ސުޕްރީމް ކޯޓު: "ވާނުވާ" ބަންދު ރިވިއު ކުރުމުގެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
26 ޑިސެމްބަރ 2020 - 12:06
ޝަރީއަތް ނިމެންދެން ކުރާ ބަންދު "ވާނުވާ" ރިވިއު ކުރުމާ މެދު އުފެދިފައިވާ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ އެވެ. އެކަމަކު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް އެ ގާނޫނަކު ނޯވެ އެވެ. އެފަދަ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ދާދިފަހުން ނިންމީ 30 ދުވަހުން ބަންދު ރިވިއު ނުކުރިޔަސް، އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ދެން އޮތް މައްސަލާގައި ހައި ކޯޓުން ނިންމީ އެ ހާލަތުގައި އެ ބަންދެއް ގާނޫނާ ޚިލާފްވާނެ ކަމަށެވެ.
އޭގެ ތެރެއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ތިން ނިންމުމެވެ. އެ މައްސަލަތައް ހައި ކޯޓަށް ހުށަހެޅި ތިން މީހުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަައް އިސްތިއުނާފް ކުރުމުން އެ މައްސަލަތަކުގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.
ސުޕްރީމް ކޯޓުން އެ ތިން މައްސަލަ ވެސް ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ހައި ކޯޓުން އެއް ދުވަހެއްގައި ނިންމި ހަތަރު މައްސަލައެއްގެ ތެރެއިން ތިން މައްސަލައަކާ ޚިލާފަށް އަނެއް މައްސަލަ ނިންމާފައި އޮތުމުން އޭގެ ތެރެއިން ރަނގަޅީ ކޮން ނިންމުމެއް ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެގޮތަށް ދިމާވީ ހައި ކޯޓުގެ ފަނޑިޔާރުންގެ އެކި ބެންޗްތަކުން އެކި މައްސަލަތައް ބެއްލެވުމުންނެވެ. އެކަމަކު އެގޮތަށް އެކި ބެންޗްތަކުން މައްސަލަތައް ބެލުމަކީ ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ ނިންމުމަކާ ޚިލާފް ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިމާ
27 December 2020
ވާނުވާ ޖަހައިފައި ބާތިއްބަނީ ގުއަންޓަނާމޯ ޖަލުގައި
އދ އަށް ރިޕޯޓް ކުރަމާ
27 December 2020
ވާނުވާ އަކީ ހިންހަމަ ނުޖެހޭ މީހުންނާއި، އަޅާލާނެ ޔާރެއް ވާރެއް ނެތް ފައިސާގެ ތަނަވަސްކަމެއް ނެތި ވަކީލަކު ނުނެގޭ މީހުންނަށް އިންސާފު ލަސްކުރުމަށް ފުލުހުން ބޭނުން ކުރާ ހަތިޔާރެއް. ވާނުވާގަ ތިބި އިންސާނުންގެ އަދަދެއް ނޭނގެ ބުނަންވެސް. މިއީ 21 ވަނަ ގަރުނުގައި މީހުން ވާނުވާ ނޭނގޭ ގޮތަށް އާއިލާތަކަށް ގެއްލުވާލުން. އދ އަށް މައްސަލަ ހުށަހަޅާ ހިސާބަށް މިކަން ގޮއްސި!
ޢަބްދުﷲ ސަޢީދު ގދ.ގައްދޫ،
26 December 2020
ޝަރީޢަތުގެ މަރްޙަލާއަކީ، ކޯޓްތަކަކީ، އެއްއަސާސެއްގެ މައްޗަށް އެއްއުޞޫލުތަކެއްގެ މައްޗަށް އެއްހަމަތަކެއްގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ ތަންތަން ކަމަށްވާއިރު، އެއްވެސް މީހަކަށް އެމީހަކު ހިތުހުރިހައި ގޮތަކަށް ޢަމަލުކުރެވޭނެ ތަންތަނަށް ނުވާއިރު، ޝަރީޢަތުގެ މަރްޙަލާގައިވެސް އެމީހަކު ހިތުހުރިހައި ގޮތަކަށް ޢަމަލުކުރާކަމަށް ޖޭއެސްސީގެ ނިންމުން ތަކަށް ބެލުމުން ތުހުމަތުކުރެވޭއިރު، ؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ޝާމް
26 December 2020
މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން މައްސަލަ ނިމެންދެން ހައްޔަރުކޮށްފައިތިބޭ މީހުންނަކީ މުޖުތަމައަށްހުރި އެންމެ ބޮޑު ނުރައްކާ. މިފަދަ މީހުންގެ މައްސަލަތައް 30 ދުވަހުން ރިވިއުނުކުރިޔޭ ކިޔައިފައި ދޫކޮށްލުމަކީ މުޖުތަމަށްދެވޭ ބޮޑު ބިރުވެރިކަމެއް. މިމައްސަލައިގައި ބަލަންޖެހޭނީ ހައްޔަރުކުރެވުނު ހާލަތު ރިވިއުނުކޮށް އޮތް ދުވަސްތަކުގައި ބަދަލުވެފައިވޭތޯ. މިސާލަކަށް ތަހުގީގުކުރުމުގެ ތެރެއިން ބަންދުގައިހުރިމީހާ ކުށްނުކުރާކަމަށް ބެލެން އޮތްތޯ
އަޑަފި
26 December 2020
މަޖިލިހުން މިހާރު ފާސްކުރ ގިނަ ގާނޫނުތައް ހުންނަނީ ވާނުވާ ގައެވެ.