ގާޒީ ބާރީ: އޭނާ ވަކިކުރުމުގެ މައްސަލަ މިއަދަށް އޮތީ އެޖެންޑާކޮށްފައި -- ފޮޓޯ/ޑީޖޭއޭ
30 ނޮވެމްބަރ 2020 - 10:05
ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި ވޯޓަށް އަހަން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
ގާޒީ ބާރީ ސަސްޕެންޑް ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުންނެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގަ އެވެ.
ބާރީ ވަކިކުރަން މަޖިލީހަށް ހުށަޙެޅުމަށް ފަހު، ޖޭއެސްސީން އޭރު ނެރުނު ބަޔާނުގައި ބުނީ އޭނާއާ ގުޅޭގޮތުން ބަލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މާލީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި، 2014 އިން ފެބްރުއަރީ، 2018 އާ ހަމައަށް އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމާއި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާނުގައި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކުރައްވާފައިވާ ނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ކަމަށެވެ. ގާޒީކަމުން ބާރީ ވަކިކުރަން ހުށަހެޅީ މި މަހު އެވެ.
އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޒީ ބާރީއާ ދެމެދު ގާތް ގުޅުން އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އިތުރު ފަނޑިޔާރުންތަކަކާ އެކު، އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އޭނާއާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި މާޗު 13، 2015ގައި 13 އަހަރުގެ ޖަލު ހުކުމް އިއްވުމުގެ ކުރިން، އެ ހުކުމުގެ ކޮޕީއެއް އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބަށް ޚާއްސަކޮށް ބާރީ ހުކުމުގެ ކޮޕީއެއް ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.
ބާރީ ވަކިކުރަން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައި އޮތީ އޭނާ ވަކިކުރަން ޖޭއެސްސީން ނިންމީ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ރަނގަށް ކަމަށެވެ.
ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ޖޭއެސްސީން ނިންމީ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގައި ދައުވާ ލިބުނު މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް މައްސަލަ ހިންގާފައި ވާތީ އެވެ. މި ދެ މައްސަލަ ހިންގާފައި ވަނީ ކުރިން މި މައްސަލައިގައި ހުކުމް ކޮށްފައިވާކަން އަބްދުލްރައްޒާގަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި މި މައްސަލަ ޖޭއެސްސީން ތަހުގީގުކުރި އިރު އަބްދުލްރައްޒާގު އޮޅުވާލައިގެން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ދ. ކުޑަހުވަދޫ ކޯޓަށް ހުށަހެޅި މައްސަލައެއް ބަލަން ހަވާލުކުރި މެޖިސްޓްރޭޓަކާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ދ. އެނބޫދޫ މެޖިސްޓްރޭޓަކާ މައްސަލަ ހަވާލުކުރި މައްސަލައެއް ވެސް ބެލި އެވެ. ކުޑަހުވަދޫ ކޯޓުގައި ހިންގި މައްސަލައަކަށް އަބްދުލްރައްޒާގު ހުށަހެޅުއްވި އެއްބަސްވުމެއްގައި ފޯޖްކޮށްފައިވާ ސޮއެއް އޮތް މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ. ފޯޖް ސޮއިގެ މައްސަލަ ޖެނުއަރީ މަހު ފުލުހުން ބަލަމުން ފެށުމާ އެކު އަބްދުއްރައްޒާގު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާއްޓޭ / ކެންްދޫ
30 November 2020
ބާރީ އަކީ އަބަދުވެސް ފައިސާގެ އަޑިނޭންގޭ ކަންކަން ކޮއްއުޅޭ މީހެއް. ބާރީ މިލްކިއްޔާތުގައި ވަރަށް ގިނަ މުދާ އޮވޭ. މެޖިސްޓްރޭޓްކަމުން ވަކިކުރުން ލަސްވެސް ވެއްޖެ.
ބައިރޯ
30 November 2020
ލިއުން ކިއާލުމުން %100 އުފާ ވުމުން އެގެނީ ޝަރުއީ ދާއިރާއށް މީހުންގެ އިތުބާރު ގެއްލިފައިވާ މިންވަރު!
ޠޯރިގް
30 November 2020
ލަސްވެއްޖެ
ސަހަރޯ...
30 November 2020
ތިކަން ކުރަން މާބޮޑަށްވެސް ލަސްވެއްޖެ. އެއްދުވަސްވަރެއްގައި ބިމަކު އުޑަކު ނުޖެހި އުޅުނު މީހެއް ތިޔަ ބާރީއަކީ. ބަންލާފައި ބިމަށް ވެއްޓި ޖެހުނުލެއް ލަހެއް ނުވިއެއްނުން.
ވައިސޫރި
30 November 2020
ޙަބަރު ކިޔާލުމުން ފާހަގަވަނީ ފަޅުރައްރަށާ އަދި ރިސޯޓު ތަކުގާވެސް މެޖިސްޓުރޭޓް ކޯރޓްތައްހުންނަކަމައް ދ އަތޮޅުގާ އެނބޫދޫ ކިޔާ މީހުން ދިރިއުޅޭ ރަށެއް އޮއެއްކަމެއް މަށަކުވާ ދެނެނެތީމުއެވެ ފަހަރެއްގާ އޮއެވެސްދާނެއެވެ ނަމަވެސް މާލެ އަތޮޅުގާ ބޭރުގެ ފަތުރުވެރިންއުޅޭ އެނަންކިޔާ ރަށެއް އެބައޮއެއްކަން ދެނެހުރީމެވެ
ރަދީފު ބިން ރަފައިދާ
30 November 2020
މިވެރިކަމުގާ ފަނޑިޔާރުގެ އިސްލާހުކުރާނެކަމަށް ބުނަނީ. އެކަމަކު އަދި ފެންނަނީ ވަރަށް ގާހަކަދުވެއްޔެއް. އަދި ޕާޓީކުދިން ކޮންމެއެއްޗެއް ހެދިޔަސް އެއްވެސްބާވަތެއްގެ ޓޮލަރެންސެއް އޮންނަކަމަކަށް ނުފެނޭ.
ވަތަން އިސްކުރަންޖެހޭ
30 November 2020
ބެއެއްމީހުންނަ ވާނުވާ ނޭގި ކޮމެޓްކުރަނީ ޕާޓީ ދިފާއުގަ. ރާއްޖޭގެ ކޯޓުތަ ހީވަނީ އެމްޑީޕީގެ ހަރުގެހެން.
ރަނގަޅު
30 November 2020
ކުޑަހުވަދޫ ކޯޓުތީ ބޮއްސުންލާފަ! މިހާރު ބާކީ ހުރީ ފަނޑީޔާރުވެސް ގޯސް ހަދާފަ އެބަހުރި! އޭނާއަށްވެސް ސަލާމަތްވެވޭނެބާ ؟ މިތާކު މީހަކަށް ދޫކުރާނެ މީހަކު ހަމަނެތް! ބޯ ހަލާކު.. ރައްޔެތުން ހަނާވަނީ! ޖޭއެސްސީ އަހަރެމެން މިކަމުން ސަލާމަތްކޮށްދީބަލަ.. ރަނގަޅުމީހުން ލާދީބަލަ..
ޖޭއެސް
30 November 2020
މިއޮތީ ޖޭ.އެސް.ސީ ފަސް ވަނަ ގިއަރުގައި. އެންމެ ކޮރަޕްޓު ޖަޖު. ވަކި ކުރެވޭ ވަރު ވީ 2 އަހަރުން. ކީއްކުރަން ދިން ސުޕަމެޖޯރިޓީއެއް ތީ ފިނިހަކަ ދުވެލީގައި ކުރިއަށް ދާން
މޯލްޑިވިޔަން ޕެޓްރޮއިޓް
30 November 2020
ތިޔަގާޒީން މާބޮޑާވެ އާސްމާނުގައި އުޅޭތާދުވަސްތަކެއްވެއްޖެ، އުފާކުރަން ހަމަބިމަން ގެނެސްދިނީތީ./