މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

10 ޑިސެމްބަރ 2020 - 07:47

މިދިޔަ މަހުގެ މެދުތެރޭގައި ޝޫޓިން ފެށި "އަންތިމް" ގެ ކްރޫއާ ސަލްމާން ޚާން ގުޅިއްޖެ އެވެ.

މި ފިލްމަކީ ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާ ގޭންގްސްޓާރެއްގެ ރޯލު ކުޅޭ ފިލްމެކެވެ. "އަންތިމް" ގައި ސަލްމާން ކުޅެނީ ސިކް ފުލުހެއްގެ ރޯލެވެ. އެގޮތުން އޭނާ އާއި އާޔޫޝްގެ ބޮޑެތި ކުރިމަތިލުންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ.

އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ "އަންތިމް" ޝޫޓިން ނޮވެމްބަރު މަހުގެ 16 ގައި ޕޫނޭގައި ފެށުމަށް ފަހު، އެތަނުގެ ޝޫޓިން ނިންމާލައި ކާސްޓާއި ކްރޫ މި ވަގުތު ތިބީ ކަޖްރަތުގަ އެވެ. އެގޮތުން ބާކީ ހުރި މަންޒަރުތައް ނަގާނީ ކަޖްރަތާއި މުމްބާއީގަ އެވެ. ސަލްމާން "އަންތިމް" ގެ ކްރޫއާ ގުޅުނީ މި މަހުގެ 6 ގަ އެވެ. "ދަބަންގް 2" ގެ ރޯލެއް ކުޅުނު ނިތިކިން ދީރު ވެސް މި ފިލްމުގެ ރޯލަކުން ފެންނާނެ އެވެ.

"އަންތިމް" އަކީ 2018 ގައި ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ހިންދީ ރިމެކަކީ ސަލްމާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމެކެވެ.

"އަންތިމް" ސިނަމާތަކަށް ގެންނާނެ އިރެއް އަދި ނުނިންމަ އެވެ.

"ޕޯސް" އަކީ އެންތޮލޮޖީ ފިލްމެއް

ފަސް ޑައިރެކްޓަރު ހިއްސާވެގެން ހަދާފައިވާ އެންތޮލޮޖީ ފިލްމު "ޕޯސް" މި މަހުގެ 18 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ހަމަޖައްސައި، ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައި ވަނީ ރާޖް އެންޑް ޑީކޭ އާއި ނިކިލް އަދުވާނީ އާއި ނިތިޔާ މެހެރާ އާއި އަވިނާޝް އަރުން އެވެ.

"ޕޯސް" ގެ ކާސްޓުންގެ ތެރޭގައި ރަތުނާ ޕަތަކް ޝާހާއި ރިޗާ ޗައްޑާ އާއި ގުލްޝަން ދެވިއާ އާއި ސައްޔާމީ ކޭރް އަދި ލިލީތާ ޑޫބޭ ފަދަ ތަރިން ހިމެނެ އެވެ.

"ޕޯސް" ގެ ފަސް ސެގްމަންޓްގެ ގޮތުގައި ގެނެސްދޭނީ ރާޖް އެންޑް ޑީކޭގެ "ގްލިޗް" އާއި ނިކިލްގެ "އެޕާޓްމަންޓް" އާއި "ރެޓް-އަ-ޓެޓް" އާއި އަވިނާޝްގެ "ވިޝާނޫ" ގެ އިތުރުން ނިތިޔާގެ "ޗާންދު މުބާރަކް" އެވެ.

"ސައިލަންސް" ގައި ޕްރާޗީ

ޓީވީ ސިލްސިލާތައް ކުޅުމަށް ފަހު ފަހުން ބޮލީވުޑަށް ނުކުތް ނަމަވެސް މިހާތަނަށް މާ ގިނަ ފިލްމުތަކެއް ކުޅެފައި ނުވާ ބަތަލާ ޕްރާޗީ ދެސާއީ ޒީ5 ގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ވެބް ފިލްމެއްގެ ގޮތުގައި ހަދާ "ސައިލަންސް" ގެ ކާސްޓްގައި މަނޯޖް ބަޖްޕާއީ އާއި އަރުޖުން މާތޫރު ވެސް ހިމެނެ އެވެ.

އަބާން ބަރޫޗާ ޑިއޯހަންސް ޑައިރެޓްކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސާހިލް ވައިދު އާއި ވަގޫރް ޝެއިޚާއި ޝިޝިރު ޝަރުމާ ވެސް ހިމެނެ އެވެ. "ސައިލަންސް" ގެ ޝޫޓިން މި މަހުގެ 12 ގައި ފަށާނެ އެވެ. އަދި ފިލްމު ގެނެސްދޭނީ އަންނަ އަހަރު އެވެ.

ޕްރާޗީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބޯލް ބައްޗަން" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ގެ އިތުރުން "އަޒުހަރް" ހިމެނެ އެވެ.

ކާތިކަށް "ފްރެޑީ"

މިހާރު ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ގެ ޝޫޓިން އަށް ތައްޔާރުވެފައިވާ ކާތިކް އާރިޔަން "ފްރެޑީ" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި މި ފިލްމަކީ "ބީއޭ ޕާސް" އާއި "ސެކްޝަން 375" ގެނެސްދިން އަޖޭ ބާލް ޑައިރެކްޓްކުރާ ފިލްމެކެވެ. "ފްރެޑީ" ކިޔާ ފިލްމެއް ހަދަން އޭނާ ނިންމާފައި މި ވަނީ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް 2013 ގައި ގެނެސްދިން ޑާކް ތުރިލާ "އަގްލީ" ގެ ސީކްއެލްއާ ހަވާލުވެފައި ވަނިކޮށެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ކާތިކް "ފްރެޑީ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އަދި މި ފިލްމަކީ މީގެ ކުރިން ހިންދީ ސިނަމާއިން ފެނިފައި ނުވާނެ ކަހަލަ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ. އެ ނޫހުން ބުނިގޮތުގައި މި ފިލްމުގެ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ކާތިކް ވަރަށް ގިނަ ވޯކްޝޮޕްތަކެއްގައި ބައިވެރިވާނެ އެވެ.

އޭނާގެ އަތުގައި ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ގެ އިތުރުން ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ތެލެގޫ ފިލްމެއްގެ ރިމެކް ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454