ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީ ފަޔާޒް: އޭނާގެ ސަސްޕެންޝަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އުވާލާފައި.
14 ޑިސެމްބަރ 2020 - 12:08
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒްގެ މައްޗަށް ތުހުމަތުކުރި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަަމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މިނިސްޓްރީ އަށް މުވައްޒަފުން ނުނެގުން ފަދަ ތުހުމަތުތައް ސިވިލް ސާވިސް ކޮމިޝަނުން ބެލީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އޭނާ ސަސްޕެންޑްކޮށްގެންނެވެ. އެކަމަކު އޮފީހަށް ނުކުންނެވުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ދީފަ އެވެ.
ކޮމިޝަނުން ނިންމީ ތަހުގީގު ކޮމިޓީއެއް އެކުލަވާލައި ބެލި މައްސަލަތަކުގައި ފަޔާޒް ގާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަކީ ކުރިން އަދި މި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ވެސް ރައްޔިތުންގެ އެންމެ ޝަކުވާ ބޮޑު އެއް ތަނެވެ. އެކަމަަކު މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައިވެ އެވެ.
ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޕީއެސްގެ މައްސަލަތަކެއް އެ މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅިއިރު ފަހަކަށް އައިސް މިނިސްޓްރީތަކުގައި ވަޒީރާއި ޕީއެސްއާ ދެމެދު އެކި މައްސަލަތަކުގައި ހިޔާލުތަފާތުވުން ބޮޑެވެ. ވަޒީރުގެ ލަފާގެ މަތިން އެ މިނިސްޓްރީއަކަށް ޕީއެސް އައްޔަންކުރި ނަމަވެސް ޕާމަނަންޓް ސެކްރެޓަރީންނާ ގުޅޭ އެކި މައްސަލަތައް ފެންމަތިވެ ސިވިލް ސާވިސް ކޮމިޝަނުން ފިޔަވަޅު ވެސް އަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިފުޅު3
15 December 2020
މިއޮތީ ގާނޫނު އިސްލާހު ކުރަން ޖެހިފައެވެ. މި ރާއްޖޭގައި ހންގުމުގެ ދާއިރާ ތަރުތީބުވެފަ އޮންނަ ގޮތުން ޕީއެސް ގެ މަގާމަކީ ބޭކާރު މަގާމެކެވެ. އެ ވަގުތަކު ހުންނަ ވަޒީރަކު އޭނާ އަށް ފެންނަ މުވައްޒަފަކާ މި މަސްއޫލިއްޔތު ހަވާލު ކުރީމަ ރަނގަޅުވާނެއެވެ.
ޖދޖދޖ
14 December 2020
ކޮބާ ޕީއެސް އެދުވަހު އަހަރުމެން 11 މީހުން ކަނޑާލަން އުޅުނު ގޮތް ހަދުމަވޭބާ. އެދުވަހު ނަހުލާ ބުނިހާގޮތް ހަަދައިގެން އަހަރުމެން ބޭރު ކުރީ. އެންމެ ފަހު ވަގުތުވެސް ބުނީ ތިތިބަ ދަނީ އޭ ހުރިހާ އެކްސެސް އެއް ކަނޑާލާށޭ. އަހަރުމެން ލޮލުން އޮހޮރުނު ކަރުނަތަކުގެ ވޭން އިހްސާސްވާނެކަމަށް ހީކުރަން
ހަބީބާ
15 December 2020
ސަރުކާރު ވަޒީފާތަކަކީ ރައްޔިރުންގެ ލާރިން ޚަރަދުކޮށްގެން މަސައްކަތެއް ނުކޮން ހުންނަން ހުރި ވަޒީފާތަކެއް ނޫން. އެކަހަލަ މީހުން ހަމަ ދާންޖެހޭ.
ޖޫޑި
16 December 2020
ހަބީބާ އަށް އިހްސާސް ނުކުރެވޭނެ އެދުވަހު އަހަރުމެނަށް ހެދި ގޮތް މީ ތެދުކަން އިންޝާﷲ ވަރަށް އަވަހަށް ސާބިތު ވާނެ.
ހަންޏާމީދޫ ޙަސަނު
14 December 2020
މިހާރު އިވެނީ މީނާ އިސްތިޢުފާދިން ވާހަކަ.. ތެދެއްނަމަ، މިހާރު ނޫހުގައި އެ ޚަބަރު ޖަހާލަބަލަ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
14 December 2020
ވަޅު ދާއްޔަކު ނުތެޅޭނެ. ދާނިން ވަޅުގައި ތެޅޭނީ.
މޮސަލް
14 December 2020
ސިވިލްސާރިވިސްގެ ހަޔާތުގަ ވެސް އެއްތަނަކުން އެންމެ ގިނަ މުވައްޒަފުން ކަނޑާފައިވަނީ މީނަގެ ޕީ.އެސް ކަމުގަ. އޭގެ ތެރޭގައި 2 ޑީ.ޑީ.ޖީ އިން 11 އާދައިގެ މުވައްޒަފުން ގަޑި ޖެހިގެންނޭ ބުނެ ކަނޑާލާފައިވޭ އަދި މީގެ އިތުރަށް 6 މުވައްޒަފެއް އެކި އެކި ކުދިކުދި ކަންކަމުގައި ކަޑަލާފައިވޭ. މީ މި ސަރުކާރުގެ ވެސް ރެކޯޑު.
ޖޫޑި
14 December 2020
ފަޔާޒް، އަހަރުމްން ރޮއި ކަރުނަ އެޅި ހަނދާން ވޭބާ؟ މިހާރު ކޮބާ ފަޔާޒުގެ އެކްސެސް. ފޮރުވައިގެން ގެންގުޅުނު ސިޓީބިޓީ. ކީކޭ މީ ކީކޭ
ކަކުނިބޯ
15 December 2020
މަށަކީ ތިޔަ މިނިސްޓްރީގެ ޕީއެސްނަމަ އަދި އެއަށްވުރެ ގިނަ މުއްޒަފުން ކަޑާލާނެހެން ހީވަނީ ވަރަށް ފެންވަރުދަށް މިނިސްޓްރީއެއް އެއީ އެއިރު އެކަމު މިހާރު ކުރިއަށްވުރެ ތަންކޮޅެއް ރަނގަޅޭ ބުނެވޭނީ ކޮވިޑްތެރޭގަވެސް ފޯނުނަގާ ބޭނުންވާ މައުލޫމާތުވެސް ލިބުނު
SHAHIN
14 December 2020
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިކޮނޮމިކް މިނިސްޓްރީގެ ވޯރކްވިސާ ސެކްޝަނުން ވަކި ބައެއްގެ ކަންތައް އަވަސްކޮށް ދިނުމަކީ ކޮރަޕްޝަނަކަށް ނުވޭތޯ، ތަޖުރިބާއިން ދަންނަވަންޏާ ދެންނެވޭނީ މިހާއަވަހަށް އެތާގެ މުއައްޒިފުން އެތިބީ ފަސްގިއަރު ކުރީގައި،
މޮސަލް
14 December 2020
11 މުވައްޒަފުން ކަޑާލާފަ މާ ބޮޑު މޮޅެއް ލިބުނުތަ؟ އެ ކުދިން ކިހާ އާދޭހެއް ކުރި. ކިހާ ރުއިމެއް ރުއި. ކިހާ ވޭނެތް އެޅި. ކިތަފަހަރު ބައްދަލު ކުރަން ދިޔަ... ކީކޭތަ ބުނީ ބައްދަލު ކުރަން ދިޔައިމަ... ވަކި ކުރީ ހަމަ ވަކި ކުރަނ ްވެގެންނޭ ގަވާއިދާ ހިލާފު ވީމައޭ ނޫންތަ ބޭފުޅާ ބުނީ.. ބަލަ މިއަދު ދެން ކޮން ވާހަކައެއް ތި ދަައްކަނީ.. އެ 11 ނިކަމެތި މުވައްޒަފުން ވަކިކޮށް ކޮވިޑުގައި ކާނެ އެއްޗެއް ނެތި އެތިބީ ކޮންފަދަ ނިކަމެތި ހާލެއްގަ.. 11 ކުދިން އަބަދު ދުއާކުރޭ..
ހަބީބާ
15 December 2020
ސަރުކާރުގެ ވަޒީފާތަކަކީ މުސާރަނަގައިގެން ކަމެއް ނުކޮށް ތިބެން ހުންނަތަނެއް ނޫން. އެހެން ކަމަށްވާނަމަ އެއީ ރައްޔިތުންގެ ލަާރިއަށް ހަރާމްކޯރުވުން. އެއްފަހަރުވެސް ބަލާލިންތަ ތި ބުނާ މުވައްޒަފުންކައިރި އިސްލާހުކުރަން ކުރި އާދޭސް. ކިހާމަސައްކަތެއް ކުރިތޯ އެމީހުން އިސްލާހުވޭތޯ. ވަކިކުރީމައި ވަކިކުރިމީހާ ގޯސްވާނީ.
ނާޒިލް
14 December 2020
ނަހުލާއަކަށް ޓުރަންސްޕޯޓް ގެ ނޯހައުއް ނޭނގެ.އިސްތިއުފާ ދެއްވާ. 2އަހަރުން ނުވި ދެއްތޯ.
ހަސަނު1
14 December 2020
މީދެން މިހާރު ވަރަށްބޮޑުމައްސަލައެއް. ބައެއް ގޯސް މީހުން އުޅޭކަން ގަބޫލުކުރަން އެކަމަކު ތިމާ ބޭނުންވާމީހާ ނުވެއްދީމައި ނޫނީ ރަނގަޅަށް މަސައްކަތް ނުކުރާތީ ޕީއެސް އޭނަގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރީމައި ޒާތީގޮތުން ދިމާކޮށްލުމަކީ މިހާރު ހުރިހާ މިނިސްޓްރީގެވެސްއާދަ. ޕީއެސް ނުޖެހޭ ކޮންމެހެން ވަޒީރުބުނާ ހުރިހާއެއްޗަކަށް އާދެ ލައްބަ ބުނާކަށް. މުވައްޒަފުންގެ ހައްގުގައި އޭނާއަށް ފެންނަގޮތް ބުނަންޖެހޭ. ނުޖޭހޭ ސިޔާސީމީހުންތައް ގެނެސްއޮފީސް ފުރާލާކަށް.
އިސްމާލި
14 December 2020
ރަނގަޅު ވާހަކައެއް، އެކަމު އެ ސަކަރާތް ނުޖެހޭތީ ޕީއެސް އަށް އައްޔަން ކުރާ މީހަކީ "ވަޒީރު ގެ ލަފާގެ މަތިން" އައްޔަން ކުރާ މީހަކަށް ހެދީ. ބޭސިކަލީ ވަޒީރު ހިތްޕުޅާވާ މީހަކަށް ޕީއެސް އަކަށް ވެވޭނީ. ޕީ.އެސް އަށް ވަޒީރު ރުއްސާފައި، ސިވިލް ސަރވަންޓުންގެ ކަމަކާ އުޅެވޭ ވަރެއް ނުވޭ. ނުވިތާކަށް ސިވިލް ސަރވަންޓުންގެ ކަންތައް ނިންމަނީ އަދި ފަހުބަސް ބުނަނީވެސް ވަޒީރު. އެކަމަކު ޕީއެސް ގެ މަގާމުގެ އެއް ބޭނުމަކީ ސިޔާސީ ނުފޫޒުން މުވައްޒަފުން ސަލާމަތް ކުރުން.