ސުޕްރީމް ކޯޓު: މިއަދުން ފެށިގެން އެ ކޯޓު ވަނީ ރިސެސްއަށް ގޮސްފައި -- ފޮޓޯ/މިހާރު
01 ޑިސެމްބަރ 2020 - 12:02
މިއަދުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ގޮސް އަދި ހައި ކޯޓުން ރިސެސް މުއްދަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓާއި ހައި ކޯޓު އޮންނާނީ ރިސެސްގަ އެވެ. ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެންދާނެ އެވެ.
ސުޕްރީމް ކޯޓުން ބުނީ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ޝަރީއަތްތައް ރިސެސް މުއްދަތުގައި މުއްދަތުގައި ނުބާއްވާނެ ކަމަށެވެ. އެކަމަކު މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
އެހެން އަހަރު ތަފާތުކޮށް ހައި ކޯޓުން މިފަހަރު ނިންމީ ރިސެސް މުއްދަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ. އެއީ ނުނިމި ހުރި މައްސަލަތައް މަދުކުރުމަށްޓަކައި އެ ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމި ނިންމުމެއް ކަމަށް ހައި ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ދަށު ކޯޓުތަކުން ވެސް މި މަހު ރިސެސްއަކަށް ދާނެ އެވެ. އެކަމަކު ދަށު ކޯޓުތަކުގެ ރިސެސް މުއްދަތު ކުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
01 December 2020
ރަނގަޅު ނިންމުމެއް. ރައްޔިތުންނަށް އިންސާފް ހޯދައިދެވޭނީ ތިގޮތަށް މަސައްކަތްކޮށްގެން. ޖިނާއީ މައްސަލަތަކަށް ބަލާއިރު ތަހުޤީޤް އިދާރާ އެދަނީ 24 ގަޑީއިރު މަސައްކަތްކުރަމުން. އެކަމަކު ޕީޖީ މަސައްކަތްކުރަނީ ހަމައެކަނި ރަސްމީ ގަޑީގައި، ކޯޓްތަށްވެސް ހަމަ އެގޮތް. 24 ގަޑީއިރު މަސައްކަތްކޮށްގެން މެނުވީ އަވަހަކަށް ރައްޔިތުންނަށް އިންސާފެއް ހޯދައެއް ނުދެވޭނެ. އެވްރެޖްކޮށް ކޯޓްތަކުން އިންސާފް ލިބުމަށް '10އަހަރު' ނަގާ. މިބުނީ ކުރިމިނަލް/ސިވިލްކޯޓުން ފެށިގެން ސްޕްރީމްކޯޓުންހުކުމްކުރުމާއިހަމައަށް.
ގަ މީސް
01 December 2020
މި އަހަރު ކީއްކޮށްފަ ތަ ރިސެސްއަށް ވަޑާގަތީ.
ގަމީހެއްތާ8
01 December 2020
ވެއަތުވެ ދިޔަ ހުރިހައި އަހަރަކާ ނުބައްދަލު ވާވަރަށް ހެސްކިޔާފަ ސަޅި ހުކުމްތަކެެއް ކޮށްފަ ފައިސާގެ ވާހަކައެއް ނުދެކެވި ހެޔޮ ރިވެތިކޮށް ނަލަކޮށް އެހެރަ ދިޔައީ ރިސެސްއަށެވެ. ލައިކު ޕުލީޒް