ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް--ފޮޓޯ:ނިޝާން އަލީ/މިހާރު
25 ޑިސެމްބަރ 2020 - 19:30
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަލުން ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެންމެ ޓްރެފިކް ބޮޑުވާނެ ކަމަށް ލަފާކުރާ ދުވަސްތަކަށް ތައްޔާރު ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ވީއައިއޭ ހިންގާ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެ އެއާޕޯޓަށް އެންމެ ގިނަ ޓޫރިސްޓުންނާއި ފްލައިޓު ޖައްސާނެ ކަމަށް ލަފާ ކުރެވެނީ މާދަމާ އަދި އޭގެ އަނެއް ދުވަހު ކަމަށެވެ. އެހެންވެ، ހުރިހާ އޮޕަރޭޝަންތަކެއް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގެ ޓީމުތައް ތައްޔާރަށް ތިބި ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް، ރާއްޖެ އަށް ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި ފަހުން ދުވަހުން ދުވަހަށް ޓޫރިޒަމް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި ވެސް ދުވާލަކަށް 5000 އެއްހާ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ.
ޓޫރިސްޓުންގެ އަދަދު ގިނަވި ނަމަވެސް، އެއާޕޯޓުގައި އެ މީހުން ނުނިކުމެވި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ ކަމުގެ ޝަކުވާ މިފަހުން ވަރަށް ބޮޑުވި އެވެ. އެ މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅުތަކާއެކު، މިހާރު ފްލައިޓަކުން އަންނަ ގާތްގަނޑަކަށް 350 މީހުން 15 މިނެޓް ތެރޭގައި ކްލިއާ ކުރެވޭނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެފައު ވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އަންނާނީ 500،000 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މިދިޔަ ހަފްތުގައި ބުރާސްފަތި ދުވަހު އެ އަމާޒަށް ވެސް ވާސިލްވެ، އެކަން ވަނީ ފަހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންދީ
26 December 2020
ޤައުމަށް ޚިދުމަތް ކޮށްދޭން ބޭނުންވާ މީހެއް ޤައުމު ތިމާއަށް ކޮށްދޭނީ ކޮންކަމެއްތޯ ނުބަލާނެ، ޤައުމު ތިމާއްކޮށްދެނީ ކޮންކަމެއްތޯ ހޯދަން އުޅޭ މީހަކައް އަމިއްލަދިރިއުޅުގައިވެސް ވާނީ ނާކާމިޔާބު...
ބުމަރުބޫމް
26 December 2020
ރައީސް ވިދާލުވި ބޫމް އައިސްފަ މިއޮތީ އިގޭތޯ، މަރުހަބާ
ޓްރެފިކް.
26 December 2020
ބާރު ބޮޑުވިޔަސް އެއަރޕޯޓަކުން ވަޒީފާއެއް ނުދޭ، ހިތައް އެރި ބަޔަކަށް ދެނީ
ޏަވިޔަނި
29 December 2020
ބްރޯ ވާނުވާއެއް ބަލާލިންތޯ؟ މިހާރު އެމްއޭސީއެލް ގަ އޯވާރ ސްޓާފްޑް. އެހެންވީމަ އިތުރަށް މީހުންނަގާ ކަހަލަ ވިސްނުމެއް ނެތް ކަމަށް ވަނީ! އައު ޓާމިނަލް ނިމުމުން އިތުރަށް މީހުންނަގަން އިއުލާންކުރެވިގެން ދާނެ ކަމަށް ބަލަމާ! ގައުމުގެ ހާލަތަށް ރިޔާޔަތް ކޮށް އެފަދަ ބޮޑު ކުންފުންޔަކުން ކަންކަން ނިންމާނީ! މިހާރު ތިބި ސްޓާފުން ލައިގެން މަސައްކަތް ނުކުރެވޭ ހާލަތުގަ މީހުންވެސް ނަގާނެ ކަމަށް ބަލާ!
ފޮރޮންޓުލައިން އެލަވަންސް
25 December 2020
ފޮރޮންޓްލައިންގައި އުޅޭ އިމިގުރޭޝަން ، ކަސްޓަމްސް ،އެމް.އޭ.ސީ.އެލް ފަދަ ރާއްޖެއަންނަ ފަތުރުވެރިންނަށް ސީދާ ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކަށް އެލަވްންސް ގަޑެއްވެސް ނުދެނީ ތޯ އޯގާތެރި ސަރުކާރު.ބަޔަކު ފިނިކޮޓަރީގައި ތިބޭއިރު ،ސޮރުން ތިބެންޖެހެނީ ކޮވިޑް ރިސްކަށް މޭ ދިއްކޮށްގެން. ލިބޭ ފައިސާ ގައުމަށް ވަންނަ ފައިސާ ބޮޑުންގެ ޖީބަށް ކިންގްޑަމް.
ބުލާ
26 December 2020
ހިތަށް އަންހާ ވާހަކަ ހަދައިން ލިޔުނީމާ އެ ކާލެވެނީ މަލްޓި ވިޓަމިން ގުޅައެއް ދޯއެވެ؟
ސާހިރު
26 December 2020
މިކަހަލަ ކޮމެންޓް ކިލާފަ ހިނިވެސް އާދޭ. ޢަބަދުވެސް ވަޒީފާގަ އިތިރު ފައިސާއެއް މީހަކަށް ނުދީގެން. މޭޒަށް ދެފްއިނަގައިން ކޮފީގަ ކިމެންޓު ނުކޮށް ވަޒީފާ އަކަށްދޭބަލަ.
ޒަލަ
29 December 2020
ހެޔޮކޮތް ތަ ތިޔަ ބުނީ! ކޮވިޑް އެލަވަނސް ލިބޭނީ ބޮޑުންނަށާ ދަރުބާރުގޭގަ ފިނި ކޮޓަރީގަ ތިބޭ މީހުންނަށް!
ހޮތްތޯތޯ
29 December 2020
ސާހިރުމެން ކަހަލަ މީހުން ތިކަހަލަ ކޮމެންޓް ކުރަނީ ތިޔަ ފިނި ކޮޓަރީގަ ތިބެ. ހަލާކުވެ ގޭނޭބަޔަކު ގޭނޭނީ މި. އަހަރުމެން ބުރަ މަސައްކަތް ކޮއްފަ ލިބޭ ކުޑަ ވަގުތު ކޮޅު ކޮފީއެއް ބޯލަން ދާތަން ތިފެންނަނީ! 8 ގަޑިއިރު 10 ގަޑީރު މަސައްކަތުގަ އަނބިދަރިން ދޫކޮއްފަ ހޫން ކޮފީ ބޯން 24ގަޑިއިރު މި ތިބެނީ! ދެލޯ ކަނުތަ؟ ޑަކުޓަރަށް ދައްކަން އުޅޭ އަވަހަށް!!
ހާހާ
25 December 2020
ދެން ކޮންމެވެސް މީހަކު ދިރާގާއި އޫރިދޫ ކައިރީ ބުނެލަދީ އެއާޕޯޓްގައި ޓުއަރިސްޓުންނަށް ސިމްކާޑެއް ވިއްކަން އެންމެ މުވައްޒަފެއް ބަހައްޓައިގެން 2 ގަޑީއިރު ވާއިރުވެސް ޓްއަރިސްޓް މީހާއަށް ސިމްކާޑެއް ނުލިބި ކޮޅަށް ހުންނަ ވާހަކަ އަދި މިވާހަކަ ޓްއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީ ކައިރީވެސް ބުނެލަދީ އެއިންކަމެއް ހައްލުކުރާނީ އެހެން ބަޔަކަށްފެނިގެން ބުނީމައި އެކަމު ނަންހުސްކޮށް އެކި މަގާމުތަކުގައި މުސާރަވެރިން ބައިވަރު އެބަތިބި
މިރާސް
26 December 2020
ވީއައިޕީގަވެސް އެންމެ އިމިގްރޭސަން ކައުންޓަރެއް. 100 މިހުން ކިއު.
މޯޑް
25 December 2020
މުއަށްޒަފުންނަށް ތިކަމުން އެއްވެސް ފައިދާ އެއް ނުކުރާތީ ހިތަމައަކީ. ބޯނަސް ކޮޅު ނުދިންތާ އޯވަރޓައިމް ވެސް ދެނީކީ ނޫން. އެކަމް މުއަށްޒަފުން ރެޔާ ދުވާލު ބުރަކޮށް މަސައްކަތުގަ.
ހަސަނު1
26 December 2020
އަހަރުގެ ބޮޑުބައި ނިދައިފައި އޮތުމަށް ކަނޑަންވެސް ޖެހޭނެތާ އެހެން ވީއިރު؟؟!
ޣަލިފުޅުބެ
29 December 2020
އާން ކޮޔާ! ތީ ތިކަން ހަމަ އޮތްގޮތް! ނުދޭނެ ނުދޭނެ އިތުރު އެއްވެސް އެއްޗެއް! އީމެއިލް އަކުން ޝުކުރު އަދާ ކޮއްލީމަ ނިމުނީ!
ޒަވިޔަނި
29 December 2020
ހަސަނު މެންނަށް މި ކިޔާ އެއްޗެއް ނޭންގެ ދޯ؟ ބޯނަސް އޭ އެކިޔަނީ މިހާތަނަށް އެންމެ ބޮޑައްފައިދާވި 2019 ވަނަ އަހަރުގެ ބޯނަސް ވާހަކަ. އެއީ މިދިޔަ އަހަރު ލިބި ނިމިފަ ހުރި ފައިސާ! އެ ފައިސާ ކުންފުނީގެ މުވައްޒަފުންގެ މެދުގެ ޖެހިގެންއަންނަ އަހަރު (2020)ގައި ބަހަން ޖެހޭ އެއްޗެއް އެއީ! މިއަހަރުގެ ކޮވިޑް އާ ގުޅިގެން ވީ ގެއްލުމުގެ ވާހަކައެއީ އަންނަ އަހަރުގެ ބޯނަސް އާއި ގުޅުންއޮތް ކަމެއް ބްރޯ!!
ކާޖާ
25 December 2020
ޓޫރިސްޓުން އައުން މި ވަގުތު އިތުރުވެފައިވަނީ ވަރަށް ބޮޑެތި ޑިސްކައުންޓްގައި އެނދުތައް ވިއްކާތީއެވެ. މާނައަކީ މީގެ ކުރިން މި އަދަދަށް އަންނަ ޓޫރިސްޓުންގެ ފަރާތުން އިގުތިސާދަށް ލިބޭ ނަފާއާ އެއްވަރުގެ ނަފާއެއް މިހާރު ނުލިބޭނެއެވެ. ދައުލަތުގެ ޚަރަދުތަށް މެނޭޖުކުރާއިރު މިކަމަށް ސަމާލުވާންޖެހެއެވެ. އަދި ދެތިން މަސްތެރޭގައި މިހާރު މިފެންނަ ބޫމް ދަށްވެގެން ދިޔުންވެސް ވަރަށް ކައިރިއެވެ
ހަންތޯތޯޔޯޔޯ
29 December 2020
ބްރޯ! އާ ރަންވޭ މަތީގައި ޕާކުކޮއްފަ އެހުރި ޖެޓްތައް ދުށިންތާ؟؟ ހާދަ ލާރިޔެކޭ!
ވަހީދު
25 December 2020
4 މިލިއަން ރުފިޔާ ދީފަ ގަނެފަ އޮތް ރިފިއުލަރެއް އެބަ އޮތް ބޭނުން ނުކުރެވިފަ.