ޚަބަރު / އިބްތިހާލްގެ މަރު

އިބްތިހާލަށް އަނިޔާކުރި މައްސަލާގައިި އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

އާފިޔާ: އިބްތިހާލަށް އަނިޔާކުރި މައްސަލާގައި އޭނާގެ މައްޗަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި --- ފޮޓޯ/މިހާރު

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު އިތުރު އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލްގެ ކަރުގައި ހިފައި އަދި ކޮޅުފައިން ތަޅައި، އަނިިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ދައުލަތުން ކުރި އެވެ. ކުއްޖަކު މެރުމުގެ ދައުުވާ ސާބިތުވެ، އާފިޔާ 20 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރީ އިބްތިހާލް މަރުވުމުގެ ކުރިން ވެސް އެކިފަހަރު މަތިން އޭނާއަށް އަނިޔާ ކޮށްފައިވާތީ އެވެ.

އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމް އިއްވިތާ އިރުކޮޅެއް ފަހުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އެކި ދުވަސް މަތިން އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ އެއްބަސްވެފައިވާ ކަމަށާއި އަދި ފަހުން އޭނާ އެކަމަށް އިންކާރު ކުރިޔަސް، ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އެއް މަހާއި ހަ ދުވަހަށް އާފިޔާ ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާފިޔާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ. އޭރު އެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބަކީ ގިނަވެގެން ހަ މަހަށް ޖަލަށްލުމެވެ. އެކަމަކު ގާނޫނު އަސާސީގެ 59 ވަނަ މާއްދާ ބުނާގޮތުން ކުށްކުރުމާއި ހުކުމް ކުރުމާ ދެމެދު ގާނޫނަށް ގެންނަ ބަދަލަކުން ކުށުގެ އަދަބަށް ލުޔެއް ދީފައިވާ ނަމަ، ކުށްވެރިޔާއަށް ދޭން ޖެހޭނީ ފަހުން އަންނަ ގާނޫނުގައި ބުނާ ލުއި އަދަބެވެ.

އާފިޔާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރީ އޭނާ އެ ކުށްކުރުމުގައި އަނިޔާވެރިކަން ހުރުމާއި ކުޑަކުއްޖަކަށް އަނިޔާ ލިބުން ފަދަ ހާލަތްތަކަށް ރިއާޔަތްކޮށް، އަދަބުގެ ހަތަރު ދަރަޖަ މަތި ކުރުމަށް ފަހު އެވެ. އެކަމަކު ކުރިން ބަންދުގައި އޭނާ ހޭދަކުރި ފަސް އަހަރާއި 11 މަސް ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 15 އަހަރުގެ އަހަރުގެ ޖަލު ހުކުމެކެވެ.

6 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 48%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިލާވަޅު

29 December 2020

އެކަޝީގެންވާ ޖީލެއް އުފެއްދޭނީ އަންހެނުންގެ ދެމަފިރިންގެ އާއިލީ ވާޖިބް ނުވަތަ މައިން ބަފައިްނގެ ވާޖިބް ބައްބަވެސް މަންމަވެސް ދަރިން ތަރިބިއްޔަތު ކުރުމުގެ ވާޖިބް އަދާކުރަންޖެހޭ ކަން މިއެގެނީ ، އެކަމަކު އެތަރުބުއްޔަތު ދޭނެގޮތެއް ނުވަތަ އިލްމެއް ނުހުރޭ ސްކޫލް ނުވަތަ ޑިގްރީ ނިމޭއިރުވެސް މިކަމެއް ނޭންގޭ/ މިއީ ވިސްނާ ފިކުރުކުރަން ޖެހޭ ކަމެއް ހައްގުތަކުގެ ވާހަކަދައްކާއިރު

The name is already taken The name is available. Register?

އަލިފުޅު3

29 December 2020

މަންމައިންގެ އަނިޔާ ވެރިކަމަކީ ބޮޑުވަމުންދާ ގައުމީ މައްސަލައެކެވެ. އަންހެނުންގެ ހައްގުތަކަށް އަޑު އުފުލާ މިަކަހަލަ ޒަމާނެއްގައި މި މައްސަލައިގެ ވާހަކަ ދައްކަންވެސް އުނދަގުލެވެ. އަދި ދައްކާނެ ބަޔަކު ނުވެސް ނެތް މެއެވެ. ކުރިއަރަމުންދާ ކަނބަލުންގެ ހައްގު ތަކަށް ހިޔަނި ނޭޅޭ ގޮތަށް، ދަރިންނާމެދު އަނިޔާވެރި އަމަލުތައް ކުރާ މަންމައިންގެ ވާހަކަ ގައުމީ ފެންވަރެއްގައި ދައްކަން ޖެހެއެވެ.

The name is already taken The name is available. Register?

އެދުރުކަލޭފާނު - ފޭކްނިއުސް

29 December 2020

ކޮބާ މަރަށް މަރު؟

The name is already taken The name is available. Register?

ޢަބްދުﷲ ސަޢީދު ގދ.ގައްދޫ،

29 December 2020

ކުށަކީ، ޢާރިޟީ ސިފައަކަށްވާއިރު، އަދަބު ކަނޑައެޅުމުގެ މަރްޙަލާއަކާއި އަދަބު ތަންފީޒުކުރުމުގެ މަރްޙަލާއެއް ވެސް އޮންނައިރު، އަދަބު ތަންފީޒުކުރުމުގެ މަރްޙަލާ ބިނާވެފައިވަނީ، ކުށްވެރިޔާއަށް އިޞްލާޙުވުމަށް މަގުދެއްކެވުމުގެ މައްޗަށް ކަމަށްވާއިރު، މިބާވަތުގެ ލާއިންސާނީ ޢަމަލުތަކުގެ މައްސަލަތަކުގައިވެސް މިފަދަކަންކަމަށް ބެލޭނެއެވެ.

The name is already taken The name is available. Register?

ގެދާނޯމޮސް

28 December 2020

އަނިޔާގެ ވާހަކަތަށް މިނޫހުން ސާފުއިބާރާތުން ގެނެސްދޭއިރު ހީވަނީ ލޮލަށް ފެންނަ މަންޒަރެއް ހެނެވެ. ދީނުގެ ހައްގުގަ ތިބޭ ގާޒީންގެ ނާގާބިލް ކަން ނޫންކަމެއް ރައްޔިތުންނަށް ނުފެނެއެވެ.

The name is already taken The name is available. Register?

ބަސް

28 December 2020

15 އަހަރު ނޭގިހުއްޓާ ހިނގައިދާނެ. އެކަމަކު ބޮޑު އަދަބުގެ ދުވަހެއް އެބައޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454