ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ޓަވަރެއް: ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް ފްލެޓް ކޮމިޓީން ބުނޭ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
09 ޑިސެމްބަރ 2020 - 21:24
ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި ކެޓަގަރީން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފުތާގައި އާއްމުކޮށް، ހުރިހާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާންކުރެވޭތޯ ބަލަމުން އަންނަ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.
ފްލެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޓީގެ މެމްބަރު ތޯހާ އަހްމަދު ވިދާޅުވީ މިހާތަނަށް ވަގުތީ ލިސްޓު ނުނެރެވި އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކެޓަގަރީ އެކަނި ކަމަށެވެ. އުއްމީދަކީ އަންނަ ހަފުތާގައި ވަގުތީ ލިސްޓު ފައިނަލްކޮށް ނެރުން ކަމަށް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހުޅުވާލި ކެޓަގަރީއަށް 1,000 ފްލެޓް ހާއްސަކުރި އެވެ.
ތޯހާ ވިދާޅުވި ގޮތުގައި ކޮމިޓީން މިހާރު ކުރަމުން އަންނަނީ 11 ކެޓަގަރީގެ ވަގުތީ ލިސްޓުތަކަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތެވެ.
"ސިވިލް ސާވިސް މުވައްޒަފުންގެ ލިސްޓުގެ ޝަކުވާތައް ނިންމައި އުއްމީދުކުރަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ދާއިމީ ލިސްޓް ފައިނަލް ކުރެވޭނެ ކަމަށް،" ތޯހާ ވިދާޅުވި އެވެ.
ފްލެޓް ކޮމިޓީން އެންމެ ފަހުން އާއްމުކުރީ އެންމެ ގިނަ ބަޔަކު ފޯމުލީ އެޗް7 ކެޓަގަރީ އެވެ. ގާތްގަނޑަކަށް 9،000 މީހުން ކުރިމަތިލީ 18-40 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލި އެ ކެޓަގަރީގެ ވަގުތީ ލިސްޓާ މެދު ގިނަ ޝަކުވާތަކެއް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދީފައިވާ ގޮތެވެ.
ހާލަތު ބަލާނެ އުސޫލު އާއްމުނުކޮށް އެ ކެޓަގަރީގެ ފޯމުތައް އިވެލުއޭޓްކޮށް ލިސްޓު އިއުލާންކުރިިއިރު، ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް އިއުލާންކުރި 600 އަށް ވުރެން ގިނަ މީހުންނަށް ޕޮއިންޓް މަދުވި ކަމުގެ މައްސަލަ ބޮޑެވެ. މި ޝަކުވާތަކާ ގުޅިގެން ފްލެޓް ކޮމިޓީން ވަނީ ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު އާއްމުކޮށްފަ އެވެ.
ހާލަތު ބެލުމުގެ ކުރިން މިންގަނޑު އާއްމުނުކުރީ އެއީ އެންމެ އިންސާފުވެރި ގޮތަކަށް ނުވެދާނެތީ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.
މި ސަރުކާރުގެ ވައުދަކީ އެ ފްލެޓްތައް އިންސާފުވެރިކަމާ އެކު ހައްގުވެރި ފަރާތަށް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލ
10 December 2020
ވަރަށް ނާއިންސާފު އެޗް ސެވަން އިން އެންމެ ގިނަ މީހުން ކުރިމަތިލިއިރު، މާލޭ މީހުނަށް 770 ފްލެޓް އިތުރުކޮށް 1770 ފްލެޓަށް ބަދަލުވީ ކިހިނެތް ހެއްޔެވެ؟ ގިނަ ވޯޓު ލިބޭ ތޯ ޖެހި މަޅިއެއް ހެއްޔެވެ؟ ނޫނީ އެފްލެޓްތައް ކުއްޔަށް ދޫކޮށްގެން މާލޭގެ ކުލި ވެއްޓިދާނެތީ ތެޅޭ ތެޅުން ހެއްޔެވެ؟ ކުރިން އުޅޭނެފަދަ ގޮތެއްނެތި ހާލުގަ ޖެހުނު ކަމަށްބުނެ މާލޭ މީހުން ހޯދި ފްލެޓްތައްވެސް ހުރީ ކުއްޔަށް ދީފައެވެ.
ހިޔާ
10 December 2020
މީގައި ބޮޑަށް ދިމާވާ މައްސަލައަކީ ޕޮއިންޓުދިން ގޮތެއް ނޫން. ފުލެޓު ލިބޭނެކަމުގެ ލިޔުން ދައުލަތަކުން ރައްޔިތުމީހާއަށް ދިނުމަށްފަހު ރައްޔިތުމީހާގެ އެއްވެސް ކުށެއް ނެތި އަދި އެރައްޔިތުމީހާ ފުލެޓަށް ޝަރުޠު ހަމަވާއިރުވެސް ފުލެޓު ނުލިބޭނެކަމަށް ކަނޑައެޅުން. މީގައި ދައުލަތުގެ އަގު ރައްޔިތުމީހާގެ ކުރިމަތީގައި ވެއްޓިގެންދަނީ. ވިސްނާލަންވީ ކަމަކީ ދައުލަތެއްގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުންކަން. އަދި ރައްޔިތެއްނެތް ތަނެއްގައި ދައުލަތެއް ނޯންނާނެ ކަން.
ހިޔާވަހި
10 December 2020
ކުށެއްނެތް ރައްޔިތުމީހާއަށް ފުލެޓް ހައްޤުވޭތޯ ނުބަލައި ދިނުމަކީ މައްސަލައެއް ނޫންތޯ؟ އެއަމަލުގެ ސަބަބުން މިއަދު އެމީހުން އެއްފަރާތް ކޮށްލަންޖެހުމުގެ ޒިއްމާ ނަގަން ޖެހެނީ މި ސަރުކާރުންތޯ؟
ހިޔާވަށި
10 December 2020
ބުނަންއުޅޭ އެއްޗެއް އެންމެ ފުރަތަމަ ދިވެހިން ލިޔެ ފަރިތަކުރުމަށްފަހު ކޮމެންޓުކުރާނަމަ އެކޮމެންޓް ކިޔާމީހުންނަށް އޭގެން އެއްޗެއް ދޭހަވެދާނެ. މީގައި ބުނެފައި އެއޮތީ ދައުލަތުގެ ދޯހަޅިކަމުގެ ޒިންމާ ރައްޔިތުމީހާ ނަގާކަށް ނުޖެހެއޭ. އެކަން ދިފާއުކުރަން ލިޔެވޭ އެއްޗެއް ނޭނގި ކޮމެންޓުތިޔަކުރަނީ ދައުލަތައް ބަލަދުއަރާ މީހަކީތޯ؟
އަހުމަދުބޭ
10 December 2020
ތިޔަކަމެއް ނުވިއެއްނު، ތިޔަހުރިހައި ސަކަރާތް ނުޖަހައި ތިޔަފުލެޓްތަށް ހަވާލް ކޮއްބަލަ މިހާރުވެސް މިއުޅެނީ ކިރިޔަކިރިޔާ
ނާއިލާ
10 December 2020
މިސަރުކާރުގެ ވައުދު ފުއްދާތަނެއް ނޫން ފެންނަނީ .އެޖެންޑާގަޑުގަ ލިޔެފައޮތީ ބަދަލު ހިފުން . ހައްޤުވެރިންކަށަވަރު ކުރަނީ ނިކަމެތިންގެ ހައްޤުފޭރި ލިބޭމީހާއަށް . ގެދޮރުހުރިމީހުންނަށް އިތުރު އާއްމުދަނީއެއް ހޯދަން ފުލެޓް ކުއްޔަށް ދޭން ވިސްނާނެ ގޮތައް . އެބަޔަކު އަގުބޮޑު ފުރިހަމަ ފުލެޓް ތަކެއްގަ އުޅެމުން ކޮތަރު ކޮށިތަކަށް ދިރިއުޅޭކަށްނުދާނެ . ކޮތަރު ކޮށި އިންތިހާއަށް ބޭނުންވެފަ ދިރިއުޅުމުގެހާލަތް ދަށުންމާކްސް ލިބުނުބަޔަކަށްފުލެޓް ދޭން ޖެހެނީ ،
ނާގާބިލު ސަރުކާރު
10 December 2020
ނިކަން އަމިއްލައަށް ފްލެޓް އަޅާގެން ޕާޓީ އަށް ބަހާ ބަލަ.. ލަދެއް ވެސް ނުގަނެއެވެ. މީހުން ކުރި މަސައްކަތް ހައްޤުވެރިން ގެ އަތުން ފޭރިގެން ފައި ނުހައްޤު ވެރިންނަށް ތިދެނީ ކޮންފަދަ އަނިޔާއެއް ހޭ؟
އެއްމެން ކޯޓަށްދޭ
10 December 2020
ކޯޓަށް ދާނަމެވެ.މަގޭ އަތުން އެއްމެ 00.24 ޕޮއިންޓް އުނިކޮށް ފައި ފްލެޓް ކަޓްވާލި މައްސަލާގައެވެ.ކުރިން ދިރި އުޅުގެ ހާލަތުގެ ބައިން 31 ޕޮއިންޓް ލިބިފައި މިފަހަރު 24.24 އަށް މަދުވި ގޮތެއް ކޯޓުން ބަލާ ދޭން ޖެހޭނެއެވއ. އަނެއް ބައި މީހުނަށް ދިރިއުޅުމުގެ ހާލަތުގެ ބައިން ކުރިން 20 ޕޮއިންޓް އިނދެފައި މިހާރު 25.25 އަށް ބޮޑުވި ގޮތެއް ވެސް ކޯޓުން ބަލައިދޭން ވާނެ އެވެ. އެއްމެން ކޯޓަށް ދޭ. ހައްޤު ހޯދަން ވާނެ އެވެ.ދޫކޮށް ލާގެން ނުވާނެ
އަލިފް ހ
10 December 2020
ކޮބައިހޭ އެޗްް15؟؟ އެ ލިސްޓް އެކަށް ކާލީތަ؟؟
ޙަބީބު
09 December 2020
ކޮން މެ ސަކަރާތެއް ސަރުކާރުން ޖެހިޔަސް އެއީ ޔާ މިނު އެބޭފުޅުންނައް އަޅައިދީފަ ހުރިތަންތަން އެ މްޑީޕީޔައް ޖެހޭނީ ބޮޅެއްހަ މަ
ކޮބާ ފްލެޓް ހައްޤު
09 December 2020
އެ ބަޔަކީ ކޮމެޓީ ބޭނުންވާ ބަޔަކަށް ޕޮއިންޓް އިތުރު ކޮށްފައި ކަޓްވާލަން ބޭނުންވާ މީހުން ކަޓްވާލަން ހަދާފައިވާ" ދެފުށު މިޔަލީ ކަނޑިއެއް" ފަދަ ޓޫލްސް އެކެވެ. ކުރިން އަޅުގަޑަށް 30 ޕޮއިންޓް ލިބުނެވެ. ފްލެޓް ލިޔުން ވެސް ލިބުނެވެ. ދެމަފިރިން ނާއި ދެދަރިން ތިބެއެވެ. އަމިއްލަ ގެދޮރެއް ނެތެވެ.އެކަމަކު ދަރިން ބޮޑެތިވެ އުޅޭ ތަން ކުޑަވެ ކުލި ބޮޑުވި ވަރަކަށް ހަތަރު ޕޮއިންޓް އުނިވީ އެވެ. ނަތީޖާއަކީ 00.25 ޕޮއިންޓް މަދު ކޮށްފައި ފްލެޓް ކަޓްވާލީ އެވެ.
ބޮޑުތަކުރުފާނުގެ ވިންދުގަ
09 December 2020
މިސަރުކާރުން އިންސާފުން ކުރާކަމަކީ ރައްޔިތުންނަށް ލިބިފައިވާހުރި ހައްގު ނިގުޅައިގަތުން. މިސާލަކަށް ވަޒީފާގަ އުޅުނު މުއްދަތު 10 އަހަރު ނުވާ މީހުންނަށް 20 ޕޮއިންޓް އަދި 20 އަހަރަށް ވުރެ އިތުރަށް ވަޒީފާގައި ދެމިތިބި މީހުންނަށް ވަޒީފާގެ މުއްދަތަށް ފުލެޓްކޮމެޓީއިން 15 ޕޮއިންޓް ދިނުމަކީ ބޭއިންސާފުނޫންތޯ؟ މީގެ ބޭނުމަކީ ވަކިބަޔަކަށް ފްލެޓް ދީގެން މިކަން ނިންމާލުން. އަދި 18 - 40 އަހަރުގެ 700 ފުލެޓް އުނިކުރުމަކީވެސް ކިހާބޮޑު އަނިޔާއެއްތޯ؟