ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ކުޑަ ކުއްޖާއަށް އަނިޔާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީ އިން ވެސް އަންނަނީ ބަލަމުން -- ފޮޓޯ / ކުޑަކުދިންގެ ހިޔާ
24 ނޮވެމްބަރ 2020 - 17:42
ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް މީގެ ތިން އަހަރު ކުރިން ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ހުށަހަޅައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ އިންކުއަރީގެ ތެރެއިން ހިޔާގައި ތިބި ކުދިންނާމެދު އެ ތަނުގެ މުވައްޒަފުން 2017 ވަނަ އަހަރު ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވިލިމާލޭގައި ހުންނަ ހިޔާގައި ތިބި ކުދިންނާ މެދު އެ ތަނުގައި އޭރު މަސައްކަތްކުރި ބައެއް މުވައްޒަފުން އަނިޔާކުރި މައްސަލަ ޖުލައި، 2018 ގައި ފުލުހުންނަށް ހުށަހެޅިއަސް މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އެކަމަކު، ވީ އެންމެ އަވަހަކަށް މައްސަލަ ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް އޮކްޓޯބަރު 11، 2020 ގައި ޕީޖީ ވަނީ ފުލުހުންގެ މައްޗަށް ނެރެފަ އެވެ.
ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާ ކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މި މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނުބަލަން ނިންމި ކަމަށް އެންޓި ޓޯޗާގެ ރިޕޯޓުން ވެސް ހާމަވެފައި ވެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ހިޔާ، ފިޔަވައްޗާއި ގދ. ތިނަދޫ، ޗިލްޑްރަން ސާވިސް ސެންޓަރުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި 10 މައްސަލައެއް ނުބަލަން ނިންމީ އެ ހާދިސާ ހިނގިތާ އަހަރެއްހާ ދުވަސް ވުމުންނެވެ.
މިނިވަންކަމާއެކު އެ މައްސަލައިގެ ތަހުގީގު ގެންދިއުމަށް ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި ދައުލަތުގެ ވަކީލުން ހިމެނޭގޮތުން އޮކްޓޯބަރު 12، 2020 ގައި ހާއްސަ ޓީމަކުން މަސައްކަތް ފެށި އެވެ. މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް އިތުރަށް 24 މީހަކާ ސުވާލުކޮށް 24 ބަޔާން ނަގައި ފަސް ކުޑަކުދިންނާ ސުވާލުކުރި އެވެ. މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ.
"މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދެއްވުން އެދި ނޮވެމްބަރު 23، 2020 ގައި މި މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުމުން އެ އޮޮފީހުން މައްސަލަ ބަލައިގަނެ ދައުވާ އުފުލުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ،" މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން އެ މައްސަލަ ރިޕޯޓުކޮށް ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަން ހިނގާފައިވާގޮތާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ ކަން ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމުގެ ވަކި އިންކުއަރީއެއް އަންނަނީ ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
25 November 2020
އެތަނަށް އެހާ ބައިވަރު ކުދިން ދާން ޖެހުނީވެސް އެންމެ ފުރަތަމަ މި ގައުމު ފެއިލް ވެފަ އޮތީމަ. އެހާ ބަސް ނާހާ ކުދިން، އެތަނަށް ނުދާ ބަޔަކަށް ނޭންގޭނެ އެތާ ހާލަތެއް، އެ ތަނަކީވެސް ކުރަން ޖެހޭތީ ކުރާ ކަމަކަށް ވެފަ އޮތީ، އެއްވެސް ކަހަލަ ޓްރެއިނިންގެއް އެއްޗެއް ދޭ ތަނެއްނޫން މުވައްޒަފުންނަށް، ކައުންސިލިންނެއް ނޯވޭ، މި ތަނަށް ކޮމެންޓް ކުރެވުނީމަ ނިމުނީ މި ގަމާރުންނަށް.
ނސލަ
24 November 2020
ކޮބާމާލެ ގޯތި ހަރަކާތަކީ. މީ ރަޖިސްޓަރީ ކޮށްގެން ދައުލަތުގެ ހުއްދަ ލިބިގެން ވުޖޫދުވެފައިވާ ބައެއެއްތަ? ނޫނީ ގޭންގަކަށް ކިޔާ ނަމެއްތަ? ރާއްޖެތެރެ ޕަންޕުޖަހައިގެން މާލެއަށް ކަހާ ދިޔަ ބޮޑުކޮށް ރާއްޖެތެރެ ރައްތަކުން މި މީހުން ހުސްކުރަމުން ދިޔައިރު މިބައިގަޑު ކޮބައިބައި. ރާއްޖެތެރެއަށް ކުރަންވާ ހަރަދުނުކޮށް އެމީހުންނަށް އުފައްދަންޖެހޭ ވަޒީފާތަކާއި ބޭހާއި ތައުލީމު ނުދީ ހުރިހާކަމެއް މާލެއަށް ކުރަމުން ގެންދިޔައިރު މީ ބައިގަނޑު އޮތީ މިރާއްޖޭގަތަ.
ބްލަޑް
24 November 2020
ޤައުމެއް ފެއިލް ވުމުގެ ހުރިހާ ޢަލާމާތްތައް މިދަނީ ފެންނަމުން.
ފޮނިޓައްޕު ހަސަނު
24 November 2020
ދައުލަތުން ބޮޑު ޚަރަދުކޮށްގެން ބޮޑު މުސާރަ ދީގެން ކީއްކުރަން ހަދާފައިވާ މިނިވަން މުވައްސަސާ ތަކެއްބާ އޭ ހަމަ ހިތަށް އަރާ. ކުރާ އެއްވެސް ކަމެއް ހަމަ ހަރާން. މި ޚަބަރު ކިޔާލުމުން މި ދައުލަތް ފެއިލްވެފައި ވާވަރު ވަރާށް ސާފު.
ޝާމް
24 November 2020
ކުޑަކުދިންނަށް އަނިޔާކުރުމާއި ޖިންސީގޯނާ އިތުރުވެ މުޖުތަމައު ހަލާކުމިވަނީ ބައެއް ގާޒީން ސިއްރިއްޔާތުގައި ހަދާ ޑީލްތަކުން މިފަދަ މީހުން މިނިވަންކުރާތީ، މިހާރުވެސް ހެކި ހުރެ މަގުމަތީގައި އެއުޅެނީ އެމީހުން. ފުރަތަމަ މިކަހަލަ ގާޒީން ހައްޔަރުކޮށް މައްސަލަ ބަލަންޖެހޭ.
ބައިރޯ
24 November 2020
މީއިންސާނުން ތިބި ތަނެއބާ؟
އަހަރެން6788
24 November 2020
އަނެއްކާވެސް ގޯތިހޯދާފައި އަހަރެމެންނަށް ކުއްޔަށް ދޭންތޯ .....
މާންޑް
24 November 2020
ވަރަށް ރަގަޅުކަމެއް. އެއްގޮތކަށްވެސް ތިކަހަލަ ކަންކަން ކޮއްފައި ތިބިޔަދީގެން ނުވާނެ. ހައްގު އަދަބު ދެވެން ފެށުމުން ސޮސައިޓީ ހިގައިގަންނާނީ ރަގަޅު މިސްރާބަށް.
ރައްޔެތު.
24 November 2020
ކުއްވެރިންގެ ހައްގު ތަކޭ ކިޔާފަ ތިކަން ދެން އޮއްބާލާ