020
އިނާމެެއް އަޅައިގަނޭތޯ ޖެހޭނީ ދާން.