މީގެ ކުރިން ކުރިއަށް ގެންދިޔަ ތަމްރީނެއްގައި ބައިވެރިވި ބައެއް ސިފައިން: އަންނަ ހަފްތާގައި ތަމްރީންތައް ކުރިއަށް ގެންދާނީ ހުޅުމާލޭގަ އާއި ގިރިފުށީގައި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ޑިސެމްބަރ 2020 - 21:44
ހުޅުމާލޭގަ އާއި ކ. ގިރިފުށީގައި އެމްއެންޑީއެފް އިން ހާއްސަ އަސްކަރީ ތަމްރީންތަކެއް އަންނަ ހަފްތާގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާންތަކެއްގައި ބުނީ ގިރިފުށީގައި ތަމްރީނުތައް ބާއްވާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަރަކާތްތައް ކުރިއަށް ގެންދާނީ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ހުޅުމާލޭގައި ތަމްރީނުތައް ކުރިއަށް ގެންދާނެ ވަކި ވަގުތެއް މިނިސްޓްރީން އާންމެއް ނުކުރެ އެވެ. ނަމަވެސް ގިރިފުށީގައި ބާއްވާ ތަމްރީނުތައް، އާދިއްތަ ދުވަހު ކުރިއަށް ގެންދާނީ އިރުއޮއްސި 6:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ. އެހެން ދުވަސްތަކުގައި އެ ރަށުގައި ކުރިއަށް ގެންދާ ތަމްރީނުތައް ރޭގަނޑު 9:00 ގައި ނިންމާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ތަމްރީންތަކުގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުންކުރާނެ ކަމަށެވެ. ގިރިފުށީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ކަނޑާއި ވައިގެ ތެރޭގައި ގޮވާތަކެތި ބޭނުންކުރާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
24 December 2020
އެމްއެންޑީއެފް ހަތިޔާރުހިފައިގެން ކޮން ހަނގުރާމައަކައް ތައްޔާރުވާން ކުރާ ތަމްރީނުތަކެއްތޯތީ..... ދިވެހިންނައް މިވަގުތު ޖެހިފަވާ އެންމެބޮޑު މުސީބާތަކީ ފަތްބޯ ހަކުރުބޯ ގޭންގު ގުންޑާ ވަގުންގެ މުސީބާތް. ތިގެންގުޅޭ ބަޑިތަކުގެ ބޭނުންހިފައި އެބައިގަނޑު ބަލިކޮއްލެވޭނެ ގާބިލުކަން އެމްއެންޑީއެފްގަ ހުންނާނެބާ؟؟!
ބިމުދާއްބަ
24 December 2020
ސިފައިންނަކީ ގައުމަށް އަންނަ ބޭރުގެ އުދުވާނީ ހަމަލާތަކުން ދިފާއުކޮށްދޭން ތިބޭ ބައެއް. ފުލުހުންނަކީ ރާއްޖޭގެ ދާޚިލީ މައްސަލަތައް ހައްލު ކުރަން ތިބޭ ބައެއް. ވީމާ ފުލުހުންގެ ތެރޭގައި ތިކަހަލަ މީހުންނާއި ކުރިމަތިލާން ހަތިޔާރު އެޅި ވަކި ފައުޖެއް އޮތުން މުހިންމު.