ޚަބަރު / ރާއްޖެ-އިންޑިއާ

އައްޑޫ ޕޮލިސް އެކަޑަމީ އަންނަ މާޗުގައި ނިމޭނެ: ޕޮލިސް ކޮމިޝަނަރު

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރިއަށްދާ ގޮތަށް ފުލުހުންގެ އިސް ޓީމަކާ އެކު މިއަދު ހަވީރު ބައްލަވާލެއްވުމަށް ފަހު މީޑިއާތަކަށް ސީޕީ ވިދާޅުވީ އެ ތަނުގެ 70-75 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ މާޗްގެ ނިޔަލަށް މަސައްކަތް ނިންމަން ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ޖުލައި 26 އަށް އެތަން ނިމޭނެ އެވެ. އެކަމަކު އެހާތަނަށް މަސައްކަތް ނުނިމުނީ އެކިއެކި ސަބަބުތަކާ ހެދި ކުރިމަތިވި ލަސްވުންތަކާ ހެދި ކަމަށް މިއަދު ވިދާޅުވި އެވެ. ފުލުހުންގެ ޓްރޭނިން އެކަޑަމީއެއްގައި ހުންނާނެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށް، މި ސަރަހައްދުގައި ވެސް ގާއިމުކުރާ އެންމެ ފެންވަރު ރަނގަޅު ޕޮލިސް އެކެޑެމީ އަކީ އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

ޕޮލިސް އެކަޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ.

"ކޮންޓްރެކްޓްގެ ފަރާތުން މިއަދު ލިބުނު މައުލޫމާތަކީ މި ފެށޭ އަހަރުގެ މާޗްގެ ނިޔަލަށް [އެކަޑަމީ]ގެ މަސައްކަތް ނިންމަން މަސައްކަތްކުރަމުން އަންމަ ވާހަކަ،" އެކަޑަމީގެ މަސައްކަތުގައި 300 އެއްހާ މީހުން އުޅޭކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވި އެވެ.

"އެކަމަކު އަދިވެސް ވަރަށް ބައިވަރު މަސައްކަތްތައް ކުރަން އެބަހުރި އެހެންވީމާ ޑިލޭތަކެއް އަދިވެސް އައިސްދާނެ [ކަމަށް ބެލެވޭ]."

އޭނާ ވިދާޅުވި ގޮތުގައި ޕޮލިސް އެކެޑެމީގެ މަޝްރޫއާ ގުޅޭ ގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވޭނެ އެވެ. އެހެންވެ އެ ބައްދަލުވުމަށް ފަހު އެކެޑެމީ ހުޅުވޭނެ ސީދާ ތާރީހަކާ މެދު ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

"އޭރުން އެންމެ ރިއަލިސްޓިކް ޓައިމްލައިން ކަނޑައެޅިގެން ދާނެ." ސީޕީ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާ ގޮތަށް، ކޮމިޝަނަރު ވެސް މިއަދު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސް އެކެޑެމީ ހެދި ނަމަވެސް އެތަން ހިންގުމުގެ ހުރިހާ ބާރަކާއި އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ހިނގާނީ ސީދާ ދިވެހި ސަރުކާރުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންވެ އެއީ އިންޑިއާގެ އަސްކަރަކީ މަރުކަޒެއްގެ ގޮތުގައި ސިފަކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެކަޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެކަން އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫނެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

"މިތަނަށް ބަލާލީމަ ވެސް އެނގޭނެ މިލިޓަރީ ތަނެއް ނޫންކަން މިއީ. މިތަން ވާނީ ދިވެހި ފުލުހުން އޯންކުރާ ފެސިލިޓީއަކަށް. މިތަނުގެ ބެލެނިވެރިކަން ސަރުކާރުން އޮތީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި. މިތަން ބޭނުންކުރެވިގެން ދާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނަކަށް،" ހަމީދު ވިދާޅުވި އެވެ.

އެކެޑެމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮރަށް އަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައް ހިމެނެ އެވެ.

ޕޮލިސް އެކަޑަމީގެ ނަމަކަށް ކުރިން ކުރިން "ޕޮލިސް އެކެޑަމީ" އާއި "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަން ކީ ނަމަވެސް މިހާރު އެތަނުގެ ނަމަކީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

27 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުދޭތި. 2023

21 December 2020

މަޖިލީހާއި ރައީސްކަން ހޯދަން އައްޑޫއަށް ތަރައްޤީގެ އެތައްކަމެއްކޮށްދިނުމަށާއި ގަމުގެ އެއަރޕޯޓާއި ޖުޅުމީދޫ ހިތަދޫ ބްރިޖް އަޅާދޭނެ ކަމަށް ބިނެ ދޮގު ވައުދު ވެފައި އެއިން އެއްވެސް ކަމެއްކޮށްނުދީ އިންތިހާބެއް ކުރިމަތިވުމުން އަނެއްކާވެސް އައްޑޫ މީހުނަށް ދޮގު ހުވަފެން ދައްކަނީދޯ ؟ މީގެ ދެރަ ކަމަކީ އައްޑޫ މީހުންވެސް މިމީހުންގެ ބަހަށް ޖެއްލި ވޯޓް ދޭތީ.

The name is already taken The name is available. Register?

ޙަމަދު

21 December 2020

މިދިޔަ ޖުލައިގަވެސް ތިތަން ނިމުނެއްނު

The name is already taken The name is available. Register?

ހިފެހެއްޓުމެއްނެތްކަރުނަ

21 December 2020

ރައްޖޭގެ ބިންބޮޑު ހުރިހާ ރަށަކުން ޕޮލިހުންނަށާ، ސިފައިންނަށާ، ބިންތައްނަގާފާ ދެން ބާކީ އޮންނާނީ ކޯންޗެއް. އަނެއްކާ ބަލާބަލަ ޅަވިޔަނި މާފިލާފުށްތަށް ހަދާލިގޮތް. ރަށްއާބާދުކުރާށޭކިޔާފާ އެއްވެސް ވަސީލަތެއްނުލާ މީހުންތަކެއްލާފަ ހަދާނެގޮތެއް ހަދާލާފަ އެންމެން ބޭރުކޮށްލީ. ރޭވުންތެރިކަން ހުންނާނީ މިވަރަށް. އެއީކީ އާބާދުނުކުރެވޭވަރުގެ ކުޑަރަށެއްނޫން. އަދި އެއީކީ ލަފާފުރަން އުނދަގޫރަށެއްވެސްނޫން.

The name is already taken The name is available. Register?

ކަތީބު.

21 December 2020

ވރަށް ރަނގަޅު މުހިން ކަމެއް. އައްޑޫ ގެ ތަރައްޤީ އަށް ކޮންމެވެސް ވަރެއްގެ އެހީއެއް ކަމުގައި ވެދާނެ.

The name is already taken The name is available. Register?

ތެދު

21 December 2020

ހަމީދުގެ ވާހަކައިގެ ސަތޭކަޕަސެންޓް ހެކިދެނީ މިހާރުވެސް ތިޔައީ އިންޑިޔާގެ ބާރުގައި ހިންގާނެތަނެއްކަން. ނިކަމެތި އެމްޑީޕީ އަށް އެހެންގޮތެއްނޯންނާނެ. ނަޝީދު ފިލާ އިންޑިޔާ އެމްބަސީގައި އޮތުމުގެ އަގު ދައްކަންމިޖެނީ ދިވެހިންނނަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 December 2020

މިގޮތަށް ޖެޕާން، އޮސްޓްރޭލިއާ ސައުތުއެފްރިކާ އާއި އައިއެމްއޯ ފަދަ ފަރާތްތަކުގެ އެހީހޯދައިގެން ހުޅުމީދޫގައި ކޯސްޓް ގާރޑުންވެސް ބައިނަލް އަޤުވާމީ މެރިޓައިމް ކޮލެޖަކާއިއެކު މިފަދަ އިންސްޓިއުޝަނެއް ހުޅުވާންޖެހޭ. # އަދި މިދެންނެވި ތަނުގެހިދުމަތް ފުޅާކޮށް މިސަރަހައްދުން ދަތުރުކުރާ ދުނިޔޭގެއެންމެބޮޑެތި އާގުބޯޓްފަހަރަށްވެސް ހިމާޔަތާއިރައްކާތެރިކަންދެވޭނެ ފެންވަރުގެތަނަކަށް އެތަންހަދާ ސަރަޙައްދުން ދަތުރުކުރާ ބޯޓްތަކަށް ކޮމިއުނިކޭޝަން އަދި އިމާރޖެންސީއެހީ ދެވިދާނެ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަަސަނު

21 December 2020

އިންޑިއާ ސޯ އިން ދޯ ތިތާ ކިޔަވައި ދެން ތިބޭނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 December 2020

ޙަޤީގަތުގައި "މާލޭގައި ކޮންކްރީޓް ކޮތަރު ކޮށިހެދުމަށް ދައުލަތުގެ ޙަޒާނާ ހުސްކުރުމަށްވުރެ ބޮޑަށް" ޤައުމީ ތަރައްޤީގެ މިފަދަ މަޝްރޫޢު ތަކަށް ހޭދަކޮށް ހަނިމާދު، ލާމް ފުވައްމުލަކާއި އައްޑޫ ފަދަ ބިންބޮޑެތި ރަށްރަށުގައި ފެކަލްޓީތަކާއި ސިއްޙީ ހިދުމަތް ލިބޭނެ މަލްޓި ޓާޝަރީ ހޮސްޕިޓަލް ތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާނެ ސެކިއުރިޓީ މޮނިޓަރިންގ އަދި ކޯލް ސެންޓަރ ފަދަ ކަންކަން ޤާއިމްކޮށް މާލެއަށް މީހުން ޖަމާވާން ނުޖެހޭގޮތަށް ނެޝަނަލް ޕްލޭންތަކެއްހެދިދާނެ.

The name is already taken The name is available. Register?

އަލީލ

21 December 2020

ތިތަން ހިންގަން ހަރަދުވާ ރުފިޔާ އެމްޑީޕީ އަތުން ހޯދަންޖެހޭ. އެމީހުންގެ ސަބަބުން ވީކަމެއްތީ

The name is already taken The name is available. Register?

ހާސަރު

21 December 2020

ގިޔާސުއްދީން ސްކޫލް އިންޑިޔާ ބަޔަކަށް ހިންގަން ހަވާލުކުރީމަ އަރުވާލި ވަރު މާލޭގައި އުޅޭ އެންމެނަށް ފެނުނު ، އެކަމަކު މިއަދު އެއީ އެންމެ އިތުބާރުކުރާ ސްކޫލް. ސިޔާސީ މީހުން ތިތަން ހަދަން ފެށިހިސާބުން ބެލީ ހުއްޓުވޭތޯ . ތިތަން ހުޅުވި ހިގަންފެށުމުން އެއެންމެންގެ އަގަބަންދުވާނެ. ތިޔައީ އައްޑޫ ތަރައްގީއަށް ލިބޭކުރިއެރުމެއް.

The name is already taken The name is available. Register?

ރާއްޖެ

21 December 2020

އިންޑިއާ ޓީޗަރުން ޑޮކްޓަރުން ނަރުހުން އައުޓް ކިޔާފަ ދިވެހިން ނުގޮވައޭ. ދިވެހިން ގޮވަނީ އިންޑިއާ މިލިޓަރީ އައުޓް ކިޔާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454