ޚަބަރު / ރާއްޖެ-އިންޑިއާ

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމުން ހައި ކޯޓަށް

މާލޭގެ އުސް ފަސްގަނޑުގައި ހަދާފައިވާ ހެލިޕޭޑަށް ސިފައިންގެ ހެލިކޮޕްޓަރު ޖައްސާފައި -- މިހާރު ފޮޓޯ: ހުސެން ވަހީދު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ވެސް ޑިފެސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދައުލަތުން ހަރަދުކުރާ ނަމަ އެ މައުލޫމާތު ހޯދަން ހުށަހެޅުމުން ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ނުދިނީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބަލައިފަ އެވެ. މިނިސްޓްރީގެ މި ނިންމުން ރަނގަޅު ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވަނީ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހާމަނުކުރަން ނިންމި ސަބަބު ރަނގަޅުކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 27 ވަނަ ދުވަހު މައްސަލަ ނިންމަވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ. އިންޑިއާ ސިފައިންނާ ގުޅޭ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހޯދަން އެދުނު މައުލޫމާތު ނުދިނީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބަޔާންކުރިއަސް އެ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ބުނެދީފައިނުވާ ކަމަށް އަޒާން އިސްތިއުނާފުކުރި މައްސަލައިގައި ބުންޏެވެ. އޭގެ އިތުރުން އިންޑިއާ ސިފައިންގެ މައުލޫމާތު ނުދީ ހިފަހައްޓާފައިވަނީ މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ މާއްދާ އާއި ގާނޫނަށް ތަބާވުމުގެ މާއްދާއާ މާނަކުރުމުގެ މާއްދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެ އެވެ.

ފިޔާޒު ވިދާޅުވީ އިންޑިއާ ސިފައިންނާ ގުޅޭ މައުލޫމާތު ދެވެން ނެތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާއާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، ހޯދަން އެދުނު މައުލޫމާތު ދީފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޑިފެންސް މިނިސްޓްރީން ޖަވާބުދީފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އިތުރުން އެ މީހުންނަށް ކުރާ ހަރަދުގެ ތަފްސީލް ދިނުމަށް ވެސް ވަކިން ހުށަހެޅި އެވެ. އެކަމަކު އެ މައުލޫމާތުން ވެސް ނުސީދާ ގޮތެއްގައި ސިފައިންގެ އަދަދު ހާމަވާނެ ކަމަށާއި އެހެންވެ އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ނުދޭން ނިންމި ސަބަބަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ތާއީދުކޮށްފައި ވެ އެވެ.

އެ އަދަދު ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ޑިފެންސުން ވަނީ ބުނެފަ އެވެ.

"މިކަންކަމަށް ރިއާޔަތްކޮށް މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިނިސްޓްރީ އޮފް ޑިފެންސްގެ މުރާޖައާ ކޮމިޓީން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ނުފެންނާތީ އެ ނިންމުން ރަނގަޅުކަމަށް އަޅުގަނޑު ކަނޑައަޅައިފިން،" ފިޔާޒު ވިދާޅުވި އެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓްކުރުމުގައި އިސްކޮށް އުޅެނީ އިންޑިއާ ސިފައިންނެވެ. ފުރަަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

60 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 1%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

26 November 2020

ޕާކިސްތާން އިން ތިޔަ މައުލޫމާތަށް ޕޭކުރަން ތިބޭނީ ތައްޔާރަށް ތޯއްޗެއް.

The name is already taken The name is available. Register?

Ahmed Ismail

26 November 2020

ސައުދީގަ އެމެރިކާ ސިފައިން ތިބޭ މިހެން ގޮސް ބަހުރޭން،ގަތަރު،ދުބާއީ،ކުވައިތު،ޖަޕާން،ޖަރުމަން،ސ.ކޮރެއާ މީހައްތާވެސް އެމެރިކާ ސިފައިން ތިބި ގައުމުތައް...މިގައުމުތަކުގަ މިނިވަންކަން ގެއްލިގެން ނޫޅޭ!އެގައުމުތަކުގަ ދިދަ ބާލާފަ އެމެރިކާ

The name is already taken The name is available. Register?

ބޭބެބެ

26 November 2020

ސައުދީއާއި ރާއްޖެއާތަ އަޅައި ތިކިޔަނީ. ސައުދީޔަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއްގައުމު. ސައުދީގެ މުއްސަނދިކަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގާބިލްކަން ސަރުކާރުގައި ނެތް. ސައޫދީއަކީ ކޮންމެ ވަގުތަކުވެސް ބޭރުގެ ހަމަލާއެއް އައިސްދާނެ ގައުމެއް. ހުރިހާ މުސްލިމުންގެ މަސްލަހަތު އޮންނަ ތަންތަން ސައޫދީގައި ހުރޭ. މިތަންތަން ރައްކާތެރިކުރަން ސައޫދީން ޖެހެނީ ބޭރު ގައުމުތަކުގެ އެހީ ހޯދަން. ސައުދީގައި ބޭރު ސިފައިން ތިބެނީ އެގައުމުން އެދިގެން.

The name is already taken The name is available. Register?

ހުސެން

26 November 2020

އިންޑިއާ ސިފައިން މިތަނުގައި ތިބެނީ ކީއްކުރަންކަމާއި، ތިބޭ އަދަދާއި، ސަރުކާރުން އެމީނުނަށް ހަރަދުކުރާނަމަ ރައްޔިތުންގެ ފައިސާ އިންޑިއާ ސިފައިންނަށް ހަރަދުކުރާ ސަބަބު ރައްޔިތުންނަށް ހާމަކުރަންޖެހޭނެ، މީކީ ގައުމީ ސަލާމަތަކާ ގުޅޭކަމެއްނޫން، ގައުމީ ސަލާމަތަށް ބުރޫއަރަނީ އިންޑިއާސިފައިން މިތަނުގައި ތިބުމުންކަމަށް ފެންނަނީ ކޮންމެ ދުވަހަކުހެން މުޅިރާއްޖެމަތިން އެގެންގުޅޭ ހެލިކޮޕްޓަރުގަނޑު އެބަ ދުއްވާ ކުރަނީ ކީއްކަން ބެލޭނެ އިންތިޒާމެއްނެތް

The name is already taken The name is available. Register?

ބާބާ

25 November 2020

މިދައުރަކު ކޯޓަކުން ސަރުކާރު ނުރުހ ހޭގޮތަށް އެއްވެސް ކަމެއް ނުނިންމާނެ.

The name is already taken The name is available. Register?

ސަޖޯ

25 November 2020

އެ މައުލޫމާތު ހާމަކުރާކަށް ނުޖެހޭނެ

The name is already taken The name is available. Register?

1828

26 November 2020

ކީއްވެ؟ މިއީ އިންޑިއާގެ ސިޓީއެއް ތޯ؟

The name is already taken The name is available. Register?

އެމްޑީޕީމީހާ

25 November 2020

ދިވެހި ޤައުމު ދެކެ ލޯބިވާ އެކަކުވެސް ބޭނުމެއްނުވާނެ އެހެން ޤައުމެއްގެ ސިފައިން ބައިތިއްބަން..

The name is already taken The name is available. Register?

ގުދުގުދާ ބެއްޔާ

25 November 2020

ޔާނުގެ ވަނަވަރު ހޯދާބަލަ! 15 ބުރިއަށް މާލޭގެ ރަގަޅުސަރަހައްދަކުން ގޯތި ހޯދާ، ބޭންކުން އެއްވެސް ލޯނެއް ނުނަގާ ލިބޭމުސާރައިން ހަދާނެ ގޮތެއް ބުނެލަދީބަލަ! ދެން ބުނޭ 25 އަހަރު ސަރުކާރުގެ ވަޒީފާ އަދާކޮއްފައިވާ މީހެކޭ! ރާއްޖޭގެ އެންމެ ބޮޑެތި މުސާރަލިބޭމީހުންނައްވެސް 25 އަހަރު ލިބޭ މުސާރައިގެ %70 ފޮރުވިޔަސް ލޯނު ނުނަގާ 25 ބުރީގެ ބޮޑު އިމާރާތެއް ނޭޅޭނެ!

The name is already taken The name is available. Register?

އަދުރޭޓިނު

25 November 2020

ޔާމީނު ގޯއްޗެއް ނުގަނޭ. ގަތީ ކުޑަކުޑަ ތަންކޮޅެއް. ޔާމީނު އަކީ ކާމިނީގޯތީގައި ހުންނަ ފިހާރަތަކުން ކުލި ލިބޭމީހެއް. އޭނަގެ އަންހެނުންނަކީ ކުރީގައި ރިސޯޓްހިއްސާދާރެއް. ޔާމީނު މުޅި އުމުރު ހޭދަކުރީ މިނިސްޓަރފެންވަރުގެ މަގާމްތަކުގައި. އިހަށްދުވަހު ދިވެހިކިޔަވައިދޭންއުޅުނު މީހަކު ދިވެހި 58 މިލިޔަންރުފިޔާގެ ބޭރުފައިސާޔަށް އިނގިރޭސިވިލާތުން ގެޔެއްގަތްވާހަކަވެސް އަޑުއެހހިން. އެހެންވީމާ ޔާމީންއަތުގައި ތިހާވަރަށް ފައިސާނުހުންނަންވާ ސަބަބަކީކޮބާތަ؟

The name is already taken The name is available. Register?

ބުރުހާނު

25 November 2020

އިންޑިޔާ ސިފައިން ނޮވެމްބަރ1983ކުން ފެޝިގެން ކިހާދުވަހެއް ވަންދެން އެމީހުން މާލޭމަގުމަތީގަ ހަތިޔާރާ އެކީ އުޅުނު...އޭރު އޯކޭ...އެމީހުން މިގައުމު ބޭނުންވެގެން އުޅުނު ނަމަ އިނގިރޭސިން ރާއްޖެއައް މިނިވަންކަން ނުދިނީސް...މަލިކު މީހުންވެސް އަމިއްލަ އަށް އިންޑިޔާ ކޮޅައް ޖެހުނީ..

The name is already taken The name is available. Register?

ޙަސަން އަޙްމަދު

25 November 2020

ބަލަ ކޮހާ އިންޑިޔާ ކޮޅަށް މަލިކު ޖެހުނީ އިންޑިއާ ބޭނުން ވެގެންނެކޭ ނޫން ތިޔަ ބުނެވުނީއެއް. މަލިކު ބޭނުންވެގެންނޭ ތިއޮތީ ބުނެފަ. ރާއްޖެ ވެސް ބޭނުންވި ނަމަ އެކަން ވީސް. އަދި އެއިރު އަދި އަލަށް ބޯޑަރު ކުރެހި މިނިވަންވެގެން އައި އިންޑިއާގެ އެއިރުގެ ބޭނުންތަކާ މިހާރުގެ ބޭނުންތައް ވެސް ތަފާތުވާނެ. 3 ނޮވެންބަރު ހާލަތާ އެއިރުގެ އިންޑިއާގެ ޚާރިޖީ ޕޮލިސީއާ ސަރަހައްދުގެ ބާރުތައް އެތުރިފައި އޮތްގޮތާ އަދި ރާއްޖޭގެ ޚާރިޖީ ޕޮލިސީ ވެސް މިހާރާ ވަރަށް ތަފާތު.

The name is already taken The name is available. Register?

1828

26 November 2020

ބުރުހާނު ތިޔަ ބުނާ ތާރީހުގައި އިންޑިއާ ސިފައިން މި ފަސްގަނޑަށް އެރީ އަނބުރާ ދާގޮތަކަށް ނޫން. މައުމޫންގެ ވިސްނުން ތެރިކަމުން ބޭލުވީ. މިއީ ވަރަށް ވާހަކަ.

The name is already taken The name is available. Register?

ބުރުހާނު

25 November 2020

ބަލަ ރާއްޖެ އެކަނިތަ މިނިވަންކަން އޮންނަނީ؟ ސައުދީގަ އެމެރިކާ ސިފައިން ތިބޭ މިހެން ގޮސް ބަހުރޭން،ގަތަރު،ދުބާއީ،ކުވައިތު،ޖަޕާން،ޖަރުމަން،ސ.ކޮރެއާ މީހައްތާވެސް އެމެރިކާ ސިފައިން ތިބި ގައުމުތައް...މިގައުމުތަކުގަ މިނިވަންކަން ގެއްލިގެން ނޫޅޭ!އެގައުމުތަކުގަ ދިދަ ބާލާފަ އެމެރިކާ ދިދައެއްނޫން އަރުވާފަ ހުންނަނީ!އެގަމުތަކުގެ މީހުން ނޫޅޭ މިނިވަންކަން ގެއްލިގެން..ދިވެހިން ހަމަ ގަޅީ..އިންޑިއާއިން ނޫޅޭ މިގައުމު ހިފާކަށެށް...

The name is already taken The name is available. Register?

ލ‫ަކިލަކި

25 November 2020

ކ‫ިތައް މީހުން އެބަތިއްބޭތަ ކިޔަނީ? އެކަކަށް ވެސް އިނގޭތަ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454