ލ. ގަން: ދުވަސްވީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިިރިހެނެއް -- ފޮޓޯ: ގަމު ކައުންސިލް
22 ޑިސެމްބަރ 2020 - 20:25
ލ. ގަމުގައި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައިގައި ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަން އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.
މައްސަލައިގެ ހައްޔަރު ކުރި މީހާގެ މުއްދަތު ކަނޑައަޅަން ހާޒިރުކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ދީފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާހައްލު
23 December 2020
މަރު
ޝާމް
22 December 2020
ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މިގައުމުން ހުއްޓުވޭނީ މިފަދަ އަމަލުތައްކުރާ މީހުން ދޫކޮށްލާ ގާޒީންނާއިމެދު ހަރުކަށި ފިޔަވަޅު އެޅިގެން.
ކަކުނިބޯ
23 December 2020
މިއީ ޤާނޫނު ހިންގާތަނެއްތަ ފިޔަވަޅުއަޅަން. މިއީ ތިމާމީހާ ބޭނުންވާމިހާ ދުއްވާލަން ހަމައެކަނި.ޤާނޫނު ބޭނުންކުރާތަނެއް ދެން އެހެންނޫނީ ޤާނޫނު އޮންނަނީ ނިދިކުރައްވާފަ ދެން އުޅުއްވާނެ ވަރަށް ވެފަ ޤާނޫނުު ހަދާ ފާސްކުރާ ބައިގަ ޑެއް އެކަމު އެއެއް ދުވަހަކު ތަންފީޒެއްނުވާނެ ކުއްވެރިޔާ ޤާނޫނު އިސްލާހުނުވެގެން ދޫވުން އަދި އެއީ މަދުބައި ޤާނޫނު ތަންފީޒުނުވާބާ އެއީ ގިނަބައި