ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ލޮބީކުރަން ނުވާނެކަމަށްް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
03 ޑިސެމްބަރ 2020 - 11:06
މިނިވަން މުއައްސަސާތަކުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން މަގާމު ހޯދުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ލޮބީ ނުކުރަން މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުން ކަނޑައަޅާ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މެމްބަރުންނަށް މެސެޖް ކުރެއްވުމަކީ މެމްބަރުންނަށް އުނދަގޫވާނެ ކަމެއް ކަމަށާއި އެގޮތަށް ކަންތައް ކުރެއްވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް އުނދަގޫވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަމަލުކުރައްވަމުން ގެންދަވާނީ އިންސާފުވެރިކަމާ އެކުގައި ކަމަށާއި މަޖިލީހުގެ މެމްބަރުން ވެސް އަމަލުކުރައްވާނީ އެގޮތަށް ކަަން ޔަގީންވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިއްޔެ ޖަލްސާގައި ވޯޓުގެ ރަނގަބީލަށް ފަހު ލިބިވަޑައިގަތް ވަގުތުކޮޅެއްގައި ނަޝީދު ވިދާޅުވި ގޮތުގައި މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މެމްބަރުންނަށް ޓެކްސްްޓް ނުކުރައްވައިފިއްޔާ އެ ބޭފުޅުން ހޮވުމުގެ ފުރުސަތު މާ ބޮޑުވާނެ އެވެ. މަޖިލީހުގެ މެމްބަރުންނަކީ ވަރަށް ނަޒާހަތްތެރި ބޭފުޅުން ކަމަށާއި ޓެކްސްޓް ކުރުމުން މެމްބަރުންގެ ހިތް ކިލަނބުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިންސާފުވެރިވުމަށް ކުރެވޭ މަސައްކަތުގައި އެއްކަލަ ޓެކްސްޓްގެ މަތިން އަބަދުވެސް ހަނދާންވެ، އެންމެ ފަހުން، ޓެކްސްްޓްކުރި ބޭފުޅާ އަށް ވޯޓު ނުދެވޭތަން އަންނަނީ. އެހެންވީމާ އެެއީ އަޅުގަނޑަށް ފެންނަ ގޮތުގައި އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން. މިތަން ލޮބީ ކުރާކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މަޖިލީހަށް ލޮބީ ނުކުރަން އެމަނިކުފާނު އެދިވަޑައިގެންނެވި އިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަޖިލީހުގެ މެމްބަރުންނަށް ގުޅުއްވައިގެން ކަންތައްތައް ކުރައްވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އެމަނިކުފާނު ކުރިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތަށް މަސައްކަތް ނުކުރައްވަން ފައްޔާޒަށް އޭރު އިންޒާރު ވެސް ކުރެއްވި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ލޮބީނުކުރަން އެދިވަޑައިގެންނެވި އިރު. މެމްބަރުން މިނިސްޓަރުންނަށް ލޮބީ ނުކުރައްވަން ވެސް މީގެ ކުރިން ނަޝީދު އެތައް ފަހަރަކު ނަސޭހަތް ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނުގެ ދަރި
04 December 2020
މެމްބަރކަމަށް ކުރިމަތިލާފަ ގޭގެއަށް ވަންނަމުން ހިނގަނީ ކީއްކުރަން ، ކޮންމެ މީހަކުވެސް މަގާމަކަށް ކުރިމަތިލާފައި އެ މަގާމެއް ލިބޭތޯ ބަލަން މަސައްކަތް ކުރާނެތާ ! މަގާމްތައް ބަހަނީ އަބަދުވެސް ގާތްމިހުނާ ސަޕޯޓަރުންނަށް ވިއްޔަ ،
އާދަންބެ
03 December 2020
ކަލޯގެޔާ މޮޅު ސްޓޯރީއެއް. އެފިލްމު ލޮބީ
މަލީހު1234
03 December 2020
ރަނގަޅު ވާހަކައެއް. ތިލޮބީއަކާހެދީ މިނިވަން މުއައްސަސާތަކުގަ ހިންގުންތެރި މެންބަރުން މަދުކަމުން އެއްވެސް ކޮމިޝަނަކަށް އެދެވޭ ނަތީޖާއެއް ނުނެރެވޭ. ހިންގާލަން ބޭނުންވާ މެންބަރުންނަށްވެސް އެކަންކަން ކުރަން އުނދަގޫވޭ ތި ލޮބީ ކޮށްގެން އަންނަ މެންބަރުންނާހެދި. ކޮންމެވެސް ރަނގަޅު އެހެން ވިސްނުމަަކަށް ދާންފެނޭ.
ސައިކުރާ1234
03 December 2020
ހަމަނުޖެހޭވާހަކަ. މަޖްލިސް ނައިބު ރައީސް ރެކޮމެންޑްކޮށްގެން އެސެޓް ރިކަވަރީ ކޮމިޝަނަށްގެ މަޤާމަކަށް ކުރިމަތިނުލަނީސް އިންޓަވިއުއަށް ގެނައި ފަރާތް މިހާރު އެހުރީ ހަމަ އެ ރެކޮމެންޑޭޝަންގެ ދަށުން ނެޝަނަލް އިންޓްގްރިޓީ ކޮމިޝަނުގެ ނައިބު ރައީސްއަށް ހޮވާފަ. މަގާމުގެ ފެންވަރު ނެތަސް ތިމާ މީހުންނަށް ހީވަނީ އަނގައެއް އޮތީމަ އެމީހެއްގެ ފެންވަރު ހުންނާނެއޭ. ފުރަތަމަ ތި އިއްޒަތްތެރި މަޖްލިސް އިސްލާހްވާންވީ.
ކަތީބު ބޭ
03 December 2020
ޓެކްސްޓް އެއް ނޫން ފޮނުވަން ވީކީ' އެކައުންޓް ޓްރާންފާ ފޮޓޯ ދެއްތޯ.
ޛުހާޖު
03 December 2020
ތިއީ ކިހާ ބޮޑު ޖޯކެއް މިނިވަން . މުއައްސަސާތަކަށް އެ ދާއިރާއެއްގެ އިލްމުހުރި ތަޖުރިބާހުރި މީހެއް ތިޔާ މަޖިލިހުން އަޅެ ލައިފިތަ؟ ހުސް ކޮހުން ލާފަތިބީ
ބެންޖޯ
03 December 2020
އެންޓި ޗައިނާ ގްރޫޕްތަކުން މަނިކުފާނަށް ލޮބީކޮށް ދުވާލު ދެދަޅައަށް ކޮންމެސް އަންބާއެއް ކިޔުއްވާއިރު އެޖެހެނީ ކޮންތާކުތޯ؟؟
ބާބާ
03 December 2020
ހާތްތެރީ. ތިހާވަރުގެ ނަޒާހަތްތެރިންތަކެއް އަތްފުނާ ައަޅައިގެންވެސް ނުލިބޭނެ. ތަނެއް ދޮރެއް ދޮރާއްޓެއް ވަކިނުވާ މީހުން މަޖިލީހުން މިނިވަން މުއައްސަސާތަކަށް ހޮވަނީ ތިކިޔާ ނަޒާހަތްތެރި ކަ މުންދޯ.
ވަތަން އިސްކުރަންޖެހޭ
03 December 2020
ރާއްޖެ މިވަނީ ބައެއްގެ މުށުތެރޭ ތާޝިކޮއްފަ
މަންޑޭލާ
03 December 2020
ޤައުމަ ދުވަހަކުވެސް ހެވެއް ނޭދޭ ޖޯކަރު އެމްޑީޕީން ބޭރުކޮއްލަން ޖެހޭ.