ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: ކުރީގެ ސަރުކާރުގެ ލިސްޓުގެ ބަދަލުގައި މި ސަރުކާރުން އާ ލިސްޓެއް ނެރެ އަމަލުކުރަމުންދާ ގޮތާ މެދު އަޑުއުފުލާ މީހުން ވަނީ ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފައި.
02 ޑިސެމްބަރ 2020 - 11:20
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ހައްގު ހޯދަން "ކޮތަރު ކޮށި" ނަމުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި ޓީމުން ޖަމިއްޔާއެއް ރަޖިސްޓަރީކޮށްފި އެވެ.
ހައްގު ހޯދުން ހުއްޓާނުލައި ކުރިއަށް ގެންދަން ޖަމިއްޔާ ރަޖިސްޓަރީކުރީ "އާއްމުންގެ އެކުވެރި ގުޅުން" ނަމުގަ އެވެ. ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ހިޔާ މަޝްރޫއުގެ 7،000 ފްލެޓު ޔާމީންގެ ސަރުކާރުގައި ލިބުނު މީހުންނާއި މި ސަރުކާރުން ފޯމުތައް އަލުން އިވެލުއޭޓްކޮށް އެކުލަވައިލި ލިސްޓާއެކު ފްލެޓު ނުލިބުނު މީހުން ވެސް ހިމެނެ އެވެ.
ٱلْحَمْدُ لِلَّٰهِ!
— އާއްމުންގެ އެކުވެރި ގުޅުން (@AEG_Mv) December 1, 2020
އެތައް މަހެއްގެ މަސައްކަތަށް ފަހު "އާއްމުންގެ އެކުވެރި ގުޅުން ( Commoners Friendship Association ) “ މިވަނީ ރަޖިސްޓްރީ ވެފައިއެވެ. މިއީ އާއްމުންގެ ޖަމިއްޔާއެވެ. މިއަދުން ފެށިގެން "ކޮތަރުކޮށީގެ" މަސައްކަތް ކުރިއަށް ގެންދާނީ މި ޖަމިއްޔާ ގެ pic.twitter.com/YiFvISFn8e
މި ޖަމިއްޔާގެ ހަރަކާތްތައް ފުޅާކޮށް، ބޯހިޔާވަހިކަމުގެ ހައްގާއި އިޖުތިމާއީ އެހެން މައްސަލަތަކާ މެދު އަޑުއުފުލަން ވަނީ ނިންމައިފައިފަ އެވެ.
ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓު، ޔާމީންގެ ސަރުކާރުން އާއްމުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެ ލިސްޓު ގަބޫލުނުކޮށް 12 ކެޓަގަރީން އާ ލިސްޓުތަކެއް ނެރުމުން "ކޮތަރި ކޮށި" ޓީމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބި، މި ސަރުކާރުގެ ލިސްޓާ އެކު ފްލެޓު ގެއްލުނު މީހުންގެ ޝުއޫރުތައް ވެސް ގެނެސްދިނެވެ.
އެ ޖަމިއްޔާ އިން މިއަދު ވަނީ، ރޭ އާއްމުކުރި އެޗް7 ކެޓަގަރީގެ ލިސްޓަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެންމެ ގިނަ ބަޔަކު ކުރިމަތިލީ ކެޓަގަރީން ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބުނު 655 މީހުން މި ސަރުކާރުގެ ލިސްޓުގައި ތަރުތީބު ބަދަލުވެފައި އޮތުމުން ފްލެޓު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓް ކޮމިޓީއެއް އުފައްދައި ހިޔާ މަޝްރޫއުގެ ފޯމުތައް އަލުން އިވެލުއޭޓްކުރަން ފެށީ ޔާމީންގެ ސަރުކާރުން ބޭއިންސާފުން ފްލެޓް ދީފައިވާ ކަމުގެ ތުހުމަތުތަކާ އެކުގަ އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާ ވެސް އެވެ.
އެކަމަކު ޔާމީންގެ ސަރުކާރުން ފްލެޓު ދިނީ އެންމެ ހައްގުވެރިންނަށް ކަމަށާއި އެ މީހުންގެ އަތުން ފްލެޓު އަތުލުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"ކޮތަރު ކޮށި" ޖަމިއްޔާ އުފެދުމުން ޑރ. މުއިއްޒު ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ހިތްވަރު ދެއްވައި، އެ ޖަމިއްޔާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާސިލް
03 December 2020
މިއީ ޗައިނާގެ ހަންފެތުރުމުގެ ދިވެހި އޭޖެންޓް ހިންގާ ޖަމްއިއްޔާއެއް. މިހެން އިންޑިއާ ހަންފަތުރާ މީހުންކޮޅެއްވެސް އެބަ އުޅޭ. ކޮންމެ ބަޔަކުވެސް އަމިއްލަ ނަފާލިބޭތޯ ތިމާ ހިނގާ ޖަމްއިއްޔާއަށް ފައިދާ ވޭތޯ. ކޮމަނާރސް ގެ ބަދަލުގައި އެސީ އަކުރުން ޗައިނާ ފްރެންޑްޝިޕް އެސޯސިއޭޝަން އަހަރެންކިޔާނީ!
ކޮތަރު
03 December 2020
އެމީހުންވެސް އެއްބަސްވޭ އެއީ ކޮތަރުކޮށިޔަކެއްކަން
އުދުހޭ
03 December 2020
ތިރީބުރީގަ ހުރި ފިހާރަތާށް ބޭއިންސާފުން އެމްޑީޕީ ބަޔަކަށް ދީފިއްޔާ ފްލެޓްތަކުގަ އުޅޭ އެންމެން އެކައްޗެއް ކިޔާ އެ ވިޔަފާރިތަށް ބޯއިކޮޓްކުރުުމަށް އެސޯސިއޭޝަނުން ރަގަޅު ދައުރެއް އަދާކުރެވިދާނެ
ޜަސްކޮތަރު
02 December 2020
ކުރީ ސަރުކާރުން ފަހުވަގުތު ދަފްތަރުހުޅުވާ އޭގައި މުއިއްޒު ބޭނުން ބަޔަކު ޖައްސާ ޕޮއިންޓް މަތިކޮށްގެން ފުޅެޓް ބެހިކަން އެއީ ގިރާވަރު ސިއްރެއް ނޫންބާ !
ނާއިލާ
02 December 2020
ރައްޔިތުމީހާއަށް ހައްޤުވާމިންވަރު ހޯދަން ޝަކުވާ ފޯމް ހުށާއަޅާން ޖެހޭތަ ޝަކުވާފޯމް ހުށައެއް ނާލާނަށް . އެގޭ އަމިއްލަ ނަފްސަށް ސަރުތު ހަމަވާކަށް ފޯމް ފުރިއިރުވެސް އެގޭ 84މާކްސް ލިބޭކަށް ދިރިއުޅުމުގެ ހާލަތް ބަލަން އައީ ދަންނަ މީހެއް ދެކެފަރިތަ މީހެއް . ދެންއައިސް އިންއަންހެނާއަށް ހިސާބު ހަދާކަށް ނޭގޭ . 60 މާކްސްއަށް ވަނީ ޕޮއިންޓް ދަށް ކޮއްފަ ، ދެން ފެނުނަސް ފުލެޓް ނުލިބިއްޖެނަމަ އެމީހަކާ ސުވާލު ކުރާނަން .ލިބޭނެ ކަމަށް ބުނީތީ .
އަހުމަދުބޭ
02 December 2020
ކިތައްމެ ޖަމްއިއްޔާއެއް ހެދިޔަސް ތިޔަހިޔާފުލެޓް ދިންގޮތް ރައްޔިތުން ތިބީ ކުލަކޮށްބަލަން، މުއިއްޒު ނޭވާހޮޅިއަށް އެޅިގެން ޔާމީން އެންގި ހުރިހައި ގޮތަކަށް ކޮންކުރުމުން ތިޔަހިޔާ ފުލެޓް މަސްރޫއު މިވަނީ ބޮޑު ފިތުނަވެރިކަމަކަށް ބަދަލްވެފައި އިންސާފައި ހަމައިން ކަންކަން ދިޔަނަމަ ވެރިކަން ގެއްލުމުން އެންމެފަހުވަގުތު ހިތުހުރި ގޮތަކަށް ކަންކަން ނުކުރީސް
ރަށުތެރެ
02 December 2020
މި ސަރުކާރުން ކަންތައް ކުރަނީ ވަރައް ބޭއިންސާފުކޮއް.
211111
02 December 2020
މާލެ އެޕާޓް މަންޓް ކުލިތައް....2022 ޑިސެ މްބަރ31 1 ރޫ މް އެޕާޓް މަންޓް 5000 ރ 2 ރޫ މް އެޕާޓް މަންޓް 10000 ރ 3 ރޫ މް އެޕާޓް މަންޓް 12000 ރ 3+1 ރޫ މް އެޕާޓް މަންޓް 15000ރ 4 ރޫ މް އެޕާޓް މަންޓް 18000ރ މިހާރު މާލޭ ގުރޭޓާ ގައި ނި މެ މުންދާ 14800 އެޕާޓް މަންޓް ނި މެ މުން ދަނީ .....2022 މާލެ ރެންޓް ފޯލް އޮފް
މުއިއްޓް
02 December 2020
އެކިނަންނަމުގައި ޖަމިއްޔާ ހަދައިގެން އަޑުގަދަކުރިއަސް ހައްޤްނޫން ބަޔަކަށް ފުލެޓެއް ނުލިބޭނެ. ވައްކަން ކުރެވުނުވަރު މަދީތޯ؟
ވ
02 December 2020
ކޮންމެ ވައްތަރެއްގެ ކޮއްޓަކަސް ހައްގުފަރާތް ހޯދާ އެބަޔަކާ ހަވާލުކުރެވޭނީ..ވ ސަލާމް.