ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ: މިއަދު 19 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައި --- ފޮޓޯ/މިހާރު
20 ޑިސެމްބަރ 2020 - 22:34
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 19 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި ދެން ތިބީ އަތޮޮޅު ތެރޭގެ ބައެއް ރަށްރަށާއި ހަދަމުންދާ ރިސޯޓްތަކުގެ އިތުރުން ސިނާއީ ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 13،493 އިިން މައްޗަށް އަރާފައި ވާއިރު، އޭގެ ތެރެއިން 12،800 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 543 މީހަކަށެވެ.
ހޮސްޕިޓަލްގައި ފަރުވާ ދެނީ އޭގެ ތެރެއިން 44 މީހަކަށެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 48 މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރޯނާ ނެތޭ
21 December 2020
ހުސް ފޭކް!!
ބަސް
21 December 2020
މިހާރު އިތުރަށް ބަލި ޖެހޭނެ ބަޔަކު މާލެ ސަރަހައްދުގައި ނެތުން އެކަށީގެންވޭ. އަޑުއިވޭ ގޮތުން ބަލި ޖެހޭ ހުރިހާ މީހުންގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ. އެއްބަޔަކު ބަލިން މަރުވޭ. އަނެއްބަޔަކު ފަރުވާ ދިނުމުން ރަނގަޅުވޭ. އަނެއްބަޔަކު ފަރުވާއަކާ ނުލައި ބަލިޖެހުނުކަން ނުވެސްއެނގި ރަނގަޅުވޭ. ހުރިހާ ކަމަކަށް ﷲ ކުޅަދުންވަންތަ. ހަމްދު ކޮށްގެން ބަލައިގެން އުޅުމުން ރަނގަޅުވާނެ. الحمد لله علي كل حال
ލީލާ ބަންސާލީ
20 December 2020
ދިވެހިން ބަސްއަހައިފިކަމަށް އަދިވެސް ކަނޑަނޭޅޭނެތަ؟