ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ބައެއް ބޯޓުތައް--ފޮޓޯ:އެމްއޭސީޢެލް
15 ޑިސެމްބަރ 2020 - 11:00
ކޮވިޑް-19އާ ގުޅިގެން ސުމަކަށް ދިޔަ ރާއްޖޭގެ ޓޫރިޒަމް ދިރި، މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 ހުރަސްކޮށްފި އެވެ.
ވީއައިއޭގެ ދަތުރުތައް މިދިޔަ ހަފްތާއެއްހާ ދުވަހު 15 ޕަސެންޓަށް އިތުރުވެ، ރާއްޖެ އަންނަ ދަތުރުވެރިންގެ ނިސްބަތް ވަނީ 32 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިހާރު މި އޮތީ ކޮވިޑްގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ހާލަށް އަޅާފައި ކަމަށް، ދާއިރާގެ މީހުން ބުނެ އެވެ.
މި އަހަރުގެ ފެބްރުއަރީގެ ފަހުން ފުރަތަމަ ފަހަރަށް ދުވާލަކު އައި ދަަތުރުވެރިންގެ އަދަދު 4،100 އަށް އެރީ މިދިޔަ ހޮނިިހިރު ދުވަހު އެވެ. ކުރިއަށް އޮތީ ވެސް އެހާ ބިޒީ ދުވަސްތަކެއް ކަމަށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ލަފާކުރެ އެވެ.
ރާއްޖޭގައި މިހާރު ހުޅުވާފައިވާ ގިނަ ރިސޯޓުތައް މި މަހު ފަހު ހަފްތާއިން ޖެނުއަރީ މަހުގެ ނިޔަލަށް އުޅެނީ ފުލްކޮށެވެ. އެހެންކަމުން ކުރިއަށް އޮތީ އެއާލައިންތަކުގެ ދަތުރުތަކާއި އަންނަ ޓޫރިސްޓުންގެ ރެކޯޑް އަދަދުތައް ފެންނާނެ ދުވަސްތަކެއް ކަމަށް ލަފާކުރެވެ އެވެ.
ކޮވިޑްގެ ހާލަތުގެ ކުރިން އެއާޕޯޓްގެ އެންމެ ބާރު ބޮޑު ދުވަސްތަކުގައި އަންނަނީ 4،000-5،000އާ ދެމެދުގެ އަދަދެއްގެ ދަތުރުވެރިންނެވެ.
ބެލެވޭ ގޮތުގައި މި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް، މި ހަފުތާގައި އަަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންދޭ.
15 December 2020
ވީއައިއޭގެ ބޮޑު ސަރަހައްދެއް ޑޮމެސްޓިކް ޓާމިނަލް އަށް ނަގާފައި އޮތުމަކީ އިންޓަރނޭޝަނަލް ޓާމިނަލް ބޮޑުކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް. ވީއައިއޭއިން ޑޮމެސްޓިކް ހުރިހާ މަންޒިލް ތަކަށް ދަތުރު ކުރުމުގެ ބަދަލުގައި އެހެން ގޮތެއް ރާވަން ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓަރުންނަށް ނޯޓިސް ފޮނުވާފައި އިންޓަރނޭޝަނަލް ޓާމިނަލް އަށް އެތަން ނަގާ.
އަންގ
15 December 2020
ދުވަހަކަށް ވުރެއް ދުވަހެއް މަހުޖަނުންގެ ޖީބަށް ބަރުވަނީ ޖަހާލިނަމަ.
ތުއްތޮންބެ
15 December 2020
ދުވާލަކައް 4000ޓޫރިސްޓުންއަޔަސް ރިސޯރޓްމުވައްޒަފުންނައް އިތުރައްމަސައްކަތްކުރުންފިޔަވާ ވާކަމެއްނެތް ފުލްމުސަރަޔާ ރަގަނޅު ސާރވިސްޗާރޖެްނުދޭ.
ތުއްތޮންބެ
15 December 2020
ދުވާލަކައް 4000ޓޫރިސްޓުންއަޔަސް ރިސޯރޓްމުވައްޒަފުންނައް އިތުރައްމަސައްކަތްކުރުންފިޔަވާ ވާކަމެއްނެތް ފުލްމުސަރަޔާ ރަގަނޅު ސާރވިސްޗާރޖެްނުދޭ.
އޮނަރަބްލް އަފީފު ދީދީ
15 December 2020
މޯލްޑިވިއަން ދަތުރުތަކަށް ބަދަލުތަކެއްގެނެސް ކޮންމެ އަހަރަކު އޮކްޓޯބަރުން ޖެހިގެންއަންނަ އަހަރުގެ މާރިޗް މަހުގެނިޔަލަށް މާލެއިން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް ދަތުރުކުރުމުގެބަދަލުގައި މިދެންނެވި 6 މަސްދުވަހަށް ގޭން އަދި ހަނިމާދުއަކީ ދެކުނާއި އުތުރުގެ ޑޮމެސްޓިކް ހަބްތައްކަމުގައިކަޑައަޅާ އެގޮތަށްދަތުރުތައް ޝެޑިއުލްކުރާންޖެހޭ. # މިކަންކުރުމަށް 50 ޝީޓްގެފްލައިޓެއް ގޭން އަދި ހަނިމާދޫގައި ބޭއްވުމަށްފަހު މި 2 މަންޒިލަށް މާލެއިން A-321 ބާއްވައި ޙަރަދުކުޑަކުރާންޖެހޭ.
ތެދެއް.
15 December 2020
ކޮންމެ 30 މިނިޓަކުން ދަތުރު ކުރެވޭ ހިސާބުގައި އެއަރޕޯތްތައް އެޅުމުގެ ޙަޤީގީ ބޭނުމަކީ ތިގޮތަށް ތިކަންކަން ކުރުން. ޑޮމެސްޓިކް ކޮންމެ އެއަރޕޯޓަކަށް މާލެއިން ފުރައިގެން ދަތުރު ކުރުމަކީ ޤައުމީ އެއަރލައިނަށް އުފުލޭ ވަރަށް ވުރެން ބޮޑު ތަކުލީފެއް. ކުދި ކުދި ފްލައިޓްތައް ގަމާއި ހަނިމާދޫގައި ބާއްވާފަ މާެލެ އާއި ގަން އަދި ހަނިމާދޫއަށް އުތުރާއި ދެކުނުން ދަތުރު ކުރާން ބޮޑު ބޯޓް ބޭެއްވީމާ ނިމުނީ.
ގިރާވަރު
15 December 2020
މޯލްޑިވިއަން ބަޤުރޫޓް ކުރުމުގެ ކުރިން ތިކަން ތިގޮތަށް ކުރާންޖެހޭ. ތިހިރަ ކުދި ކުދި ރަށްރަށުގެ އެއަރޕޯޓް ތަކަށް ޝެޑިއުލް ދަތުރު ކުރުމަކީ ޙަރަދުގެ ގޮތުން އަހަރުމެނަށް ކުރެވޭނެ ކަމެއްނޫން. ކުންފުނި ބަޤުރޫޓް ވުމުން ސަލާމަތްވާނީ ތިހެން ހަދައިގެން.
ފިރިހެނެއް.
15 December 2020
މޯލްޑިވިއަން ހިންގާން ތިބިމީހުނަށް ތިކަންކަން ރޭކާލާއިރު ކުންފުނި އޮންނާނީ އެއަރ މޯލްޑިވްސް އޮތް ތަނުގައި. އެމީހުނަށް ބޮޑު މުސާރަ ލިބެނިކޮށް ވަރިހަމަ ކުންފުނި ހަލާކުވިޔަސް.
އޮނަރަބްލް އަފީފު ދީދީ
15 December 2020
ލާމަރުކަޒުކުރުމަށާއި ގެސްޓްހައުސް ސިޔާސަތުގެ ތެރެއިން "ރައްޔިތުމީހާގެ ޖީބަށް ޑޮލަރުވައްދާން ވަޢުދުވެ، ރައްޔިތުންގެ ވޯޓް ހޯދައިގެން" ވެރިކަމާއި މަޖިލީހަށް ވަޑައިގެންނެވި ބޭފުޅުން މުޅިން ބަދަލުވެ ކުރީގެ ވާހަކަ އެހެން ގޮތަކަށް ދައްކާން ފަށައިފި. # ކ. އަތޮޅު މާލޭ އެއަރޕޯޓަށް ނުކަތާވަރަށް ބޯޓް ޖައްސާ ރާއްޖޭގެ ޑޮމެސްޓިކް ހުރިހާ އެއަރޕޯޓް ތަކަށްވެސް އެތަނުން ޑައިރެކްޓް ޝެޑިއުލް ދަތުރު ކުރާންޖެހޭއިރުވެސް ހަނިމާދުއާއި ގޭން ތަރައްޤީކުރާން ބޭނުމެއްނުވި؟؟!!
ސުއޫދު
15 December 2020
ލާމަރުކަޒަކީ ކަރުދާހުގައި ކުރާ އެއްޗެއް. އެކަން ސޯލިހް ގެ ސަރުކާރުން ފުރިހަމަ ކޮށްފި. ވަރަށް ގިނަ އަދަދެއްގެ ކަރުދާހުގައި 'ލާ' މަރުކަޒު ގެ ވާހަކަ މިހާރު އޮންނާނީ ލިޔެފަ.
އޮނަރަބްލް އަފީފު ދީދީ
15 December 2020
ޓްއަރިޒަމަށް ދައުލަތުންކުރާ ޙަރަދުގެ މައުލޫމާތުބަލައިފިނަމަ ޓްއަރިޒަމަށްކުރާހޭދައާއި ގާތްކުރާއަދަދަކަށްވެސް އޭގެމަންފާ ދައުލަތަށް ނުލިބޭކަންހާމަވާނެ. # ވެލާނާއެއަރޕޯޓަށް އިތުރަށްހޭދަކުރުމުގެބަދަލުގައި ރާއްޖެއަންނަ ލޯކޮސްޓް ނުވަތަ ބަޖޭޓް ފްލައިޓްތައް ހަނިމާދޫ އަދި ގޭންއެއަރޕޯޓަށް ޖައްސާން ހުއްދަދޭންވީ. # އަދި އެއަރޕޯޓް ކާރޫބާރުކުޑަކުރަން މާލެއިން ޑޮމެސްޓިކްބޯޓް އުދުހުންމަދުކުރަން އޭ 321 ބޯޓް ހަނިމާދުއާއި ގޭން އަށް ދަތުރުކޮށް އެތަންތަން ޑޮމެސްޓިކް ހަބްތަކަކަށްހަދާންޖެހޭ.
މަލީހާ
15 December 2020
ފަތުރުވެރިން ގެންނަން ކުރެވޭ މަސައްކަތާއި އެއްވަރަށް ކައުންޓަރުތައް ނުހުޅެވެއެވެ ޓަމިނަލްތައް ގިނައެއް ނުކުރެވެއެވެ
އާދަމް ބާއީ
15 December 2020
މިހެން ހިފާއްޓާލަވިއްޖިޔާ ވަރަށް ރަނގަޅުވާނެ.
ތިމާވެށި
15 December 2020
ރިސޯޓް ހަދަން ގިނަ މަސައްކަތް ލިބެނީ ބޭރުގެ ފަރާތް ތަކަށެވެ. ރިސޯޓަށް ބޭނުން ވާ ގިނަ އެއްޗެހި ރާއްޖެ އެތެރެ ކުރަނީ ބޭރުގެ ފަރާތް ތަކުންނެވެ. ރިސޯޓް ތަކުގަ ގިނައީ ބިދޭސީންނެވެ. ރަނގަޅު ވަޒީފާ ތަކުގަ ދިވެހީން ވ މަދެވެ. ބައިވަރު ފައިސާ ދީގެން ރިސޯޓުން ބިދޭސީން ވަޒީފާ ގަބެ އެވެ. ރާއްޖެ ވަންނަ ގިނަ ފައިސާ މަނިޓަރީ އަށް ނުވަދެ ދަނީ ބޭރަށެވެ. 100 ޕަސެންޓް ދިވެހީންގެ ނަމުގަ ހުރީ ވ މަދު ރިސޯޓެކެވެ. ދެން ކޮންމެސް އެއްޗެއް ލިބޭނެ އެވެ.