އެމްއެމްޕީއާރުސީން މިދިޔަ އަހަރު ކުރިއަށްގެންދިޔަ އައުޓްޑޯ ކެމްޕޭޭނެއްގައި ރާއްޖެ އިޝްތިހާރު ކުރަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ
01 ޑިސެމްބަރ 2020 - 11:49
ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން އެ ގައުމުގައި ދެ ކެމްޕޭނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި ޗައިނާގައި ކުރިއަށްގެންދަނީ އޮންލައިން ރޯޑް ޝޯއަކާއި ވީޗެޓު މެދުވެރިކޮށް ހިންގާ ކެމްޕޭނެކެވެ. މީގެ ތެރެއިން އޮންލައިން ރޯޑް ޝޯގައި ލައިވް ވެބިނާތަކާއި އޮންލައިން އެގްޒަބިޝަންތަކާއި "ވަން އޮން ވަން" ބައްދަލުވުންތައް ހިމެނޭނެ އެވެ.
ލައިވް ވެބިނާ އަކީ ޗައިނާގެ ޓޫރިސްޓުންނަށް ރާއްޖެ އަކީ މި ވަގުތު ވެސް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކޮށްދިނުމަށް ބާއްވާ ވެބިނާއެއް ކަަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި އޮންލައިން އެގްޒެބިޝަނުގައި ރާއްޖެއަށް ދަތުރުކުރުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި އެގްޒަބިޝަން ކުރިއަށްދާނީ އަންނަ އަހަރުގެ ފެބަރުއަރީ މަހުގެ ނިޔަލަށެވެ.
އެމްއެމްޕީއާރުސީގެ އޮންލައިން ރޯޑް ޝޯގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 11 ކުންފުންޏަކުން ބައިވެރިވާނެ އެވެ.
ވީ ޗެޓުގެ "އިންފޮމޭޝަން ޕޯޓަލް ފޯ ޓްރެވަލް ޓްރޭޑް"ގައި ކުރިއަށްގެންދާ ކެމްޕޭނަކީ އެ ޕޯޓަލް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހިންގާ ކެމްޕޭނެކެވެ. ޗައިނާގެ އެންމެން ކަހަލަ ގޮތަކަށް ވީޗެޓް ބޭނުންކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ނަމަވެސް ކޮވިޑް-19އާ ހެދި ޗައިނާ ޓޫރިސްޓުން އައުން ވަނީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުން ކުޅޭ
02 December 2020
އިންޑިއަށް އަޑު އިވޭ ގޮތަށް ޗައިނާގެ ވާހަކަ ޗައިނާއަށް އަޑު އިވޭ ގޮތަށް އިންޑިއާގެ ވާހަކަ ދައްކާގެން ދެ ބޯގެރި ދުއްވާގެން ވެސް ރާއްޖެ އަށް ލިބެންއޮތް ފައިދާއެއް ހޯދާން މިސަރުކާރު ދަންނާނެއެވެ. އަހަރެމެން ބޭނުން ވަނީ އިންޑިއާ އަކީ ވެސް އަދި ޗައިނާ އަކީ ވެސް "ހިޔަޅުން" ކަން ދަނެގެން ނެގެން އޮތް ފައިދާއެއް ނަގާށެވެ
ދޮން ހަސަނު
01 December 2020
އިސްތިހާރު ކުރިޔަސް ޗައިނާ ސަރުކާރުން އެ ޤައުމުގެ ބޯޑަރތައް ނުހުޅުވާ ރާއްޖެއަށް ދަތުރު ކުރަން ހުއްދަ ނުދޭހާ ހިދަކު، ޗައިނާ މީހުންނަށް ރާއްޖެ ނާދެވޭނެ. ރާއްޖެ އާދެވޭނެގޮތް އެމީހުންނަށް ނޭގިގެންނެއްނުން އެ ހުންނަނީ. ބޯޑަރ ނުހުޅުވައިގެން.
ދުންދަނޑި
01 December 2020
ޗައިނާގައި ރާއްޖެ އިސްތިހާރުކުރަން ހަދަންވީގޮތަކީ ޗައިނާއާއި ބެހޭގޮތުން ދައުލަތުގެ ވެރިން ޔޫރަޕާއި އިންޑިއާގެ ހިތާނީތަކާއި ކައިވެނި ސައިތަކަށްގޮޮސް ޗައިނާއާއި ބެހޭގޮތުން ދައްކާ ވާހަކަތައް ޗައިނާބަހަށް ތަރުޖަމާކޮށްފަ ލީފުލެޓުހަދާފަ ޗައިނާގެ ޑޯޓުޑޯއަށް ބަހަންވީ އިނގިއްޖޭ.