ވެންޓިލޭޓަރު މައްސަލައިގައި ޕީޖީ ހުސެއިން ޝަމީމާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
03 ޑިސެމްބަރ 2020 - 13:29
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުމުން މުއައްސަސާތަކާ އެކު މުރާޖައާކުރަން ފަށައިފި އެވެ.
އެ މައްސަލައިގައި ދައުވާ ނުކުރަން އެ އޮފީހުން ނިންމީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭރު އޭސީސީން ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ ސިފަކުރެއްވި ގޮތުގައި، އިދާރީ މައްސަލަތަކެވެ.
އެކަމަކު މައްސަލަ ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާތަކާ އެކުގައި ކަމަށް ބުނެ އޭސީސީން ވަނީ މައްސަލަ އަލުން ރިވިއުކޮށްދޭން އެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމައި ޕީޖީ އަށް ލަފާއެރުވީ ދައުވާ ނުކުރުމުގެ ނިންމުން ރިވިއުކުރަން ފެންނަ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ އޮފީހާއި އޭސީސީ އަދި ފުލުހުން ބައިވެރިވުމާ އެކު އެ މައްސަލައާ ގުޅިގެން މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ. ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އޭސީސީން ކުރީ ވެސް ފުލުހުންނާ ގުޅިގެންނެވެ.
މި މައްސަލައިގައި ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ މެދު ވެސް އޭސީސީ އާއި ޕީޖީ އޮފީހުގެ ވަނީ ހިޔާލުތަފާތުވެފަ އެވެ. ޕީޖީ ވިދާޅުވަނީ މައްސަލަ ފޮނުވީ އެ އޮފީހާ އެކު ދެ ބައްދަލުވުމަށް ފަހު ޑިއުޓީ ޕްރޮސިކިއުޝަން ނުނިންމަ އެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ ޑިއުޓީ ޕްރޮސިކިއުޝަނަކީ ގާނޫނުން ލާޒިމްކުރާ ކަމެއް ނޫނެވެ. ވެންޓިލޭޓަރު ކޭސްގައި އެ މަރުހަލާ ނުނިންމާ ކަަމަށް ވިދާޅުވާއިރު، އެ މަރުހަލާގައި މި ކޭސްގެ ބައެއް ކަންކަން ލަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގަށް ފަހު، އޭސީސީން ޕީޖީގައި އެދުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ އެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވި ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ. އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުން ތަރި
03 December 2020
ހަލުވަ ހަލުވާފަ ސަރުކާރުން ބޭނުންވާ ބައެއްގެ މައްޗަށް ބޭނުންޢަދަދަކަށް ދަޢުވާކުރޭ އޭރުން ސަރުކާރުގެ ފަނޑިޔާރުން ޙުކުމްވެސްކުރާނެ އިންސާފު އޮތްތަނެއްބަލާނެކަމެއްނެތް ތިޔަ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަކީ މިޤައުމުގެ ޝަރުޢީ ނިޒާމަށް ޖެހިފަވާ ކެންސަރުބައްޔެއް އެއިރެއްގެ އޮންނަ ސަރުކާރަކުން ބޭނުންބަޔަކު ކުށްވެރިކޮށް ބޭނުންވަރަކަށް ދަޢުވާކޮށް ބޭނުން ޢަދަދަކަށް އަދަބުކަނޑައެޅޭގޮތަށއ މޮޑެފަވާ ފުއްގަނޑެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ 800އަހަރު 20 އަހަރަށް
މޫސަ123
03 December 2020
ކޮވިޑުކަންތައް ދުނިޔޭން ނިމުމަކަށް އައިމަ ވަރަށް އަގުހެޔޮކޮށް ވެންޓިލޭޓަރުތައް ލިބިދާނެ އެދުވަހަކުން ނީލަމުން ނަމަވެސް ނަގައިގެން އެތަކެތި ހެލްތުމިނިސް ޓްރީއާ ހަވާލު ކުރޭ އޭރުން މައްސަލަ ނިމުނީ.
ޢިބޫ
03 December 2020
ތިމައްސަލަ ވަރަށް ދިގުދަންމާނެހެން ހީވަނީ.
ޑޮންޑޮންފުޅި
03 December 2020
ކޮބާހޭ ޝިފާގެ މައްސަލަ
ހުތުރު އީވާ
03 December 2020
ނުރުހޭ ކޮންމެ މީހަކު މަގާމުން ދުރުކުރަން މައްސަލަ އުފަން ވެގެން އަންނާނެ. ނަންވާމީ ޔާމީނު. ދިރިތިބި ބަޔަކަށް ހާސް އިބުރަތް.
ހަކީމް
03 December 2020
ޝަމީމް އާއި ސަރުކާރު ގޭސް އަނބުރައިގެން ބޭނުންވަނީ މިމައްސަލަ އޮއްބާލަން. ޝަމީމް އަކި ވަރަށް ނުރައްކާތެރި ހީލަތްތެރި މީހެއް. އޭސީސީ އާއި މަޖްލިސް ގައިތިބި މަދު މެމްބަރުން މިކަމާ ދެކޮޅު ހަދާތީ މިމައްސަލަ އަދިވެސް މިއޮތީ. އެހެން ނޫންނަމަ ، ރިޒް ގެ މައްސަލަ ގޮތަށް މިމައްސަލަ މިހާރު ހިންދާލައިތާ އެތައްދުވަހެއް ވެދާނެ. ޔާމީނު ސަރުކާރެކޭ މިސަރުކާރެކޭ ތަފާތެއް ނެތް.
އޭސީސީ ވާނުވާ
03 December 2020
ވެންޓިލޭޓަރު މައްސަލަ އަކީ ކެރަފާ އާއިލާއަށް މަގާމު ބަދަލުކުރަން ނަޝީދު ކުޅުނު ޑްރާމާއެއް. ތި ޑްރާމާގަ ޖެހުނީ އަމިއްލަ ބުއްދި ބޭނުން ނުކޮށް ނަޝީދުގެ ސޯޝަލް މީޑިޔާ ފޮލާ ބަލާ މީހުންނާއި އެއަށް ބުރަވެ ނޫސްވެރިކަން ކުރާ މީހުން. ކޮރަޕްޝަނޭ ގޮވާއިރު އެ މިނިސްޓްރީގައި މާލީ މަންފާ ލިބުނު މީހެއް ނެތްތާ އެ ބުނާ ކުންފުންޏެއް ދަންނަ ބަޔަކުވެސް ނެތް. ނޭނގޭ ބަޔަކަށް މަންފާ ހޯދާއިދޭ ގޮތެއް ނޯންނާނެ ކަން އެނގޭނެ ހަތް އަހަރު ނުފުރޭ ތުއްތު ކުއްޖަކަށްވެސް.
ހަކީމް
03 December 2020
އަނެއްކާވެސް އެއްކަލަ ބޮޓުތަށް. މައްސަލަ ބެލެންޖެހޭނެ ... މިދައްކަނީ ދެލާރިބައިގެ ވާހަކައެއް ނޫން. ކަލެޔަށް ނަޝީދު ގޯސްމިވަނީ މިމައްސަލަ ބަލަން ނަޝީދު ބާރު އަޅާތީ ... ރަށްޔިތުން ބޭނުންވޭ މިމައްސަލަ ބަލަން. ގޯހީ މިނިސްޓަރު ތޯ ވެންޓީލޭޓަރު ތޯ ނިންމާނީ ކޯޓުން.
ގުދޯ ގުދޯ
03 December 2020
ދެން ކަލޭ ތީ ނަޝީދުގެ ބޮޓު ދޯ
ޖޭމްސް1
03 December 2020
ނަޝީދު އެކޮޅު ކޮޅުން ނެއްޓެވިއަސް ތިކަމުގައި ނެތް މިނިސްޓަރ އަމީން ތާށިކުރެވޭކަށް. ތަހުގީގަށް 2 މަސް ދުވަސް ހޭދަކޮށްގެންވެސް އޭސީސީއަށް ނުފެނުނު ހެލްތު މިނިސްޓްރީއިން ކުނިކޮޅެއްވެސް. ބިޑު ފައިނަލް ކުރުމުގައިވެސް އަދި ފައިސާ ދެއްކުމުގައިވެސް އޭނާގެ ދައުރެއް އަދާކޮށްފައި ނުވާއިރު މިކަމުގައި ދައުރެއް އަދާކުރި މީހުން ފަހަތުން އުޅުނިއްޔާ މައްސަލަވެސް އަވަހަށް ނިމިދާނެހެން ހީވޭ.
ހަކީމް
03 December 2020
ނަޝީދު ނޫޅޭ ތިބުނާ މީހެއްގެ ފަހަތުންނެށް. ނަޝީދު އެބުނަނީ މައްސަލަ ބަލާށޭ. ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާން އެބަޖެހޭ.
ހަބަރުދާރު
03 December 2020
ނަޝީދަކީ މި ގައުމަށް ކުރިމަތިވި ބޮޑު މުސީބާތް. އޭނައަށް ބޮޑު ތަނުން ނޫނެކޭ ބުނީމަވެސް މި އުޅެނީ ކަންވާރު ފަށެއްގައި އެލި ގަނެގެންވެސް ވެރިކަމުގައި ހުންނަން. ކޯލިޝަން ހުރިހާ މިނިސްޓަރުން ވަކިކޮށް މުޅި ކޯލިޝަން ފުނޑާލިޔަސް ނަޝީދަކަށް މި ރާއްޖޭ ވެރިކަމުގެ ވަސް ޖެހޭ ހިސާބަށްވެސް ދެން ނާދެވޭނެ، އިންޝާﷲ
ޖޭމްސް1
03 December 2020
އެހެންވީމަ ދޯ ތިމާގެ އަމިއްލަ ޕާޓީ މެންބަރުން ވަޒީރުގެ އިތުބާރު އޮތް ކަމަށް ނިންމާފައި އޮތްވާ، ޕީޖީ ވަކި ގޮތެއް ނުނިންމަނީސް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ވެއްދީ؟ އެހެންވީމަ ދޯ ވެންޓިލޭޓަރު މައްސަލަ އުފަން ކުރުވުމުގެ ކުރީގައިވެސް މަޖިލީހަށް މިނިސްޓްރީ މުސްކުޅި މުވައްޒަފުން ތަކެއް އެއްކޮށްގެން ވަޒީރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުނީ؟ އަމީންގެ މަގުބޫލުކަން ނަޝީދަށް ހަމަ ހަޖަމު ނުވީ. އެކަން ނޭނގެނީ ކަލޭ ފަދަ ނަޝީދުގެ ދަޅައިގެ ޖެހިފައި ތިބި ބުރާންތިންނަށް
SHAHIN
03 December 2020
ބަޔަކަށް މުސާރަ ދޭންވެގެން ހައްދާފަ ހުރި ކޮމިޝަންތަކެއް، ހުސް ރިވިއު ކޮށްކޮށް ތިބެންވީ،
ޖޭވީ ފޮޓޯ
03 December 2020
ދައުވާ ނުކުރަން ޕީޖޭ އަކަށް ނުނިންމޭނެ އޭނަ އަންގަން ޖެހޭނީ ފުރީހަމަ ކުރަން