ދުނިޔޭގެ ކުޅިވަރު / ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް އިން ބާސާ ބަލިކޮށްފި

09 ޑިސެމްބަރ 2020 - 12:12

8 comments

ބާސެލޯނާ (ޑިސެމްބަރު 9) – ޕެނަލްޓީން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ގޯލާ އެކު ބާސެލޯނާ 3-0 އިން ބަލިކޮށް ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ ގްރޫޖް ޖީ ގެ އެއް ވަނަ ހޯދައިފި އެވެ.

މި މެޗު ސިފަވެގެން ދިޔައީ ރޮނާލްޑޯ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. ރޮނާލްޑޯ ފުރަތަމަ ގޯލް ޕެނަލްޓީން ޖެހީ 13 ވަނަ މިނެޓުގަ އެވެ. އޭގެ ހަ މިނެޓު ފަހުން ދެ ވަނަ ގޯލް ޖެހީ އެމެރިކާގެ ވެސްޓަން މެކްކެނީ އެވެ. ރޮނާލްޑޯ ތިން ވަނަ ގޯލް ޕެނަލްޓީން ޖެހޯ 52 ވަނަ މިނެޓުގަ އެވެ.

ޔުވެންޓަސް އާއި ބާސެލޯނާ އިން 15 ޕޮއިންޓް ހޯދާފައިވާއިރު ޔުވެންޓަސް އަށް އެއް ވަނަ ލިބެނީ ހެޑް-ޓު-ހެޑް އިންނެވެ. މި ދެ ޓީމު ޓިއުރިންގައި ކުޅުނު މެޗު ބާސެލޯނާ ކާމިޔާބުކުރީ 2-0 އިންނެވެ. އެ މެޗުގައި ކޮވިޑުގެ ސަބަބުން ރޮނާލްޑޯ ނުކުޅެ އެވެ.

ގްރޫޕުގެ ތިން ވަނަ އަށް ގޮސް ޔުރޮޕާ ލީގުން ޖާގަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި ޑައިނަމޯ ކިއޭވް އަށެވެ. ހަންގޭރީގެ ފެރެންސްވަރޯސް އެއް ޕޮއިންޓާ އެކު ކެޓީ އެވެ.

"އަހަރެމެން ޑާބީ ގައި (ޓޮރިނޯ އާ ދެކޮޅަށް) ދެއްކި ގޮތަށް މޮޅުވާން ބޭނުން ވެގެން މިގޮތަށް ކުޅެފި ނަމަ އަހަރެމެން ބޭނުންވާ ނަތީޖާ ގެންނާނަން. ދެން އޮތް އަމާޒަކީ މި ގޮތަށް ހުރިހާ މެޗެއްގައި ކުޅުނު،" ޔުވެންޓަސްގެ ލެއޮނާޑޯ ބޮނޫޗީ ބުންޏެވެ.

8 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 6%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑޭ ޗޒ

09 December 2020

ފައިގަ ޖެހުނީ މުޅިއެކު 3 ބޯލަ. 2 ޕެނަލްޓީއާ އެކު. އެހެން މީހަކު ޕެ. ޖެހިނަމަވެސް ވަނީސް. މީގަ ދެން ވަނީމަ މޮޅުވީ.

The name is already taken The name is available. Register?

ރުޒައިނާ

09 December 2020

ބަލަ ލޮކްޑައުންގެ ފަހުން މެސީ ޖެހި ގިނަ ލަނޑަކީ ޕެނަލްޓީކަން ބާރސާ ފޭން ބޯއީސްއަށް ނޭނގުމަކީ ލަދުވެތިކަމެއް ނޫންތަ؟ ޕެނަލްޓީ ނޫން 5ލަނޑު ޖެހުނު ކަމާމެދުވެސް ޝައްކު.

The name is already taken The name is available. Register?

ބަކުރު 24444444

09 December 2020

ހެެހެހެހެ. ބަލި ކޮއްފދަ އެއޮތީ

The name is already taken The name is available. Register?

ހަބީބާ

09 December 2020

ޕެނަލްޑޯ!!1 ދެލަނޑުވެސް ޕެނަލްޓީ

The name is already taken The name is available. Register?

އޮޒިލް

09 December 2020

ޕެސީއޯ؟؟ ޗެމްޕިއަންސް ލީގުގަ ތިން ގޯލު. އެއީ ތިން ޕެނަލްޓީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

09 December 2020

ސާބަހޭ ޔުވޭ.ބާސާ އިން ޑިކްލައިން؟

The name is already taken The name is available. Register?

ޢިބޫ

09 December 2020

ކިރިޔާ ޖެހިލާ އިރަށް ވާރ ބަލައިގެން ޕެނަލްޓީތަށްދޭ .. ރެފްރީ އަދި ވާރ ޕެނެލްގަ ތިބޭ އޮފިޝަލުންނަށް ވަރަށް ބޮޑަށް މެޗްތައް ވަކި ކޮޅަކަށް އަނބުރާލުމަށް ބާރު ލިބޭ މިހާރު މިގެނެސްގެން އުޅޭ ސިސްޓަމަކުން ..ފުޓްބޯޅަ މިހާރު މުޅިން ހަލާކުވެއްޖެ.

The name is already taken The name is available. Register?

ޕޮގުބަ

09 December 2020

މެސީ ކުޅުނީ ގޯލްކީޕަރަކަށް ރޮނާލްޑޯ ލަނޑް ޖެހިބާ ޔަގީންޖަހާނެކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454