މޯލްޑިވް ގޭސްގެ އެމްޑީ ޝަޒައިލް: އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގުކޮށްދޭން އޭސީސީން ވަނީ ހުށަހަޅާފައި.
22 ޑިސެމްބަރ 2020 - 12:50
ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅީ ރައީސް އޮފީހުންނެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެކަމަކު، އެ ތަހުގީގުގެ ތެރެއިން ފާހަގަވި މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް އޭސީސީއަކަށް ނޯވެ އެވެ. ގާނޫނުން އެ ބާރު އަދިވެސް އޮންނަނީ ފުލުހުންނަށެވެ.
ހަސަން ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހާ ގުޅޭ ގޮތުން ފާހަގަވި އެހެން މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކު ކުރެވޭ ފައިސާތަކެއް ވަތް މައްސަލަ އާއި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވަކި މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.
މީގެ އިތުރުން މޯލްޑިވް ގޭހުގެ ވަޒީފާ އަށް މުވައްޒަފަކު ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ޝަަޒައިލްއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ނިންމުން ވަނީ މޯލްޑިވް ގޭހަށް ފޮނުވައިފަ އެވެ.
"މައްސަލައިގެ ރިޕޯޓް ވާނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ފޮނުވާފައި،" ހަސަން ވިދާޅުވި އެވެ.
ޝަޒައިލަށް ތުހުމަތުކުރާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ވެސް ބެލި އެވެ.
ޝަޒައިލަށް ތުހުމަތުކުރި ފަދަ މައްސަލަތަކެއްގައި ކުރީގެ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) އަށް ކޮށް، އެސްއޯއީ ކޮމިޓީން އޭނާގެ މައްސަލަ ވެސް ބެލި އެވެ.
ކޮމިޓީން ނިންމާފައި ވަނީ ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން ޕާކަވަންއާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށް، ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ނުވާ އިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލު ކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން އޮތީ ނިންމައިފަ އެވެ.
ޝަޒައިލް ސަސްޕެންޑްކޮށްގެން މައްސަލަ ބެލިއިރު އެސްއޯއީ ކޮމިޓީގެ ރިޕޯޓަށް ފަހު ވެސް އިބޫ ސަސްޕެންޑެއް ނުކުރުމުން ފާޑުކިއުން ބޮޑުވި އެވެ. ތިލަފުށީގެ ފަޅުތެރޭގައި އޮތް ބޯޓެއް ނެގުމުގެ މައްސަލަ ވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
23 December 2020
މީޑިއާ ހެޑްލައިން ޖަހާދިނުން. ޝޯޝަލް މީޑިއާގައި ޖަހާދިނުން ރިޕޯޓް ހާމަ ކޮށް ދިނުން ( ސިޔާސީ ވެ ވިޔަފާރި އަކަށް ވީމާ ވާޒާތު ފާޑެއް ފީލް ވަނީ )
ގައިސް1
22 December 2020
މީ ކޮން ގެޔެއްގެ މީހެއްތޯ
ދޮޅު ރޯނު
22 December 2020
ތިޔައީ ދިވެހި ރައްޔިތެއް. ކޮން ގެއެކޭ ކިޔާކަށްތަ!
އިބްރާހިމްބެގެ ފާތުމާ
22 December 2020
ސަރުކާރާ އެކު އެއްބަސް ވުމެއްހަދާލަ.. އެރުން ވަގުތުން ބަދަލުވާނީ ހެކިވެރިއަކަށް. ބޭނުންމީހަކު ކުވެރިކޮށް ޖަލަށްވެސް ލެވިދާނެ.
ނަޝީދު.
22 December 2020
ބޮޑުކޮށް ކާލާފަ އޮތިއްޔާ ސަލާމަތްވާނެ. ކުޑަކޮށް ކެވިފަ އޮތިއްޔާ ޖެހޭނީ ގޮޅިޔަށް ދާން.
އުދުމާ
22 December 2020
ކަލޯގަޔާ!
ރާއްޖެ
22 December 2020
ސަރުކާރަށް އެއްބާރުލުމުގެ ޑީލްއެއް ހަދާލީމާ އޯކޭ ވާނެ.
ބައިރޯ
22 December 2020
މިއިން އެއްވެސް ކަމެއްގެ ހުކުމް އެބައާދޭ
ދިއްދޫމީހާ
22 December 2020
ކަނޑު ގުރުވާ އަޅާފަ ހުރި ފެންގަނޑެއް މާކަނަ އަކާ ބަލަން ހަވާލް ކުރީމަ ވާގޮތައް މިސަރުކާރުގެ ކަންތައްވެސް މިހުރީ، ވަރަށް ފޮނި އުއްމީދުގަ ވޯޓް ދިނީ، ކުރިން ވައްކަން ކުރީ ސޮދަޤާތުގެ ނަން ބޭނުން ކޮއްގެން، މިފަހަރު މިވައްކަން ކުރަނީ ރޯޔަލް ނަން ބޭނުންކޮއްގެން، ރޯޔަލް ވައްކަން އަދި ރޯޔަލް ރޭޕް،،
ސިމްޕަލް
22 December 2020
މިއަދަކީ ރެކޯޑް އަދަކަށް ކޮރަޕްޝަންގެ ވާހަކަ ނޫހަށް އެރި ދުވަހެއް. ނަންބަރ ޕްލޭޓް ދިނުމުގައި ކޮރަޕްޝަން. އެމްއާރުޑީސީ ގައި ކޮރަޕްޝަން. މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަށް ކޮރަޕްޝަންގެ ތުހުމަތު.
ހަސީ
22 December 2020
ކިހާވަރެއްކާލީ... ދެން އޯކޭ ވާނެ.