އޮސްޓިންގެ އަމިއްލަ މިލްކިއްޔާތު 2.4 ބިލިއަން ޑޮލަރަށް އަރާ
07 ޑިސެމްބަރ 2020 - 07:50
އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީން، މި ވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރަކީ ޓެކް ކުންފުންޏެއް ހިންގާ 25 އަހަރުގެ އެމެރިކާ މީހެއް ކަމަށް ފޯބްސް އިން ބުނެފި އެވެ.
އުމުރުން އެންމެ 17 އަހަރުގައި އުފެއްދި ލުމިނާ ޓެކްނޮލޮޖީން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު އޮސްޓިން ރަސަލްގެ މިލްކިއްޔާތު މިހާރު 2.4 ބިލިއަން ޑޮލަރަށް އަރަ އެވެ. ކާރުތަކަށް ބޭނުންވާ ލޭޒާ ސެންސާ އުފައްދާ ކުންފުންޏެއްގެ ގޮތުގައި އައި ލުމިނާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކޮށްފަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ހިއްސާގެ އަގު 28 ޕަސެންޓަށް އިތުރުވެ ކުންފުނީގެ އަގު މިހާރު 7.8 ބިލިއަން ޑޮލަރަށް އަރަ އެވެ. ލުމިނާގައި ރަސަލްގެ 104.7 މިލިއަން ޑޮލަރުގެ ހިއްސާ ހިމެނެ އެވެ.
އެމެރިކާގެ ކެލިފޯނިއާ އަށް އުފަން ރަސަލް ބުނި ގޮތުގައި އޭނާގެ ކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
Luminar founder and CEO Austin Russell, a 2018 #ForbesUnder30 alum, isn’t looking to take on self-driving tech giants, but instead is perfecting sensors that help autonomous cars “see” their surroundings by bouncing a laser beam off objects in their path https://t.co/TFnGKnDRsK pic.twitter.com/250ECgWjr3
— Forbes (@Forbes) December 3, 2020
"މި ހިސާބަށް މި އާދެވުނީ ވަރަށް ގިނަ އަޑިގުޑަންތަކަށް ފަހު. އެކަމަކު މިކަން ކާމިޔާބުވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލަށް ވާނެ،" އޭނާ ބުންޏެވެ.
އޮސްޓިން ބުނި ގޮތުގައި ލުމިނާގެ ކާމިޔާބީ އަކީ ވަރަށް ބޮޑު ގުރުބާނީއެކެވެ.
"އަހަރެން އަދި ވަރަށް ޒުވާން. އެކަމަކު ބުރަ މަސައްކަތާއި އަޒުމާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނެ،" އޭނާ ބުންޏެވެ. "އަހަންނަކީ ނަސީބު ރަނގަޅު މީހެކޭ ބުނާ ހިތްވަނީ."
"It comes down to very high IP....We have one of the most insane moats probably out of any company at this stage," says @Luminartech Founder & CEO Austin Russell on its lidar technology for #autonomous. pic.twitter.com/461kgR4kaC
— Squawk Box (@SquawkCNBC) December 3, 2020
އޮސްޓިން ބުނި ގޮތުގައި އެހާ ހަގު އުމުރުގައި ބިލިއަނަރަކަށްވުމަކީ މާ އާދަޔާހިލާފުކަމެއް ވެސް ނޫނެވެ. ސަބަބަކީ ލުމިނާ ވުޖޫދަށް ގެނައި ހިސާބުން ވެސް އަޒުމަކަށްވެފައި އޮތީ ކުންފުނި ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ހެދުމެވެ.
"އަހަރެން އަބަދު ވެސް ވިސްނަނީ ދުރު މުސްތަގުބަލަށް. އެހެންވީމާ ކަންކަން ދުރާލައި ޕްލޭންކޮށްގެން ކުރިއަށް ގެންދާ ކަމަށް ވަންޏާ ކާމިޔާބީއާ ހަމައަށް ދެވޭނެ،" 2012 ގައި އުފެއްދި ލުމިނާއާ ބެހޭ ގޮތުން އޮސްޓިން ބުންޏެވެ.
އޭނާ އެ ކުންފުނި އުފެއްދީ ސްޓޭންޑާޑް ޔުނިވަސިޓިގައި ފިޒިކްސްގެ ދާއިރާ އިން ކިޔަވަމުން ދިޔަ ކޯސް ވެސް ހުއްޓާލައިފަ އެވެ. އަދި ލުމިނާ ވުޖޫދަށް ގެނެވުނީ، ޕޭ-ޕަލްގެ ބާނީންގެ ތެރޭގައި ހިމެނޭ ޕިޓާ ތިއެލް ދޭ "ތިއެލް ފެލޯޝިޕް" ގެ ދަށުން ލިބުނު 100،000 ޑޮލަރު އިންވެސްޓްކޮށް، ކިޔެވުން ވެސް ހުއްޓާލައިގެންނެވެ.
އޮސްޓިން ބުނި ގޮތުގައި ލިޑާރް ޓެކްނޮލޮޖީ އަށް ބަރޯސާވާ އޭނާގެ ކުންފުނި ލުމިނާގެ ކުރިމަގު ކުރިއަށް އޮތީ އެވެ. ފޯބްސް އޭނާގެ ކާމިޔާބީ ސިފަކޮށްފައި ވަނީ "އަމިއްލަ މަސައްކަތުން ބިލިއަނަރަށްވި ޒުވާނެއް" ގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
07 December 2020
ﷲ އަށް އީމާންވެގެން ހުރެ މަރުވެގެން ދާތި. އެހެން ނޫނީ ތިޔަ ބިލިޔަން ޑޮލަރަކުން ކުރާނެ ފައިދާއެއް ނެތް.
ސާއީބު
07 December 2020
އޭނަ ގަބޫލު ކުރާއެއްޗެއް ގަބޫލު ކޮށްގެން އެހެރީ. ދެން އޭނަ އެކުރާކަމެއް ކުރަން ފުރުސަތުދީ. އޭނަގެ އައި ކިޔު އަހަރުމެންނަށް ވުރެ ރަގަޅހުކަން ސާބިތުވެއްޖެ.
ގެރިބޯ
07 December 2020
އައިކިޔު މޮޅުވުމެއް ނޫން ކާމިޔާބީއަކީ. އެއީ މިދުނިޔެއިން ލިބޭ އެއްޗެއް. އާޙިރުގައި ކާމިޔާބުއޮތީ ކުރި އަމަލަކުން..