ލައިފްސްޓައިލް / އަންހެނުން

މިއީ ބެގޭޓް ޕާނެއް ނޫން، އަތްދަބަހެއް

"ޕާން" އަތްދަބަހާ އެކު މޮޑެލްއެއް.

08 ޑިސެމްބަރ 2020 - 07:50

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި މޮސްކިނޯ އިން އަލަށް ނެރުނު އަތްދަބަހަކަށް އާންމުން ޖޯކް ޖަހައި، ފާޑުކިޔަން ފަށައިފި އެވެ.

އަންހެނުންނަށް ހާއްސަ މި އަތްދަބަސް ފަރުމާކޮށްފައި އޮތީ ބެގޭޓް ޕާނެއް ގޮތަށެވެ. ވެ. ދުރުން ބަލާލައިފި ނަމަ މި އަތްދަބަސް ހިފައިގެން ހުންނަ އިރު ހީވާނީ ދިގު ޕާނެއް ހިފައިގެން ހުރިހެންނެވެ. ތަފާތަކީ އޭގެ މެދުގައި މޮސްކިނޯގެ ލޯގޯ ވެސް ރަން ޕްލޭޓަކުން ހިމަނާފައި ވުމެވެ.

އަތްދަބަހުގެ އަގަކީ 1,013.95 ޑޮލަރު (15,665.53ރ.) އެވެ.

މިއަށް ޓްވިޓާގައި ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ އަތްދަބަހަކީ އާންމުކޮށް އަންހެނުން އެކި ބޭނުންތަކުގައި ބޭރުތެރޭގައި އުޅޭ އިރުގަ އާއި ހާއްސަ ހަފުލާތަކަށް ވެސް ދާއިރު ގެންގުޅޭ އެއްޗަކަށްވާތީ ރީތިވެލައިގެން "ބޮޑު ޕާނެއް" ހިފައިގެން ހުރުމަކީ ވެސް ބޮޑު ޖޯކަކަށްވާނެ ކަމަށެވެ.

އެހެންވެ ފެޝަން ކުންފުނިތަކުން ނެރޭ މި ޒާތުގެ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް ކުރާ މަލާމާތެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ. ބައެއް މީހުން ބުނީ މި އަތްދަބަސް އަދި އެއްޗަކަށް ވާނީ މީގައި ޗީޒާއި ހެމް ވެސް ވެސް ހިމެނުމުން ކަމަށެވެ.

ބައެއް މީހުން ބުނި ގޮތުގައި ފެޝަން ކުންފުނިތަކުން ހިތުހުރިހާ އެއްޗެއް ނެރުނަސް ކަސްޓަމަރުންނަކީ ގަމާރުން އަދި ޖޯކަރުންނެއް ނޫނެވެ. އެހެންވެ "ކޫސަނި" ކަންކަން ނުކޮށް އުފެއްދުންތެރި ހިޔާލުތަކަށް ވިޔަފާރިތައް ބައްޓަންކުރަން މާ ރަނގަޅުވާނެ ކަމަށް ބުނެފައިވެ އެވެ.

އަތްދަބަހަށް ފާޑުކީ ބައެއް މީހުން ބުނީ ހާހަކަށް ވުރެ އަގު ބޮޑުކޮށް "ޕާނެއް" ގަނެލައިގެން އުޅުމަށް ވުރެ އޭގެ އެތައް ގުނަ ހެޔޮކޮށް ޕާނެއް ގަނެލައިގެން ކާލައިފި ނަމަ މާ ރަނގަޅުވާނެ ކަމަށެވެ.

މީގެ ކުރިން ވެސް މޮސްކިނޯގެ ބައެއް ދަބަސް ފަރުމާތަކަށް ޖޯކު ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ސިނގިރެޓް ފިލްޓަރާއި ކޭކުފޮއްޗާއި ޕިއްޒާ އަޅާފޮށީގެ ޑިޒައިނަށް ހެދި ދަބަސް ހިމެނެ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 22%
icon angry icon angry 22%
icon wow icon wow 22%
icon inlove icon inlove 11%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454