ޚަބަރު / އުމަރު ނަސީރު

އިދިކޮޅު އިއްތިހާދަކީ ސައިބޯނި ބޮއްކެއް، ބިރެއް ނޫން: އުމަރު

ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: އިދިކޮޅު ކޯލިޝަނަކީ ސަރުކާރަށް ބިރެއް ނޫން ކަމަށް އޭނާ ވިދާޅުވި. --މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ފަރާތްތައް ގުޅިގެން އިއްޔެ އުފެއްދި އިއްތިހާދަކީ "ސައިބޯނި ބޮއްކެއް" ކަމަށާއި އެއީ ސަރުކާރަށް ބިރެއް އަދި ޕްރެޝަރެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ލަންޑަންގައި އުފެއްދި އިދިކޮޅު އިއްތިހާދާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން އުމަރު އިއްޔެ ވިދާޅުވީ އެ ހަރަކާތުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވާ އިރު، އިއްތިހާދު ލީޑް ކުރަން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ ހަވާލު ކުރެއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ކޯލިޝަން ލީޑް ކުރުން، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލާ ހަވާލުކުރެއްވިޔަސް، އިންތިހާބަކާ ހަމަ އަށް ދާއިރު މަންޒަރު މުޅިން ބަދަލުވެ ރައީސް ކަމަށް ކުރިމަތިލައްވާނީ ނަޝީދެވެ.

ނައިބު ރައީސް ކަމުގެ ހުވާ މުހައްމަދު ޖަމީލް ނޮވެމްބަރު 17، 2013ގައި ކުރައްވަނީ: އިދިކޮޅު އިއްތިހާދު ލީޑް ކުރައްވަނީ ޖަމީލް.---ފައިލް ފޮޓޯ: ރައީސް އޮފީސް

"އެކަމަކު ޖަމީލަކީ ވެސް ވަރަށް ސްމާޓް ބޭފުޅެއް. ޖަމީލު ވެސް ސިޔާސީ ގޮތުން ކުޅުއްވާނެ. އެކަން ހަނދާން ކުރަން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިކަހަލަ އިއްތިހާދުތައް މަސައްކަތް ކުރާނެ ގޮތް. މި އިއްތިހާދުގައި ވެސް ގިނަ އިން އެ ތިއްބެވީ ސިޔާސީ ވާދަވެރިން. އެހެންވީމާ އިއްތިހާދު ކާމިޔާބުކަމާ އެކު ކުރި އަށް ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް."

ރައީސް ޔާމީން މަގާމުން ދުރުކޮށް 2018ގެ ކުރިން ރިއާސީ އިންތިހާބެއް ބޭއްވުމަކީ ޔުނައިޓެޑް އޮޕޮޒިޝަންގެ އެންމެ މުހިންމު މަގުސަދު ކަމަށް ވާ އިރު އެކަން ކާމިޔާބުވާނެ ކަމަކަށް ވެސް އުމަރު ދެކެވަޑައެއް ނުގަންނަވަ އެވެ.

އިދިކޮޅު އިއްތިހާދުން ލަންޑަންގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު އިއްތިހާދުގައި ޖަމީލް އިސްވެ ހަރަކާތްތެރިވާ އިރު، ރައީސް ޔާމީން ވެރިކަމުން ދުރުކުރެވިއްޖެ ނަމަ، އެ އިއްތިހާދުން ނުކުންނަވާނެ ކެންޑިޑޭޓަކު އަދި ނުނިންމަ އެވެ.

ޔުނައިޓެޑް އޮޕޮޒިޝަންގައި ތިން އެޑްވައިޒަރުންނާއި 19 ހިޔަނި ވަޒީރުން ތިއްބަވަ އެވެ. އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވީ ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އެއީ މުޅިން ވެސް ޖަލު ހުކުމްގައި ތިއްބެވި ބޭފުޅުންނެވެ.

43 ކޮމެންޓް, 106 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 1%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2018 އުމަރު

04 June 2016

އިއްޒަތް ލިބިގެންވާ ޕީޕީއެމް އެވެ. ޒުވާނުންނާއި ސިޔާސީ ބާރުވެރިންނާއި ފައިސާވެރިން އެކަހެރި ކޮށް ރައީސް ޔާމީނަށް އޮތް ތާއީދު ކުޑަކޮށް 2018 އަށް ބާރަށް ކުރިއަށް އުމަރު ގެ ވިހިފޫޓުގެ ހަރުގަނޑު ތައް އަތުރަނީއެވެ. ރައީސް ޔާމީނަށް ވަފާތެރި މީހަކު ހުރިއްޔާ އެމީހަކު އެކަހެރި ކުރުމަކީ މިވިސްނުމުގެ ބައެކެވެ. އުމަރު ގަބޫލުކުރާ ގޮތުންނަމަ ރައީސް ޔާމީނަކީ ވަގެކެވެ، ކުއްވެރި އެކެވެ. މުޖުރިމެކެވެ. އަދި ހަމަ އެހެންމެ މިހާރު އުމަރު 2018 އިއުލާނު ކޮށްފިނަމަ އޮތީ ޖަލުކަން އޭނާއަށް އެގެއެވެ. ފަހަތުގައި ވަރުގަދަ ސިޔާސީ ލީޑަރުން އެބަތިއްބެވެ. ނެތީ ރައްޔިތުންގެ ރުހުމެވެ. އުމަރު މިހާރު ކުރާ ކޮންމެ ކަމެއްގެ ހިޔަނި އެޅޭނީ ރައީސް ޔާމީނަށެވެ. އުމަރު ސޭފެވެ. ޒުވާނުންނަށް ދުއްތުރާކުރުމާއި، ނިޒާމުތައް ފުނޑާލުމުން ބަދުނާމު ވާނީ ވެރިމީހާއެވެ. މީނާ ބުނާނެތެވެ، ތިމަން އެޅި ކޮންމެ ފިޔަވަޅެއް އެޅީ ވެރިމީހާގެ އޯޑަރަށެވެ. ރައީސް މައުމޫނާއި ޔާމީނު ޖެއްސުމުގެ ބޭނުމަކީ ވެސް އެއީއެވެ. ރައީސް ޔާމީނުގެ މެޝިން އަދީބު އެކަހެރި ކުރުމަށް ގިނަ ޕްލޭން ތަކެއް ހެދިއެވެ. އުމަރު ބުނާނެތެވެ. ރައީސް ޔާމީނުގެ ކަޅުފޮށި މިހާރު އޮތީ ތިމަންގެ އަތުގައެވެ.

The name is already taken The name is available. Register?

ވިލޭއަލި

03 June 2016

އެބައިގަނޑު ރުޅިއަންނަނީ ދިވެހިން ދެކެ. ބޭނުންވަނީ ދިވެހިންގެ ލޭ ބޯލަން. ހުރިހާ އެންމެނަށް ބޯހިޔާވަހިކަން ހޯދައި ދީފާނެތީއާ ބްރިޖް އަޅާފާނެތީ އެމް ޑީ ޕީ މީހުންނާ ކޯލިޝަންގެ މީހުން ވަރަށް ކަން ބޮޑުވެ ޖެހިލުންވޭ. ޔާﷲ މި ޢަދާވާތްތެރިންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވާންދޭވެ.

The name is already taken The name is available. Register?

އުމަރު

03 June 2016

އުމަރު އެހެން އެބުނަނީ އިދިކޮޅު އިއްތިހާދު ވަރުގަދަކޮށް ކާމިޔާބްހޯދައިދޭން އަދި އެއީ އިދިކޮޅު އިއްތިހާރު އެއްކޮށް އެކަތިގަނޑަކަށް އޮތުމަށް އުމަރުދޭ ހިއްވަރެއް، އެހެންކަމުން އިދިކޮޅު އިއްތިހާދުން އުމަރު އެބުނާވާހަކައިން އިބްރަތް ހާސިލްކޮށް ސައިބޯނިބޮތްކަކަށް ނުވެ މިޝަން ކާމިޔާބްކުރުމަށް މަސައްކަތްކުރުން މުހިންމު، އުމަރަކީ އަދި ތިޔަ ސައިބޯނިބޮކީގެ ތެރޭގައި ހުންނަވާނެ ބޭފުޅެއްކަން ތިޔަ އިއްތިހާދުން ދެކެންވާނެ އެހެންކަމުން އެކީގައި މަސައްކަތް ނުކުރެވޭ ހާލަތަކަށް ތިޔަ ކޯލިޝަނުން ގޮސްގެންނުވާނެ އުމަރާދިމާލަށް އިދިކޮޅު އިއްތިހާދުން އެއްޗެއް ނުބުނުމަށް އަހަރެން އެދެން

The name is already taken The name is available. Register?

ފަލަޑޭ

02 June 2016

ވައްޓަލާނަން މިފަހަރު.......... އެގިއްޖެ.

The name is already taken The name is available. Register?

ރިދަމް

02 June 2016

އިދިކޮޅު އިއްތިހާދު ޔާރާ ދިލްދާރާ ލަވަކިޔަން ލަންޑަނުގައި ވަން ހަންޑްރެޑް މިލިއަން މައިލް އަވޭ ގައި ތިއްބާ ޕީޕީއެމް އިން މިއަދު މިވަނީ މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅާ 50 ހާސް ފްލެޓްސް ތައް މާލެ ސަރަހައްދުގައި އަޅާ ވަން ހަންޑްރެޑް މިލިއަން މީހުންގެ ހިތް ތަކުން ވިން ވެފައެވެ. ބްރިޖް މަތީގައި ނަށާލާ ހުރިހާ ކުދިން ހަނދުވަރުގެ އަލީގައި. އޯއް ޗޮއް، ޗޮއް، އޮއޮއޯއޯ، އޮއޮއޯއޯ، އޯއް، އޯއް، އަހަރުމެން މިނަށާލަނީ އެއީ އޯވަރ ވޯޓަރ ބްރިޖް މަތީގައި އުފާވެރިކަމާއި އެކު އެވެ. އަހަރުމެން މިނަށާލަނީ އެއީ މާލެ ސަރަހައްދުން އެންމެންނަށް ފްލެޓްސް ތައް ކުޑަ އަގުގައި ލިބޭތީއެވެ. އަހަރުމެން މިނަށާލަނީ އަހަރުމެންގެ ވެރިކަމުގައި އެޅި ބްރިޖްގެ އޮމާން ޑާންސް ފްލޯރ މަތީގައި ތިބެގެންނެވެ. އަހަރުމެންނަކީ އެއީ ޕީޕީއެމް އަދި އަހަރުމެންނަކީ އެއީ ބިއުޓިފުލް މައިންޑުންނެވެ. އަހަރުމެންނަކީ އެއީ ހުރިހާ ކުދިންގެ ހިތުގެ ވެސް ރިދަމް އެވެ. ހުރިހާ ކުދިންގެ ވެސް ހިތުގެ ރިދަމް އެވެ. ވީއާރ ޑާންސިންގް ތްރޫ ދަ ނައިޓް.. ޑާންސް ތްރޫ ދަ ނައިޓް..

The name is already taken The name is available. Register?

ހަންފުޑު...

02 June 2016

ހައްލަކީ އުމަރު މަރަކީ ޑުރަގަން ފެންނާނީ އެންމެ 10 މޭލް ދުރު ރައީސް ނަޝީދަން ފެންނާނެ 40 މޭލް ދުރު މީތަފާތަކީ ޤަބޫލުކުރިޔަސް ނުކުރިޔަސް

The name is already taken The name is available. Register?

ފާސްޓް

02 June 2016

ޕީޕީއެމް ލީޑް ކުރާ ކޯލިޝަން ސަރުކާރުން ނުޖެހޭނެ އެމްޑީޕީން ވެރިކަން ކުރި ގޮތަށް ވޯލްޑް ބޭންކް ގެ ރިޕޯރޓްސް ތައް ބަލައިގެން ޔާރާ ދިލްދާރާ ލަވަކިޔަން. ޕީޕީއެމް އިން އަބަދުވެސް ބަލަން ޖެހޭނީ އަމިއްލަ ރާގަށް ރާއްޖޭގެ އިކޮނޮމީ ޑްރައިވް ކުރެވޭތޯ. ވޯލްޑް ބޭންކް މަހަށް ދާން ޖެހޭނީ ދިވެހިންނާއި ޖެހުނީމާ. ރިޒާރވް އެއޮތީ 700 މިލިއަން ޑޮލަރަށް އަރުވާފައި. ނިންމާނީ އަހަރު ނިމިގެން ދާއިރު 1 ބިލިއަން ޑޮލަރަށް ވުރެން މަތި ކޮށްފައެވެ. ސަރުކާރުން އަދި ވެސް މާލެ ސަރަހައްދަށް އިންޖެކްޓް ކުރަންވީ ގިނަ އިން ބިންތައް މާލެ ކައިރިން. އެއިރަށް ވޯލްޑް ބޭންކް ވެސް ކޮސް ކޮށްލާވަރަށް އެބިންތަކުގެ މަހު ކުލިން ދައުލަތުގެ ޚަޒާނާ ފުރާލާނަން ބުދުޖެހި ނޫޓުންނާއި އަދި އޮޑި ޖެހި ނޫޓުން. އެމްޑީޕީގައި ތިބި ކަންޓްރީ ސައިޑްގެ ކިރުބޯ ޅަދަރިންނަށް އިކޮނޮމީ އިނގޭނަމަ އެފްރިކާގެ ބަކޯ ހަރާމް އަށް ވެސް އިނގޭނެ އިކޮނޮމީ.

The name is already taken The name is available. Register?

ވޭސް

02 June 2016

އިދިކޮޅު އިއްތިހާދު ސައިބޯނޮ ބޮއްކެއް ގޮތަށް ހުލިވެގެން ދާނެ ސަރުކާރުން ވަރުގަދަ ޕްލޭންސް ތަކާއި އެކު ވަރުގަަދަ ސްޓެރެޓެޖީ އެއް މިކަމުގައި އެކުލަވާލައިފިނަމަ. އެގޮތުން ފުރަތަމަ ވެސް ސަރުކާރުން ގަސްތު ކުރަންވީ ދެން ކޮންމެ ހަފްތާ އެއް ސަރުކާރުން ފަށާނީ ސުޕަރ ސަންޑޭ އަކުންނެވެ. އަދި ސަރުކާރު ވީކް އެންޑް އަށް ނިންމާނީ ސުޕަރ ތާރސްޑޭ އަކުންނެވެ. މިއިން ކޮންމެ ސްޕަރ ޑޭ އެއްގައި ސަރުކާރުން ޖެހޭނެ ރައްޔިތުންގެ ލާބައާއި މަންފާ އަށް ޓަކައި ގިނަ ގުނަ ކަންކަން ފައްޓަވާ ދެއްވަން. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ މެޑިކަލް ޑޮކްޓަރުންނަކީ އެއީ ދިވެހިންނަށް ޓަކައި ހެދުމުގެ ރޯޑް މެޕް އިއުލާން ކުރުމަށް ފަހު މެލޭޝިއާ އާއި ރާއްޖޭގެ ސަރުކާރާއި ގުޅިގެން މެލޭ ބޭންކް އިން ލޯން ނަގައިގެން މިކަން ކުރަން ރޭވުން މީ ވެސް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނާނެ ކަމެކެވެ. މިފަދަ ނުވެ ހުރި ހުރިހާ ކަންކަން ބަލަންވީ ކުރެވޭތޯ. ޕީޕީއެމްގެ ނަސީބު ކަމަށް ވެސް ވެދާނެ އިދިކޮޅު ފަރާތް ތަކުން ކޯލިޝަން އެެއް އުފެއްދުން އެއީ ވެސް.

The name is already taken The name is available. Register?

ލުކްވެލް

02 June 2016

އިދިކޮޅު އިއްތިހާދު ސައިބޯނި ބޮއްކަކަށް ހެދޭނީ އެއީ މިސަރުކާރުން އިދިކޮޅު އިއްތިހާދު ބިރު ގަންނަވަރުގެ ބޮޑެތި ޕްރޮޖެކްޓްސް ތައް މާލެ ސަރަހައްދަށް އިންޖެކްޓް ކޮށްގެންނެވެ. މާލެ ސަރަހައްދުގައި ކުރާ ހުރިހާ އިންވެސްޓްމަންޓްސް ތަކަކީ އެއީ ވަރަށް މަޝްހޫރުވެފައި އަދި އޭގެ ސަބަބުން ސަރުކާރުގެ ކްރެޑިޓް ރޭޓިންގް ވަރަށް މަތިވެގެން ދާނެ ކަމެކެވެ. ރައީސް މައުމޫނުގެ ވެރިކަން ނުވެއްޓުނީސް ހުޅުމާލޭން މަދުވެގެން 5000 ގޯތި އެއިރު ސަރުކާރަށް މަހަކު އަކަފޫޓަކަށް 1 ރުފިޔާ ދަައްކާ ގޮތަށް 5000 މީހުންނަށް 100 އަހަރަށް ކުއްޔަށް ދޫކޮށް ލިނަމަ. އެހެން ނަމަ އެއީ ނަގާފައިވެސް 20 ހާސް މީހުންގެ ވޯޓް އެވެ. އެކަމަކު އެއިރު މިނިސްޓަރުންގެ ބަސް އަހައިގެން ރައީސް މައުމޫނު އެކަން ނުކުރެއްވި ކަމުގެ ނަތީޖާ އަކީ އިންތިޚާބު ނާކާމިޔާބު ވުމެވެ. ރައީސް އޮފީސް މިކަން ދަނެގަންނަންވީ ވަރަށް ރަނގަޅަށް. ސަރުކާރުގެ އިކޮނޮމިކް ކައުންސިލު ރިޗާރޖް ކުރަންވީއެވެ. އެއްގޮތަކަށް ވެސް އެކައުންސިލު ރަނގަޅަށް މަސައްކަތް ކުރާ ކަމަކަށް އަޅުގަނޑުމެން ގަބޫލުނުކުރަމެވެ.

The name is already taken The name is available. Register?

ކަޅުއޮއްފުންމި

02 June 2016

އުމަރު ނަސީރަށް ކުރެވޭނެ ކަމަކީ "ކަޅު އޮއް ފުންމި' އަނގަޔަށް ލައިގެން ފުންމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454